އިންޑިއާ ޓީޗަރުންނަށް ފުރައްސާރަކުރުން: އެޑިއުކޭޝަނުގެ ހޫނު ހަމަލާއެއް ޔާމީނަށް، މައްސަލަ ފުލުހަށް

Jan 16, 2022, 2:41 PM
އިންޑިއާ ޓީޗަރުންނަށް ފުރައްސާރަކުރުން: އެޑިއުކޭޝަނުގެ ހޫނު ހަމަލާއެއް ޔާމީނަށް، މައްސަލަ ފުލުހަށް

އިދިކޮޅުން ހިންގާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދަރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރު ތެރެއިން ފުރައްސާކުރުން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ އެ ހަރަކާތަށް އިޝާރާތްކޮށް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާގައި ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ބައެއް ރެލީތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަހައްދުގައި ހަރުކޮށްފައިވާ ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތްކޮށް ބުނީ، ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން ގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަންވެއްޖެ ކަމަށް ބުނެ ވާހަކަދެއްކިތާ މާގިނަ އިރުތަކެއް ނުވެ، ށ. ފުނަދޫގައި ހުންނަ އަތޮޅު މަދަރުސާގައި ގެ ފާރުގެ ބޭރުގައި "އިންޑިއާ-އައުޓް" މޭރުމުން ލިޔެފައިވާ ކަމަށެވެ.

"މި އިބާރާތަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށްކަން ފާހަގަކުރެވެ އެވެ،" ބަޔާނުގައިވެ އެވެ.

ފުނަދޫ ސްކޫލް ފާރުގައި ލިޔެފައި.
ފުނަދޫ ސްކޫލް ފާރުގައި ލިޔެފައި.

ފުނަދޫ ސްކޫލް ފާރުގައި ލިޔެފައި.

މިނިސްޓްރީން ބުނީ ސްކޫލްތަކަކީ އިންޑިއާގެ ގިނަ ޓީޗަރުން މަސައްކަތްކުރާ ތަނަކަށް ވެފައި ސްކޫލް ސަރަހައްދުތަކުގައި އެގޮތަށް ގޮވުމާއި ބެނާތައް ހަރުކުރުމާއި ފާރުތަކުގައި ލިޔެ ހެދުމުން އިންޑިއާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

"އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުން ސްކޫލުތަކުގައި އެދެމުންދެ އެވެ،"

މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރުން ހޯދަން ދަތިކަމަށާއި ރާއްޖެ ގެންނަ ބިދޭސީ ޓީޗަރުންނަކީ ދިވެހި ޓީޗަރުން ލިބުން ދަތި މާއްދާތަކަށް ގެންނަ ޓީޗަރުންނަށްވާތީ މިފަދަ އަމަލުތަކުގެ ސަބަބުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންވެ، ދަރިވަރުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

"ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުނގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުން ދިއުމަކީ މި މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ،"

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ.

އެފަދަ ކަންކަންކުރާ މީހުންނާއި އެކަންކަމަށް ހިތްވަރުދޭ މީހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ "އަދަދު" އަށް މިއަދު ވިދާޅުވީ އިންޑިއާގެ ބައެއް ޓީޗަރުން ރަށުން ފައިބަން ގޮވުމުން ޓީޗަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އެހެންވެ، އެ ޓީޗަރުންގެ ސަލާމަތާ ރައްކާތެރިކަމާ މެދު ކަންބޮޑުވެގެން މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.

އަހުމަދު އަލީ ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފުލުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox