މިނިވަންކަމުގެ ދިފާއުގައި ދިވެހީން ނިކުތުމަށް ދައުވަތުދީ ޕީޕީއެމުން ކެމްޕޭނެއް ފަށައިފި

މިނިވަންކަމުގެ ދިފާއުގައި ދިވެހިން" އިފުތިތާހު ކުރުމަށް ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ސިޔާސީ މަސައްކަތްތައް ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ކަން ކުރެވޭނީ މިނިވަންކަންމަތީ ރާއްޖެ އޮވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވޭ-- ފޮޓޯ: ޕީޕީއެމް

މިނިވަންކަމުގެ ދިފާއުގައި ދިވެހިން" އިފުތިތާހު ކުރުމަށް ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ސިޔާސީ މަސައްކަތްތައް ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ކަން ކުރެވޭނީ މިނިވަންކަންމަތީ ރާއްޖެ އޮވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވޭ-- ފޮޓޯ: ޕީޕީއެމް

ގައުމު މިނިވަން ކުރުމަށް "މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް) އިން ގައުމީ ކެމްޕެއިނެއް މިރޭ ފަށައިފި އެވެ.

އެ ކެމްޕޭނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމާއެކު މިނިވަންކަން ދިފާއު ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށް އެޕާޓީން ބުނެ އެވެ. އެ ކެމްޕެއިނުގެ ބައިވެރިވުމަށް މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ޕީޕީއެމުން ދައުވަތު ދިނެވެ.

މިރޭ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ބައިވެރިވެވަޑައިގެންނެވި އެވެ.

ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށެވެ. އަދި ގައުމު ސަލާމަތް ކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ މި ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށްވެސް އަރުވާފަ އެވެ.

މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމަށް ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މަސައްކަތްތައް ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ކަން ކުރެވޭނީ މިނިވަންކަންމަތީ ރާއްޖެ އޮވެގެން ކަމަށެވެ.

"އިސް ސަފުގައި ޕާޓީ ހައްދަވައިގެން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މި ގައުމީ ހަރަކާތުގައި ބައިވެރިވާން ގޮވާލަން. ސިޔާސީ މަސައްކަތް ކޮށްގެން ވެރިކަމަށް އާދެވޭނީ ގައުމު އޮވެގެން،" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން އާ ކެމްޕޭނެއް ފަށަފައި ވާއިރު، ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމުގެ "މަވެސް ޕީޕީއެމް" ކެމްޕޭން ވެސް އަލުން ވަނީ ފަށާފަ އެވެ.

މީގެ ކުރިންވެސް ޕީޕީއެމުން ވަނީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ރަށު ގޮފިތައް ހެދުމާއި އަވަށު ގޮފިތައް ހަދާ ރަޖިސްޓްރީ ކުރުންފަދަ ހަރަކާތްތައް އެ ޕާޓީގެ ފަރާތުން ވަނީ ހިންގައިފައިވެ އެވެ.

އޮގަސްޓް 17، 2011 ގައި އުފެއްދި ޕީޕީއެމްގައި މިވަގުތު 38،020 މެމްބަރުން ރަޖިސްޓްރީ ވެފައި އެބަ ތިއްބެވެ. އެ ކޯލިޝަންގެ ޕީއެންސީ ޕާޓީގެ އަދަަދަކީ 3084 މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox