މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ މީހުންނަށް އުމުރު ދުވަހަށް ވިއްކާލަނީ

މާލޭގައި ވެހިކަލްތަކުން ފުރިފައި އޮތް މަގެއް: ޕާކު ކުރުމުގެ ގަވާއިދުގައި ޕާކިން ޒޯންތައް ވިއްކޭނެ ކަމަށް ބުނެފައެއް ނެތް -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ވެހިކަލްތަކުން ފުރިފައި އޮތް މަގެއް: ޕާކު ކުރުމުގެ ގަވާއިދުގައި ޕާކިން ޒޯންތައް ވިއްކޭނެ ކަމަށް ބުނެފައެއް ނެތް -- ފޮޓޯ: އަދަދު ފައިލް

މީހުންނާއި ވެހިކަލުން ފުރި ތޮއްޖެހިފައިވާ މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ނިންމައި އެ މަސައްކަތަށް ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަކަން އެނގިއްޖެ އެވެ.

ޕާކިން ސްލޮޓުތަކެއް ދޫކުރުމަށް އާ އުސޫލެއް ތައްޔާރު ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުންޏެވެ. ނަމަވެސް ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު، 1000 ޕާކިން ސްލޮޓު އުމުރު ދުވަހަށް ވިއްކަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކައުންސިލުގެ މެމްބަރަކު މި ނޫހަށް ޔަގީންކޮށްދިނެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންގެ ހިދުމަތުގެ އޮފިޝަލަކު ވެސް އެކަން ޔަގީންކޮށްދިނެވެ.

އެނގިފައިވާ ގޮތުގައި ޕާކިން ސްލޮޓުތައް ވިއްކުމަށް އިއުލާން ކުރަން ހަމަޖެހިފައި އޮތީ މި ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުވިޔަ ނުދިނުމަށް ސަރުކާރުގެ ބައެއް އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ފަރާތްތަކުން ބުންޏެވެ.

ޕާކު ކުރުމަށް ހާއްސަ ޒޯނުތަކެއް ކަނޑައަޅައި، އެތަންތަނުން ފީ ނެގުމުގެ އިހްތިޔާރު އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ލިބެ އެވެ. ނަމަވެސް ޕާކިން ސްލޮޓު ވިއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައެއް ނެތެވެ.

މާލެއިން 1000 ޕާކިން ސްލޮޓު ވިއްކުމަށް މަސައްކަތް މި ކުރަނީ ޕާކިން ސްލޮޓުތަކެއް ގުރުއަތު ނަގައިގެން ދޫކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށްފަހު އެވެ. ގާތްގަނޑަކަށް 211 ޕާކިން ޖާގަ ދޫކުރުމަށް ނިންމާފައި އޮއްވާ އެ މަސައްކަތް ހުއްޓާލީ އޭގައި މައްސަލަތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެނެވެ.

ޕާކިން ސްލޮޓުތައް ވިއްކުމަށް މަސައްކަތް ކުރާއިރު ޕާކު ކުރާނެ ޖާގަ ނެތުމަކީ ގާތްގަނޑަކަށް 150،000 މީހުން ދިރިއުޅޭ މާލެއަށް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަ އެވެ. އދ. ގެ އޮފީހަކުން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހައެއްކަ އަކަ ކިލޯމީޓަރުގެ ކުޑަ މާލޭގައި އެކަނި ވެސް 72،000 ވެހިކަލް ދުއްވަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox