އާއިލާތަކެއް ވަގުތީ ހިޔާގައި، އެތައް ގެއްލުމެއް، މިއަދު ވެސް އުދައަރާނެ ކަމުގެ ބިރު

މަޑަވެއްޔަށް އިއްޔެ އުދަ އަރައި, ފެން ބޮޑުވެފައި

މަޑަވެއްޔަށް އިއްޔެ އުދަ އަރައި, ފެން ބޮޑުވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، އުދައިގެ ސަބަބުން ގިނަ އާއިލާތަކެއް ހާލުގައި ޖެހިފައިވާއިރު، މިއަދު ވެސް ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނީ އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައި ވަނީ ގދ. އަތޮޅާއި، ތ. އަތޮޅުގެ އިތުރުން އައްޑު އަތޮޅުގެ ރަށްތަކަށް ކަމަށެވެ. އެގޮތުން، އެ ރަށްތަކުގެ ބައެއް އާއިލާތައް ހާލުގައި ޖެހި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައި ވެއެވެ.

އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ގދ. މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ، އެރަށަށް އުދަ އަރައިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިގެން، 17 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށެވެ.

އިއްޔެއަށްވުރެ ބޮޑަށް މިއަދު އުދަ އަރާނެ ކަމަށް އިންޒާރު ލިބިފައި އޮތީމާ ރައްޔިތުން ނިކުމެ އުދަ އަރާ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން

ފިޔާޒް ވިދާޅުވީ އެރަށަށް އެންމެ ބޮޑަށް އުދަ އަރާ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމަސްފަހު، ބަސްތާތައް ކައިރިން ލޮނުގަނޑު ބޭރުވާނެހެން ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރާނީ މާދަމާ ކަމަށެވެ.

މަޑަވެލީގެ އިތުރުން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށަކީ ގދ. ރަތަފަންދު އެވެ. އުދައިގެ ސަބަބުން ރަތަފަނދޫގެ 40 ގެެއަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ އެރަށުގެ 90 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަޅުގަނޑުމެންނަށް ރައްކާތެރިކަމުގެ ފިޔަވަޅަކަށް އެޅެން އޮތީ ވެލި ބަސްތާ ޖެހުން، އެހީތެރިކަމަށް އެމްއެންޑީފްގައި އެދުމުން އެބޭފުޅުން ވިދާޅުވީ މި ސަރަހައްދުގައި ވަސީލަތްތައް މަދުވުމުގެ އެންމެ ހާލުގައި އޮތް މަޑަވެއްޔަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް، ނަމަވެސް އެބޭފުޅުން ގެންދަނީ އަޅުގަނޑުމެންނަށް އެސިސްޓް ކުރަމުން

މުހައްމަދު އަބްދުﷲ ވިދާޅުވީ ރަތަފަންދުއަށް އުދަ އަރާ ލިބުނު ގެއްލުންތަކުގެ ސަބަބުން އެރަށުގެ ހަތަރު އާއިލާއަކަށް، ގޭގައި އުޅެވޭ ވަރު ނުވެގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ފެން ވަދެ ގެއްލުން ލިބުނު އެހެން ގެތަކުގެ މީހުން އަމިއްލައަށް މެނޭޖުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އެންމެ ބޮޑަށް އުދައިގެ އަސަރުކޮށްފައި ވަނީ އައްޑުއަތޮޅަށެވެ. އައްޑު އަތޮޅުގެ މަރަދޫ އަދި މަރަދޫފޭދޫގެ ގިނަ ގެތަކަށް ފެން ވަދެ ގެއްލުން ލިބިފައިވެ އެވެ.

"އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނީ، އިތުރަކަށް މިއަދު ނުކުރޭ އުދައިގެ އަސަރެއް," އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ.

އުދައިގެ އަސަރު ކުރި އިތުރު ރަށްތަކަށް ބަލާލާއިރު، ތ. ތިމަރަފުށި، ގާދިއްފުށި، ކިނބިދޫ އަދި މަޑިފުށީގެ އިތުރުން ވޭމަންޑު އާއި ދިޔަމިގިލި ހިމެނެ އެވެ. ހަމައެއާމައެކު ލ. މާވަށާއި، މާބައިދޫގެ އިތުރުން އދ. ފެންފުއްޓާއި އދ. ދިއްދުއަށް ވެސް އުދައިގެ އަސަރުކޮށްފައި ވެއެވެ.

ތިމަރަފުށްޓައް އުދައަރައި އެރަށު އެއާޕޯޓަށް، ގިނަ ގެތަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ގާތްގަނޑަކަށް 30 އާއިލާ ވަގުތީގޮތުން އެހެންތަކަށް ބަދަލުވެ، އެއް އާއިލާއެއް މިވަގުތު ތިބީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. އެ އަތޮޅު ގާދިއްފުއްޓަށް އުދަ އަރާ، އެރަށުގެ ނަރުދަމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެންޑީއެމްއޭއިން ބުނީ ކިނބިދުއަށް އުދައަރާ 90 ޕަސަންޓް ގޭގެއަށް ލޮނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، މަޑިފުށީގެ ގާތްގަނޑަކަށް 60 ވަރަކަށް ގޭގެއަށް ލޮނުގެ އަސަރުކޮށް، އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ވޭމަންޑޫ ނަރުދަމާ ހަލާކުވެފައިވާއިރު، ވައި ގަދަވުމުގެ ސަބަބުން ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

މީގެ އިތުރުން ދިޔަމިގިއްޔަށް އުދައަރައި ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އދ. ދިއްދޫއަށް އުދައަރައި ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. ފެންފުށްޓަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެރަށުގެ އެއް ގެއިން މީހުން ބަދަލުކޮށްފައި ވެއެވެ.

އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޮޑަށް އުދަ އަރާނެ ކަމަށް ލަފާކުރާއިރު، އުތުރުގެ ރަށްތަކަށް ވެސް އުދަ އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox