އަދާލަތު ޕާޓީގެ ރައީސަކަށް 99 ޕަސަންޓު ވޯޓާއެކީ ޝައިހް ޝިފާން

އަދާލަތު ޕާޓީގެ ރައީސަކަށް އިންތިހާބުކުރި ޝައިހް ޝިފާން: އޭނާ މަގަމާށް އިންތިހާބުވީ 99 ޕަސަންޓު ވޯޓުން

އަދާލަތު ޕާޓީގެ ރައީސަކަށް އިންތިހާބުކުރި ޝައިހް ޝިފާން: އޭނާ މަގަމާށް އިންތިހާބުވީ 99 ޕަސަންޓު ވޯޓުން

އަދާލަތު ޕާޓީގެ ރައީސަކަށް 99 ޕަސަންޓު ވޯޓާއެކީ އެ ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން މިއަދު އިންތިހާބުކޮށްފި އެވެ.

ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ކުރިއަށްގެންދިޔަ އިންތިހާބުގައި ޝައިހް ޝިފާނާ ވާދަކުރެއްވި އިކްރާމް އަބްދުއްސައްތާރަށް ލިބުނީ އެންމެ ޕަސަންޓެކެވެ.

އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 22 ޕަސަންޓު މީހުންނެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ޝައިހް ޝިފާން ވަނީ އޭނާއަށް އިތުބާރުކުރައްވައި ވޯޓު ދެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޝައިހް ޝިފާން ވިދާޅުވީ ވިދާޅުވީ އިންތިހާބުގައި އަދާލަތު ޕާޓީގެ މެންބަރުން ގިނަ ހުރިހާ ރަށަކަށް އޭނާގެ ޓީމުން ޒިޔާރަތްކޮށް ސީދާ މެންބަރުންގެ ވާހަކަތައް އަޑު އެހިގެންދިޔުމަކީ ޕާޓީގެ މުސްތަގުބަލު ހަރުދަނާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޢަދާލަތު ޕާޓީ އަކީ އިސްލާމްދީނާއި ދިވެހި ގައުމުގެ މަސްލަޙަތު އިސްކޮށް މަސައްކަތް ކުރާ ޕާޓީ އެއްގެ ގޮތުގައި ދަމަހައްޓާ މެމްބަރުންގެ އުއްމީދުތަކާއި އެއްގޮތަށް ކަންކަން ހިންގާ ޕާޓީ އެއްގެ ގޮތުގައި ބައްޓަން ކުރާނެކަމުގެ ޔަގީންކަން ޝަައިހް ޝިފާން ދެއްވި އެވެ.

އިންތިހާބުގައި ވާދަކުރެއްވި އިކްރާމަށް އެއް ޕަސަންޓު ވޯޓުވެސް ނުލިބޭއިރު، އޭނާ ވަނީ މިދިޔަ ހަފްތާގައި ނަން އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް އެ ޕާޓީން ނިންމީ އިންތިހާބު ކުރިއަށް ގެންދަންށެވެ.

އިކްރާމް ނަން އަނބުރާ ގެންދެވީ ދެފުށް ފެންނަ އަދުލު އިންސާފުގެ އުސޫލުތަކާއި ހިލާފަށް، ހުދުމުހްތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ހަމަ ބުއްދީގެ މަގުން އެއްކިބާވެ، ކޮންމެ ގޮތެއް ހަދައިގެންވެސް އިންތިހާބުން ބޭނުންވާ ނަތީޖާއެއް ނެރެން ރާވާފައިވާތީ ކަމަށް ވިދާޅުވެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އޭނާ ވަނީ އަދާލަތު ޕާޓީގެ ރައީސްކަން ދެ ދައުރު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox