ސާފް ޗެމްޕިއަންްޝިޕަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

Nov 4, 2026, 5:28 PM
ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން އަހުޒަމް ރަޝީދު (އަހު) ބޯޅަ ފޮނުވާލަނީ: މި ފަހަރުގެ މުބާާރާތަކީ، އޭނާގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން އަހުޒަމް ރަޝީދު (އަހު) ބޯޅަ ފޮނުވާލަނީ: މި ފަހަރުގެ މުބާާރާތަކީ، އޭނާގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި މާދަމާ ފަށާ "ޓެކްނޯ ސާފް ޗެމްޕިިއަންޝިޕް 2026" އަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ފައިނަލްކޮށް، މުބާރާތަށް ފުރައިފި އެވެ. 

އިންޑޮނޭޝިއާ ކޭމްޕް ނިންމާލުމަށް ފަހު، ރާއްޖެ އެނބުރި އައިސް ގައުމީ ޓީމު މިއަދު 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާ އެކު ވަނީ ޑާކާ އަށް ދާން ފުރައިފަ އެވެ. މި ފަހަރު ރާއްޖޭގެ ސްކޮޑުގައި މުޅިން އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނެ އެވެ. 

އެ ގޮތުން، ސްކޮޑުގައި ހިމެނޭ މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕްގައި ކުޅޭނެ ކުޅުންތެރިންނަކީ، އޮޑި ސްޕޯޓްސް ކްލަބްގެ އަހުމަދު އައިހަމް (އައިހު)، މުޒްދާން ހަސަން، މުހައްމަދު އަޝްވާން އަދި އަހުޒަމް ރަޝީދު (އަހު)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އާއި ނައްސާހު އިބްރާހިމް ނާސިރު، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަހުމަދު މާއިޝް ރަޝީދު (މާއި)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އީތަން އިބްރާހިމް ޒަކީ، މުހައްމަދު ނާއިމް، ޓީސީ ސްޕޯޓްސް ކްލަބްގެ ހަސަން އީނާޒް އަދި ބުރު ސްޕޯޓްސް ކްލަބްގެ އަލީ ހަމްދާން (އައްޔަ) އެވެ. 

މީގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ވަނީ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ލިބި ފައިނަލް ސްކޮޑުން ޖާގަ ގެއްލިފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ކުރިން، ގަތަރުގައި ކުރިއަށްެގެންދިޔަ ޓްރެއިިނިން ކޭމްޕެއްގައި ނާއިމް އަށް އަނިޔާވެ، އެ ފަހަރުގެ މުބާރާތުން ފުރުސަތު ގެއްލުނެވެ.  އަހު އާއި ނައްސާހު އަދި އީތަން ވަނީ މި އަހަރު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. 

ސަމޫހު އަލީ (ސަމުއްޓެ)ގެ ކެޕްޓަންކަމުގައި ކުޅޭ ރާއްޖޭގެ ޓީމުގައި މި ފަހަރު ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ، ސެންޓޭގެ ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް އެވެ. އޭނާ އަންނަނީ، 2011 ވަނަ އަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕްގެ މުބާރާތްތަކުގައި ގަވާއިދުން ކުޅެމުންނެވެ. 

ޓްރެއިނިން ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮުޑުން ޖާގަ ގެއްލުނީ ތޯއިފް ގާސިމް (ތޯއްޕެ) އަށެވެ. އަނެއްކޮޅުން، ތަޖުރިބާކާރު ޑިފެންޑަރު، އަމްދާން އަލީ (އެންޑީ)، ސާފް ޗެމްޕިއަންޝިޕްގައި މި ކުޅެނީ 2015 ވަަނަަ އަހަރުގެ ފަހުން ފުރަތަމަ ފަހަރު އެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 3-2 އިން ރާއްޖެ ބަލިވިއިރު، އިންޑިއާ ކޮޅަށް ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ އެންޑީ އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެ ފަހަރު ހޯދި ރާއްޖޭން. މި ފަހަރުގެ މުބާރާތުގައި ކުޅެން ޖެހެނީ ޕާކިސްތާނާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެެވެ. ރާއްޖޭގެ ފުރަތަމަ މެޗު އާދިއްތަ ދުވަހު އޮތީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި، ދެ ވަނަ މެޗު، އަންނަ ހަފްތާގެ ބުދަ ދުވަހު އޮތީ އިންޑިއާއާ ދެކޮޅަށެވެ. 

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފައިނަލް ސްކޮޑު

ސަމޫހު އަލީ - ސަމުއްޓު (މާޒިޔާ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)، އިބްރާހިމް އައިސަމް (މާޒިޔާ)، އަހުމަދު މާއިޝް ރަޝީދު - މާއި (ވިކްޓަރީ)، އަބްދުﷲ ލޫތު އިބްރާހިމް - ސާނޭ (މާޒިޔާ)، އިބްރާހިމް ވަހީދު ހަސަން - އިއްބެ (އޮޑި)، އަލީ ހަމްދާން - އައްޔަ (ބުރު)، އަލީ ފާސިރު - ސެންޓޭ (ނިއު)، އަހުމަދު އައިހަމް - ފަތޯ (މާޒިޔާ)، ހުސެއިން ސިފާއު ޔޫސުފް - ކުރޯ (ވިކްޓަރީ)، ހަސަން އީނާޒް - ބަކާ (ޓީސީ)، ނިޝާމް މުހައްމަދު ރަޝީދު - ޕޮގްބާ (މާޒިޔާ)، މުހައްމަދު އަޝްވާން (އޮޑި)، އަމްދާން އަލީ - އެންޑީ (ނިއު)، އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (މާޒިޔާ)، އަހުމަދު އައިހަމް - އައިހު (އޮޑި)، މުޒްދާން ހަސަން (އޮޑި)، ނައްސާހު އިބްރާހިމް ނާސިރު (މާޒިޔާ)، އަހުޒަމް ރަޝީދު - އަހު (އޮޑި)، މުހައްމަދު ނާއިމް (ނިއު)،  އީތަން އިބްރާހިމް ޒަކީ (ނިއު)، މުހައްމަދު ޝަފީއު - ޗެކް (ވިކްޓަރީ)، ނާއިޒު ހަސަން - ދާދު (ވިކްޓަރީ)

ރާއްޖޭގެ ކޯޗަކީ ހަންގޭރީގެ އިސްޓަވާން އުރްބާނީ އެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖެ އަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީފަ އެވެ. އެ ފަހަރުތަކުގައި ވެސް ސާފް ޗެމްޕިއަންޝިޕްގެ އެކި މުބާރާތްތަކުގައި މަސައްކަތްކުރި އެވެ. އެ ގޮތުން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭން ދަތުރުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އަދި، 2011 އާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ކެޓިއިރު ވެސް ކޯޗަކީ އުރްބާނީ އެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅު ހަވާލުވި އުރްބާނީގެ ކޯޗުކަމުގައި ސީނިއާ ގައުމީ ޓީމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހަ މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox