މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިނުން ބޭނުންތެރި: ނަޝީދު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތަށް، މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ވަޑައިގަންނަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ ޖޭއެސްސީގައި މަޖިލީހުގެ މެމްބަރަކު އިނުން ބޭނުންތެރިކަމަށް.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތަށް، މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ވަޑައިގަންނަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ ޖޭއެސްސީގައި މަޖިލީހުގެ މެމްބަރަކު އިނުން ބޭނުންތެރިކަމަށް.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގައި އިންނަވަން ޖެހިވަޑައިގެންނެވުމަކީ އުނިކަމެއް ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ މެމްބަރަކު އެ ކޮމިޝަނުގައި އިނުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަށް ޓަކައި ގާނޫނުއަސާސީ ބަދަލުކުރަން މަހިނބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަތު ތޯރިގު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސްގައި ތޯރިގު ދެއްކެވި ވާހަކައަށް ފަހު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ދެރަ ކަމެއްކަމަށް ކަަމަށް ވަނީ އެއީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ކަމަށްވާތީ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް ސިޔާސީ ބާރުވެެރިކަން ފޯރަން ޖެހޭ މިންވަރެއް އޮވެ އެވެ.

"އެހެން ނަަމަވެސް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ޖޭއެސްސީގައި އިނުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

Advertisement

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީ ބަދަލުކުރަން ތޯރިގު ހުށަހެޅުއްވި މިއީ ދެވަނަ ފަހަރެވެ. މިއަދުގެ ޖަލްސާގައި އިބުތިދާއީ ބަަހުސް ފެށީ މިދިޔަ އަހަރުގެ ފަހު ދައުރަށް އޭނާ ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ.

ޖޭއެސްސީ ގައި ހިމަނަން ތޯރިގު ހުށަހެޅުއްވި މެމްބަރުން:

  1. އުއްތަމަފަނޑިޔާރު
  2. ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް
  3. ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް
  4. ވަކީލުން އިންތިހާބުކުރާ ވަކީލެއް
  5. ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.
  6. ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާ ކާރެއް.

ސިޔާސީ އެއްވެސް އެއްވެސް ފަރާތެއް ޖޭއެސްސީގައި ނުހިމެނޭ ގޮތަށް އޮތް އެ ބިލުގެ ތައާރަފްގައި ތޯރިގު ދެެއްކެވި ވާހަަކައަށް ފަހު ނަޝީދު އިއްވެވި ލިޔެފައިވާ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށެވެ. އެ އިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލުކުރަން މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖޭއެސްސީއަށް ފަނޑިޔާރުން އިތުރުކުރަން ތޯރިގުގެ ބިލުގައި އޮތް އޮތުމާ ވެސް ނަޝީދު ދެކޮޅެވެ. އެމަނިކުފާނު ވިދާޅުވީ އެ ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ ކަންކަން ބެލުން ކަމަށް ވާއިރު އެތަނަށް ގިނަ އަދަދެއްގެ ފަނޑިޔާރުން ލުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ.

"އެހެން ކަމުން ޖޭއެސްސީގަައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުންނާއި ސިޔާސީ މީހުންން މަދުކުރުމަށް ފަހު އިތުރަށް ހިމަނާނެ ބަޔަކު ނިންމާނެ ގޮތްތަކަކާ މެދު މަޝްވަރާކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox