މައުލޫމާތު ހޯދައި ލިބިގަތުމުގައި ބޭނުންކުރާނެ އޮންލައިން ޕޯޓަލެއް ތައާރަފްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު: ޕޯޓަލާއެކު މައުލޫމާތު ހޯދުމުގެ މަގު އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު: ޕޯޓަލާއެކު މައުލޫމާތު ހޯދުމުގެ މަގު އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އޮންލައިންކޮށް މައުލޫމާތު ހޯދަން އެދުމަށް "މަހޯލި"ގެ ނަމުގައި ޕޯޓަލެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ތައާރަފްކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު 20 ވަނަ އަހަރު ވުޖޫދުވެގެން އައުމަށް ފަހު ވެސް، މައުލޫމާތު ހޯދަން އެދެމުން އައީ އެ ކަމަށް ބޭނުންވާ ފޯމު ފުރައިގެން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިގެންނެވެ. މި ކަމުގެ ސަބަބުން ރަށްރަށުން މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ އޮފީހުން ބުނެ އެވެ.

"މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެން މިވާ މި ހައްގު، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު ވީހާ ވެސް ފަސޭހަ ގޮތެއްގައި އާންމުންނަށް ލިބޭނެ ގޮތް ހަދައި ދިނުން، އަދި އޭގެ އިތުރުން މައުލޫމާތު ހޯދަން ދައުލަތުގެ އިދާރާތަކުގައި އެދުމުން އެ މައުލޫމާތު ވީހާ ވެސް ފަސޭހަ ގޮތެއްގައި އެދުނު ފަރާތްތަކަށް ފޯރުކޮށްދޭނެ ގޮތެއް ފަހިކޮށްދިނުން،" ޕޯޓަލް ތައާރަފް ކޮށްދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވި އެވެ.

ރާއްޖެއަކީ އިންޓަނެޓުގެ ހިދުމަތް ފުޅާކޮށް ބޭނުން ކުރާ ގައުމަކަށް ވުމުން އޮންލައިން ޕޯޓަލް ވެގެން ދާނީ، މި ހައްގު ހޯދުމުގައި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭ ފަދަ ކަމަކަށް ކަމަށް އާހިދު ވިދާޅުވި އެވެ.

މަހޯލި ޕޯޓަލް ތައާރަފްކޮށްފައިވަނީ ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާތައް ހިމަނައިގެންނެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި ކޯޓުތަކާއި މިނިވަން މުވައްސަސާތަކުގެ އިތުރުން ލޯކަލް ކައުންސިލްތައް ވެސް ހިމެނޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނީ ދައުލަތުގެ 800 އެއްހާ އިދާރާ ހުންނަ ކަމަށާއި އަމާޒަކީ މި އަހަރު ތެރޭގައި ހުރިހާ އިދާރާއެއް ޕޯޓަލްގައި ހިމެނުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މަހޯލި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މަހޯލި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަހޯލި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީގެ އިތުރުން ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގައި މައުލޫމާތު ފޯރުކޮށް ނުދޭނަމަ، އެ ކަމުގެ ޝަކުވާ ޕޯޓަލް މެދުވެރިކޮށް ކޮމިޝަނަށް ހުށަހެޅޭނެ އެވެ.

"ދައުލަތުގެ އިދާރާއަށް މައުލޫމާތަށް އެދި ހުށަހެޅުމުން އެ އިދާރާއަކުން އެ މައުލޫމާތު ދިނުމަށް އިންކާރު ކޮށްފި ކަމުގައި ވަންޏާ، ނުވަތަ ދިން މައުލޫމާތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ، ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖައާ ކުރުމަށް މުރާޖައާ ކޮމިޓީއަށް ވެސް ޕޯޓަލްއިން ހުށަހެޅޭނެ، އަދި މުރާޖައާ ކޮމިޓީން ނިންމާ ނިންމުމަށް ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އިލްތިމާސްކުރުމަށް ޓަކައި ވެސް ޕޯޓަލްއިން ހުށަހެޅޭނެ،" އާހިދު ވިދާޅުވި އެވެ.

ކޮންމެ މީހަކަށް ވެސް ޕޯޓަލްގައި ރެޖިސްޓާކޮށްގެން މައުލޫމާތު ހޯދަން އެދެވޭއިރު، ޕޯޓަލް މެދުވެރިކޮށް ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމުގެ ހުރިހާ މަރުހަލާއަކަށް ވެސް ހުށަހެޅޭނެ އެވެ. އަދި އެ މީހަކު ކޮށްފައިވާ ހުރިހާ ރިކުއެސްޓުތަކެއް ފެންނަން ހުންނައިރު، ހުރިހާ އަޕްޑޭޓެއް ވެސް ފެންނަމުން ދާނެ އެވެ.

މަހޯލި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މަހޯލި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަހޯލި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހޯދަން ހުށަހެޅުމުން، އީމެއިލް މެދުވެރިކޮށް އެ ކަން ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އަންގާނެ އެވެ. އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ޖަވާބު ދޭނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ފަސޭހަ ކުރުމަށް ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ތަމްރީނު ކުރަމުން އަންނަ ކަމަށް އައިކޮމް އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާއީލް ވިދާޅުވި އެވެ.

އޮންލައިން އެ ޕޯޓަލް ބޭނުން ކުރަން ފެށި ނަމަވެސް, ފޯމް ފުރައިގެން ވެސް މައުލޫމާތަށް އެދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox