ވަޒީރަކު "ދޮގުހެދި" މައްސަަލަ ބެލުމާ ދެކޮޅަށް އެމްޑީޕީން ވިޕް ނެރުމުން ނަޝީދުގެ ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ވަޒީރަކު އިތުރުފުޅު ހެއްދެވިކަމަށް ބެލެވޭ މައްސަލަ ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ވިޕް ނެރުމުން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ވަޒީރަކު އިތުރުފުޅު ހެއްދެވިކަމަށް ބެލެވޭ މައްސަލަ ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ވިޕް ނެރުމުން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަަމަށް ބެލެވޭތީ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕް ނެރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

ފެބްރުއަރީ 17 ގައި ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އޭޖީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފަރާތްތައް ތަހުގީގީ އިދާރާތަކުގައި އެބަތިބި ކަމަށާއި އެފަދަ ފަރާތްތައް ފުލުހުންގެ ތެރޭގައި ވެސް އެބަތިބި ކަމަށެވެ. އޭޖީގެ އެވާހަކައާ ގުޅިގެން ލިއުމުން ޖަވާބު ހޯއްދަވަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް މިމަހުގެ 14 ވަނަ ދުވަހު ދެއްވި ޖަވާބުގައި ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނެތް ކަމަށެވެ.

އެއާއެކު އޭޖީއާއި ހޯމް މިނިސްޓަރާ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާ ކަަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ހަނިގޮތަކަށް މިއަދު ފާސްވި ނަމަވެސް އެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް ގެންގޮސް ދިރާސާކުރަން ފާހެއް ނުވި އެވެ.

އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ހުށަހެޅުއްވުމާ އެއްކޮޅަށް ވޯޓް ދެއްވީ ނުވަ މެމްބަރުންނެވެ. އެ ހުށަހެޅުން ފާސްނުކުރަން 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެނގިފައިވާ ގޮތުގައި އެ ހުށަހެޅުން ފާސްނުކުރަން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވިޕެއް ނެރުމުން، ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވިޕެއް ނެރުނީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގެ ޒަރިއްޔާއިންނެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލަ ކޮމިޓީއަށް ފޮނުވުމާމެދު އެމްޑީޕީ ޕީޖީ ގްރޫޕްގެ ވިޕް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ނެރުއްވީ "ރެޑް" އެވެ. މީގެ މާނައަކީ އެ މައްސަލަ ކޮމިޓީއަށް ގެންދިއުމާ އެއްކޮޅަށް ވޯޓުނުލާން އެންގުމެވެ.

އެއާ އެކު ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަ އެއީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެ ވިޕްލައިނާ އަޅައިނުލައި މެމްބަރުން އެއާ ހިލާފަށް ވޯޓް ދެއްވަން ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ދުށް ގޮތުގައި މިއަދުގެ ވޯޓަކީ މަޖިލިސްގެ ކަރާމަތާއި ގަދަރާއި ހައިބަތާ އަދި އިއްޒަތާ ގުޅިފައި އޮތް ވޯޓެއް. މިއާ އިދިކޮޅަށް ވޯޓްދޭން އާރުޖޭ [ރައީސުލް ޖުމްހޫރިއްޔާ] ވިދާޅުވެފައި އޮތް ނަމަ އެއީ ވަރަށް ބޮޑު ދެރައެއް،" އެމްޑީިޕީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެ މެސެޖަށް ފަހު، އެ ގްރޫޕްގައި އެވާހަަކަފުޅާ އެއްކޮޅަށާއި ދެކޮޅަށް ވެސް މެމްބަރުން ވާހަކަތައް ދެއްކެވި އެވެ. އެމަނިކުފާނާ އެއްކޮޅަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނާ ދެކޮޅަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox