ރަށު ނޯޓު: ތ. ބުރުނި

ރަށު ނޯޓު: ތ. ބުރުނި

މަލިމް މޫސާއާއި އޭނާގެ އަނބި ދޮންއައިސައަށް ލިބުނު ފަތްމިނި، ދޮންހިޔަލަ އުފަންވީ ބުނެވޭ ގޮތުގައި ބުރުންޏަށެވެ. ދުނިޔޭގެ ލޯތަކަށް ފޮރުވައިގެން މަލިމް މޫސާގެ ދެމަފިރިން މި ރީތި ފަތްމިނި ގެންގުޅުނީ ވަލުތެރޭގައި، ބިންގަރާހެއްގައި ފޮރުވައިގެންނެވެ. އެރަށާ މާދުރުގައި އޮތް ދ. ހުޅުދެލީ އަލީފުޅަށް މި ފަތްމިންޏަކީ އޭނާގެ އަލަތު އަނބިމީހާ ކަމަށް ހުވަފެނުގައި ފެނެ އެވެ. އެންދެރިން އޮޑިއެއް ބަނދެގެން އެ އޮޑީގައި ބުރުންޏަށް މިސްރާބުޖެހީ އޭނާއަށް ހުވަފެނުގައި ފެނުނު ފަތްމިނި ހޯދުމަށެވެ.

އެ ވާހަކަ އިހަށް ބާއްވާފައި މިހާރު ފެންނަން އޮތް ބުރުންޏަށް ބަލާލަމާ ހިނގާށެވެ. ކޮޅުމަޑުލު ބުރުނީގެ ބޮޑުމިނަކީ 35 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެން-1 އެވެ.

ރަށުގެ ބޮޑުމިނާ އަޅާބަލާއިރު މިއީ އާބާދީ ބޮޑު ރަށެއް ނޫނެވެ. ރަށުގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދަކީ 423 އެވެ. ދެހާސް ސަތާރައިގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު މިރަށުގެ އާބާދީއަކީ 322 އަންހެނުންނާއި 285 ފިރިހެނުންނާއެކު ޖުމުލަ 607 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު އާބާދީއަކީ 331 އަންހެނުންނާއި 301 ފިރިހެނުންނާއެކު ޖުމުލަ 632 މީހުންނެވެ. އެހެންވީމާ ވެއަތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އާބާދީއަށް އިތުރުވީ 25 ބޮލެވެ.

ބުރުންޏަކީ މަސްވެރި ރަށެކެވެ. ފަރުމަހުގެ މަސްވެރިކަމަކީ މިރަށުގެ އިގްތިސާދުގެ މުހިންމު ބައެކެވެ. ލޮނުމަސް އެޅުމާއި، ދަނޑުވެރިކަމާއި ފަންގިވިނުމަކީވެސް އާމްދަނީ ހޯދުމަށްޓަކައި މިރަށުގައި ކޮށްއުޅޭ މަސައްކަތްތަކެވެ.

ބުރުނި: ހިތްގައިމު މި ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.
ބުރުނި: ހިތްގައިމު މި ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

ބުރުނި: ހިތްގައިމު މި ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

އާންމު ވިޔަފާރިކުރާ ހަތަރު ފިހާރައެއް މިރަށުގައި ހުރެ އެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ދެ ތަނެއް ހުންނައިރު، މިވަގުތު ހުރީ އެންމެ ގެސްޓްހައުސްއެކެވެ.

ރަށަށް ދިމާވެފައިވާ މައްސަލަތައް ގިނަ އެވެ. ކުނި ނައްތާލެވޭނޭ އެކަށީގެންވާ ގޮތެއް މިރަށުގައި ހަމަޖެހިފައެއް ނެތެވެ. ރަށް ގިރުމުގެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ. ރަށުގެ ބަނދަރު ހެދިފައި އޮތްނަމަވެސް ބަނދަރު ތޮށި އޮތީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފަ އެވެ. ބަނދަރު އެހާ ތިލަ އެވެ. އެކަށީގެންވާ ސިއްހީ ހިދުމަތް ލިބޭކަށް ނެތެވެ. އެ ހިދުމަތް ހޯދުމަށް އެހެން ރަށަކަށް ދާން ބަލާއިރު ދަތުރުފަތުރުގެ ދަތިކަން އިންތިހާ އެވެ.

ބުރުނީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. ޖޫން 2022 ގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނޭ ކަމަށް ސަރުކާރުން އޮތީ ލަފާކޮށްފަ އެވެ. ބުރުނީގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި ފެން އުފައްދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. ފެނަކަ އޮފީސް އިމާރާތާއި، ރަށު ސުކޫލުގެ ސްޓާފްރޫމް އަދި އޮފީސް އިމާރާތްކުރުމާއި ސުކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު 6 ކްލާސް ރޫމް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެއެވެ. މިރަށުގެ ވެސް ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ގެނެވޭނީ ގައުމީ ދަތުރުފަތުރުގެ ނިޒާމު ހިނގައިގަތުމުންނެވެ.

ބުރުނި ރައްޔިތުން ރާގޮނޑި ހިފަނީ: ރާގޮނޑި ހިފުމަކީ އަބަދުވެސް ރަށް އެއްބައިވަންތަ ކުރުވާ ކަމެއް
ބުރުނި ރައްޔިތުން ރާގޮނޑި ހިފަނީ: ރާގޮނޑި ހިފުމަކީ އަބަދުވެސް ރަށް އެއްބައިވަންތަ ކުރުވާ ކަމެއް

ބުރުނި ރައްޔިތުން ރާގޮނޑި ހިފަނީ: ރާގޮނޑި ހިފުމަކީ އަބަދުވެސް ރަށް އެއްބައިވަންތަ ކުރުވާ ކަމެއް

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގައި ބުރުނީ ފަޅަށް ވަންނަ ރާގޮނޑި އައިނާއެކު އެރަށަށް އަންނަނީ އީދެކެވެ. ރަށުގެ ކުދި ބޮޑު އެންމެން އެކީ އެ މަސައްކަތުގައި ބައިވެރިވާނެ އެވެ. ކޮންމެ ދުވަހަކުވެސް ހިފާ ރާގޮނޑިތައް ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން ބަހާލަނީ އެވެ. ރަށު ކައުންސިލް އުފެދުނުފަހުން މި ކަން ރާވައި ހިންގާ ފަރާތަކީ ކައުންސިލް އެވެ. ރާގޮނޑި ލިބުމުން އެ ކައްކައި ހިއްކުމާއި ރިހާކުރު ތައްޔާރުކޮށް ލާރިއަށް ހެދުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާނީ ރަށުގެ އަންހެނުންނެވެ. މިއީ ބުރުނީ ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދޭ ލޯބި ކަމެކެވެ.

ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަށް އެނބުރި ދާނަމެވެ. ބުރުންޏަށް ގޮސް ތިލަފިހިގެއެއް އަޅައިގެން އަލީފުޅު ދިރިއުޅެން ފެށީ ވަލުތެރޭގަ އެވެ. ފަތްމިނި ދޮންހިޔަލައާއި އަލީފުޅު ބައްދަލުވީ މިހެން އުޅުމުގެ ތެރޭގަ އެވެ. އެކަކަށްޓަކައި ހެއްދެވުނު އަނެކަކު ފަދައިން ފުރަތަމަ ފެނިލުމުންވެސް ދެމީހުންނަށް އެކަކު އަނެކަކު ދެކެ ނިހާއީ އިޝްގުވެވުނެވެ. އިސާހިތަކު މި ހަބަރު ރަށު ތެރޭގައި ފެތުރިއްޖެ އެވެ. ބުރުންޏަށް އަރުވާލެވިފައި ހުރި ޅައިމަގު މީހަކަށް ހިޔަލަ ފެނި، ރަދުންގެ މައާފެއް ހޯދުމަށް އޭނާގެ ފަރާތުން އަރުވާ ވެދުމަކީ ބުރުނީގައި ފަތްމިންޏެއް ދިރިއުޅޭ ހަބަރު ކަމުގައި ހަދައިފި އެވެ. އެ ޒަމާނުގައި ހުރިހާ މޮޅަކާއި ހުރިހާ ރީއްޗެއްގެ ވެރިޔަކީ ރަދުންނެވެ. ރައްޔިތުންނަކީ އަޅުންނެވެ. ރަދުން ގަދަ ބާރުން ދޮންހިޔަލަ އަތުލައްވައި އޭނާގެ އަތްނބަކަށް ހަދަން މަސައްކަތްކުރި އެވެ. ދޮންހިޔަލަ އެކަމާމެދު ވީ ނުރުހުމާއި ނުގަބޫލާއެކުވެސް އެކަމުން މިންޖުވުމަށް ބާރެއް އިހްތިޔާރެއް ނެތުމުގެ ނަތީޖާއަކަށްވީ އޭނާގެ ފުރާނަ ފުންކަނޑާ ހަވާލުކުރުމެވެ. އަލީފުޅުގެ ލޭފަވެތި ހިތް އޭނާއަށް އަމުރުކުރީ ދޮންހިޔަލަ ނެތް ދުނިޔެއަކަށް ނޭވާ ނުލުމަށެވެ. ދޮންހިޔަލަ ނިމިދިޔަ މަގުން އަލީފުޅުވެސް ކަނޑަށް ޣަރަގުވެ ނިމިދިޔައީ އެވެ.

ކަމަނާ މިސްކަތް
ކަމަނާ މިސްކަތް

ކަމަނާ މިސްކަތް

ރާއްޖޭގެ ތާރީހުގެ މި މަޝްހޫރު ފޯކްލޯރު، ދޮންހިޔަލަ އާއި އަލީފުޅު ވާހަކައިގެ އަސްލަކީ ބުރުނީގައި ކިޔައިއުޅުނު ރައިވަރެކެވެ. ހަގީގަތެއްތޯ ހުރާފާތެއްތޯ ކަށަވަރުކުރެވޭނޭ އެއްވެސް ގޮތެއް ނެތެވެ. އެވާހަކައިގެ ތެދުކަމުގެ މައްޗަށް ބާރުދޭ ހެކިތަކަށް ހުރީ ބުރުނީގައި ދޮންހިޔަލަ ކަމަނާ ދިރިއުޅުނުކަމަށް ބުނާ ވަޅުގަނޑުވަރު ހުރި ތަނުގެ ގާގަނޑާއި އަދި ކަމަނަ އޮޅޭކިޔާތަނާއި ކަމަނާ މިސްކިތޭކިޔާ މިސްކިތެކެވެ. މިތަންތަން ބެލެހެއްޓިފައިވާ ގޮތާއި، އެ މިންވަރުގެ ދިރާސާތައް ހެދިފައި ނެތުމުގެ ސަބަބުން މިކަމާމެދު މުޖައްރިބު އެއްޗެއް ބުނަން އެކަކަށް ވެސް ނޭނގޭނެ އެވެ. އެހެނަސް ދޮންހިޔަލައާއި އަލިފުޅުގެ ލޯބި ފެށިގެން އައި ބުރުންޏަކީ އަދިވެސް ލޯބީގެ މަންޒިލެކެވެ. އެ ޖައްވުން އިހުސާސުކުރެވޭނޭ ހަމަހިމޭންކަމާއި، ރީތިކަމުގެ ކޮންމެ ޒައްރާއަކުން ވެސް ކިޔައިދެނީ ބުރުނީ ލޯބީގެ ވާހަކަ އެވެ. ހަގީގީ އިޝްގުގެ ވާހަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox