ފަތުރުވެރިންނަށް ރައްކާތެރިކަންދިނުން: ދީނީ ގޮތުން ވާޖިބެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް ކ. ތުލުސްދޫ ޖެޓީ ސަރަހައްދުގައި ހިނގާލަނީ.

ރާއްޖެ އައި ފަތުރުވެރިންތަކެއް ކ. ތުލުސްދޫ ޖެޓީ ސަރަހައްދުގައި ހިނގާލަނީ.

ފަތުރުވެރިއަކަށް ހިދުމަތްދިނުމަށްފަހު އޭނާ މޫދަށް އެރުނު ވަގުތު ދަބަހުގައި ހުރި ފައިސާތައް ވަގަށް ނެގި މީހަކު ހައްޔަރުކޮށް ފުލުހުން އެދަނީ މައްސަލައެއް ބަލަމުންނެވެ. ދުވަސްކޮޅެއް ކުރިން ފޭކް ބުކިންގައި ރާއްޖެ އައި އެތައް ބަޔަކު ޑީޕޯޓްކޮށްލި ހާދިސާތަކުގެ އަޑީގައި ވެސް ދިވެހިންގެ ތެރެއިން ކޮންމެވެސް ބައެއްގެ އަތެއް ވާނެކަން ކަށަވަރެވެ. އެ ފަހަރު ސަތޭކައެއްހައި ފަތުރުވެރިން ތިބެން ހަމަޖެއްސި ގެސްޓްހައުސް އަކީ އެންމެ ހަތަރު ކޮޓަރީގެ ގެސްޓްހައުސް އެކެވެ. ހައްތަހާވެސް ފަތުރުވެރިންނަށް ހެދޭ ހީލަތާއި އޮޅުވާލުމާއި މަކަރުވެރިކަމުގެ އަމަލުތަކެވެ. މުދާ ފޭރިގަތުމާއި ހިޔާނާތުގެ ޖަރީމާތަކެވެ. ރާއްޖެ އައިސް އުޅުނު ބައެއް ފަތުރުވެރިންނަށް ބިރު ދައްކައި އެމީހުންނާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ. ވަޅިންވެސް ހަމަލާދީފި އެވެ.

މި ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެކެވެ. މިތަނަށް އަންނަ ފަތުރުވެރިންގެ ތެރޭގައި މުސްލިމުން ހިމެނޭ ފަދައިން މުސްލިމް ނޫން މީހުންވެސް ހިމެނެ އެވެ. ހުރިހާ ފަތުރުވެރިންވެސް ދިވެހިރާއްޖެ އަންނަނީ ދިވެހި ދައުލަތުން އެބައިމީހުންނަށް ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި އަމާންކަމުގެ މައްޗަށް އިތުބާރުކޮށްގެންނެވެ. މުސްލިމުން އެބަޔަކަށް ރައްކާތެރިކަމާއި ހިމާޔަތްދީފައިވާ ޣައިރު މުސްލިމުންނަކީ މުސްލިމުން އެބަޔަކަށް އަމާންދީފައިވާ ނުވަތަ ހިމާޔަތްދީފައިވާ މީހުންނެވެ. އެބައިމީހުންނަކީ ޝަރުއީ ގޮތުން ހިމާޔަތް ލިބިގެންވާ ބައެކެވެ.

އިސްލާމީ ފިގުހުގައި މިމައުލޫއާ ގުޅޭ ވަރަށް މުހިންމު ތިން ލަފުޒެއް އޮވެ އެވެ. އެއް ލަފުޒަކީ "ޒިންމީ" އެވެ. ޒިންމީންނޭ ކިޔެނީ، މުސްލިމް ވެރިކަމަށް ޖިޒުޔަ (ފައިސާ ނުވަތަ މުދަލުގެ މިންވަރެއް) ދައްކައިގެން އެ ވެރިކަމުގެ ދަށުގައި ދިރިއުޅޭ މުސްލިމް ނޫން މީހުންނަށެވެ. އެބައިމީހުން ދޭ ޖިޒުޔަގެ ބަދަލަކީ އެބައިމީހުން މައުސޫމު މީހުންގެ ގޮތުގައި މުސްލިމުންގެ ތެރޭގައި ބޭތިއްބުމެވެ.

ދެވަނަ ލަފުޒަކީ "މުޢާހަދު" މިލަފުޒެވެ. މުޢާހަދުންނޭ ކިޔަނީ، އެބަޔަކާ ހަނގުރާމަ ނުކުރުމަށް އެބަޔާއެކު އެއްބަސްވެފައިވާ ޣައިރު މުސްލިމުންނަށެވެ. އެކަމަކު އެމީހުން ތިބެނީ މުސްލިމުންގެ ވެރިކަމުގެ ދަށުގައި މުސްލިމުންގެ ތެރޭގައެއް ނޫނެވެ. އަދި އެބައިމީހުން ޖިޒުޔައެއް ވެސް ނުދޭނެ އެވެ. ތިންވަނަ ލަފުޒަކީ، "މުސްތައުމަނު" މި ލަފުޒެވެ. އެއީ މުސްލިމް ވެރިކަން އޮންނަ ތަނަކަށް އަމާންކަމާއެކު ވަކި ބޭނުމަކަށް އަދި ވަކި ވަގުތަކަށް އަންނަ މީހާ އެވެ. އެމީހަކަށް އަހަރެމެން މުސްލިމުން ރައްކާތެރިކަން ދިނުމަށް އެމީހަކަށް ކަށަވަރުކަން ދީފައިވާ މީހާ އެވެ.

މިތިން ލަފުޒަކީ އިސްލާމީ ފިގުހުގައި ބޭނުންކުރެވޭ ހާއްސަ މާނަތަކެއް ދެވިފައިވާ ލަފުޒުތަކެކެވެ. ފަތުރުވެރިންގެ ހާލަތާ އެންމެ ވައްތަރު ވާނީ "މުސްތައުމަނު" ގެ ހާލަތު ކަމަށްވެދާނެ އެވެ. އެކަމަކު މުސްތައުމަނުންއަކީ، މުސްލިމް ވެރިކަމަށް އެއްވެސް ފައިސާގެ ބަދަލެއް ދިނުން ލާޒިމުވެފައި އޮންނަ ބައެއް ނޫނެވެ. އެހެންވީމާ މުސްތައުމުންނަށް ހިމާޔަތްދިނުން ލާޒިމުވާއިރު، މިޒަމާނުގެ ބަހުރުވައިގައި ކިޔާ ފަތުރުވެރިންނަށް ހިމާޔަތްދިނުން މާއައުލާ ސަބަބެއް އޮވެ އެވެ. އެއީ މުސްލިމް ދައުލަތުން އެމީހުންގެ އަތުން އެކި ނަންނަމުގައި ޓެކްސް ނަގާތީ އެވެ. އާދޭހެވެ. ޒިންމީންނެކޭ ވެސް ބުނެވޭކަށް ނެތެވެ. އެމީހުންގެ އަތުން ނަގަނީ ޖިޒުޔައަށް ނުވާތީ އެވެ. އަދި އެމީހުންގެ އަތުން ނަގާ ފައިސާއަކީ، އެމީހުންނަށް ރައްކާތެރިކަމާއި އަމާންކަން ދިނުމުގެ އަގެއް ގޮތުގައި ނަގާ އެއްޗަކަށް ނުވާތީ އެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ.

"މުސްލިމް ދައުލަތަށް ޖިޒުޔަދީގެން މުސްލިމުންގެ ތެރޭގައި ހުންނަ މީހަކަށް ޖެއްސުމެއް ކޮށްފި މީހާ، ތިމަން ކަލޭގެފާނަށް ޖެއްސުންކޮށްފި އެވެ. ތިމަންކަލޭގެފާނަށް ޖެއްސުންކޮށްފި މީހާ ﷲ އަށް ޖެއްސުންކޮށްފި އެވެ."

އިމާމް ޤުރާފީ ވިދާޅުވެ އެވެ. މުސްލިމުންނަށް ޖިޒުޔަދީގެން މުސްލިމުންގެ މެދުގައި ހުންނަ ޣައިރު މުސްލިމް މީހާއާ އެކު އޮންނަ އެއްބަސްވުމުގެ ޒަރީއާއިން އެބައިމީހުންނަށް އަދާކުރަންޖެހޭ ހައްގުތަކެއް އަހަރެމެންގެ މައްޗަށް ލާޒިމުވެ އެވެ. އެއީ އެމީހުން އެ ތިބެނީ އަހަރެމެންގެ ކައިރީގައި އަހަރެމެންގެ ތެރޭގައި ﷲ އާއި އެކަލާނގެ ރަސޫލާއާއި މާތްވެގެންވާ އިސްލާމްދީނުން ދީފައިވާ ރައްކާތެރިކަމުގަ އެވެ. އެމީހުންގެ ހައްގުތަކަށް އަރައިގަންނަ މީހާ އެކަން ކުރަނީ ބަދު ބަހެއް ބުނެގެން ކަމަށްވިޔަސް ފަހެ އެމީހަކު އެ ނަގާލަނީ، ﷲ އާއި އެކަލާނގެ ރަސޫލާއާއި މާތްވެގެންވާ އިސްލާމްދީނުން އެމީހުންނަށް ދިން ރައްކާތެރިކަމެވެ.

އެހެން ހަދީސެއްގައިވެ އެވެ.

"އެބަޔަކާމެދު ހަނގުރާމަ ނުކުރުމަށް އަހުދުވެފައިވާ މީހުންކުރެ މީހަކު މަރައިފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ އެވެ. ހަމަ ކަށަވަރުން ސުވަރުގޭގެ ވަސް، ސާޅީސް އަހަރުގެ ރާސްތާއަށް ދެމިގެންވެ އެވެ."

ފިގުހީ އިސްތިލާހުތަކަކީ ޒަމާނާއި ތަނާ ގުޅިގެން އިލްމުވެރިން އެކުލަވާލައްވާ އެއްޗެކެވެ. މުސްލިމުންނާއެކު އަހުދެއް ވެފައިވާ މީހުންނަކީ އެއީ ޖިޒުޔައިގެ އަހުދެއް ކަމަށްވިޔަސް ނުވަތަ މުސްލިމް ވެރިމީހާ ދީފައިވާ އަމާންކަމުގެ އަހުދެއް ވިޔަސް މި ހަދީސްފުޅުގެ ދަށަށް ފެތިގެންދާނެކަމަށް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ. އެހެންވީމާ ކޮންމެ ފަތުރުވެރިއަކީ ޒިންމީއެކެވެ. މުއާހަދެކެވެ. މުސްތައުމަނެކެވެ. އިސްލާމްދީން ވަނީ އެބައިމީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދީފަ އެވެ.

އަލްމުމްތަޙިނާ ސޫރަތުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެ އެވެ.

"ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަ ނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެމީހުންނާމެދު އަދުލުވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، އަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ."

ރާއްޖެއަށް އަންނަ ފަތުރުވެރިންނަކީ ދިވެހި ދައުލަތުން (އަހަރެމެން ދިވެހި މުސްލިމުން) އެބައިމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެކަމަށް އެބައިމީހުންނަށް ވައުދުވެ އަހުދުކަށަވަރު ހިފީމާ މިތަނަށް އަންނަ ބަޔެކެވެ. އެހެންކަމާއެކު އެމީހުންގެ މުދަލާއި ލެޔާއި ފުރާނައާއި ހަށިތަކާއި ނަފުސަށް ހިމާޔަތްދިނުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox