ރާއްޖޭގައި ކޮވިޑް އިތުރުވެ އެނދުމަތިކުރުން ގިނަވަނީ، ސަމާލުވާން އަންގައިފި

އެޗްޕީއޭގެ ވެރިޔާ މައިމޫނާ: ރާއްޖޭގައި ކޮވިޑް އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ބުނެ ސަމާލުވާން ވަނީ އަންގާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެޗްޕީއޭގެ ވެރިޔާ މައިމޫނާ: ރާއްޖޭގައި ކޮވިޑް އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ބުނެ ސަމާލުވާން ވަނީ އަންގާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ.

ނަމަވެސް, މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އައިކަން އިއުލާންކުރި އެވެ. އަދި ދެ އަހަރަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި, މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ.

އޭގެފަހުން, ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާ ކޮވިޑްގެ 142 ކޭސް ފެނިފައިވާ ކަމާއި އެއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

"...މިއާއެކު ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި," އެޗްޕީއޭއިން ބުންޏެވެ.

މިދިޔަ މެއި މަހު އެނދުމަތިކޮށްގެން ކޮވިޑް ބަލީގައި ފަރުވާދީފައިވަނީ ޖުމްލަ 15 މީހުންނަށެވެ. ނަމަވެސް, މި ޖޫން މަހުގެ މިހާތަނަށް 12 މީހަކު އެނދުމަތިކޮށްގެން ފަރުވާދޭން ޖެހުނުކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.

އެހެންވެ, އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ސަމާލުވުމަށް އަންގާފަ އެވެ. އެގޮތުން;

  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
  • މާސް އެޅުން: ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގަ އާއި އެތަންތަނަށް ޒިޔާރަތް ކުރާއިރު.
  • ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން: 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށް، ހަ މަސްވެފައިވާ މީހުން ބޫސްޓާ ޖެހުން.

އެޗްޕީއޭއިން ބުނި ގޮތުގައި ޕެންޑެމިކްގެ ހާލަތު އަދިވެސް ދެމިއޮތްއިރު ބައެއް ގައުމުތަކުގައި ވެސް ކޮވިޑްގެ ހާލަތު އަނެއްކާވެސް ދަނީ ގޯސްވަމުންނެވެ. ނަމަވެސް, ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ބަލީގެ ނުރައްކާ މީހުންނާއި އެހެން މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox