މާލެ ސިޓީ ޕާކް ވޮލީ މުބާރާތް: 26 ޓީމު ވާދަކުރާނެ

Mar 30, 2022, 7:07 AM
މިދިޔަ އަހަރު ހުޅުމާލޭ ބީޗްވޮލީ ކޯޓުގައި ބޭއްވި ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝަޔާހު/ އަދަދު

މިދިޔަ އަހަރު ހުޅުމާލޭ ބީޗްވޮލީ ކޯޓުގައި ބޭއްވި ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝަޔާހު/ އަދަދު

ކުރިއަށް އޮތް ރޯދަ މަހުގައި މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމާފައިވާ ޕާކް ވޮލީބޯޅަ މުބާރާތުގައި 26 ޓީމަކުން ބައިވެރިވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަަމަވިއިރު، ޖުމްލަ 26 ޓީމު ބައިވެރިވިއިރު، އޭގެ ތެރެއިން 14 ޓީމަކީ ފިރިހެން ޓީމުތަކެވެ. އަދި އަންހެން 12 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މުބާރާތް ފަށަން ނިންމާފައި އޮތީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމުގައި ވިޔަސް އަދި އެ ތާރީހު އެއްކޮށް ފައިނަލް ނުވާ ކަމަށެވެ. މުބާރާތުގެ ޝެޑިއުލް ރާވާއިރު މާލެ ސިޓީ ކައުންސިލްގެ ވިސްނުމަކީ ރޯދަ މަހުގެ ފަހު 10 ގެ ކުރިން ނިންމާލުމެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ވޮލީބޯޅައިގެ އެކްޓިވް ގިނަ ކްލަބްތަކެއް ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ. އަދި މުބާރާތުގެ ފައިސާގެ އިނާމް ބޮޑުވުމާ އެކު ގިނަ ޓީމުތަކުން ސްޕޮންސަރުން ހަމަޖައްސައިގެން ވަރަށް ފޯރީގައި އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ދެ ފަަހަރެއްގެ މަތިން ޕާކް ވޮލީ މުބާރާތް ބާއްވައިފަ އެވެ. މި ފަހަރު މާލެ ސިޓީ ކައުންސިލުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅިގެން މި ބާއްވާ ޕާކް ވޮލީ މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ޕާކް ވޮލީ މުބާރާތެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ކޮންމެ ޑިވިޝަނެއްގެ ގަދަ ފަސް ޓީމު ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ. ކޮންމެ ޑިވިޝަނެއްގެ އެއްް ވަނަ ޓީމަށް 45،000 ރުފިޔާ ދޭ ގޮތަށް ނިންމާފައިވާއިރު، ދެ ވަނަ ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ. ތިން ވަނަ އަށް 15،000 ރުފިޔާ ދޭއިރު، ހަތަރު ވަނަ ޓީމަށް 10،000 ރުފިޔާ ދޭނެ އެވެ. އަދި ފަސް ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ ދޭނެ އެވެ. މީގެއިން ކޮންމެ ވަނަ އަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓެއް ދޭނެ އެވެ. ޓްރޮފީ ދޭނީ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް އެކަންޏެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމިއްޔާތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox