ފެނަކަ ކޮރަޕްޝަން: މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި ސަލާހުގެ ކުންފުންޏަށް އުސޫލާ ހިލާފަށް 19 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު!

ރައީސް މުއިއްޒު އާއި މިފްކޯގެ ބޯޑު މެންބަރު ސަލާހު: މިފްކޯއިން މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި ސަލާހަށް މިފްކޯއިން 19 މިލިއަން ރުފިޔާގެ އެއްބަސްވުން ދިން ---- ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް މުއިއްޒު އާއި މިފްކޯގެ ބޯޑު މެންބަރު ސަލާހު: މިފްކޯއިން މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި ސަލާހަށް މިފްކޯއިން 19 މިލިއަން ރުފިޔާގެ އެއްބަސްވުން ދިން ---- ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެންބަރު ސަލާހު ޝަރީފުގެ ކުންފުންޏަކަށް ބިޑު ކުރުމުގެ އުސޫލުތަކާ ހިލާފަށް ފެނަކަ ކޯޕަރޭޝަނުން 19 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދީފައިވާކަން ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި ފެނަކައިގެ ހާއްސަ އޮޑިޓަކުން ދައްކައިފި އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މީ އެއްބަސްވުންތައް ހަދާފައި ހުރި ކުންފުނިތަކުގެ ނަންތަކާއި އެއްބަސްވުންތަކުގެ އަގުތައް ރިޕޯޓުގެ އެނެކްސްގައި ހިމަނާފައިވެ އެވެ.

މީގެ ތެރެއިން ސަލާހުގެ ހިއްސާ އޮންނަ ކުންފުންޏަކީ ކެންގޯ ޕްރައިވެޓް ލިމިޓެޑް އެވެ. ބިޑު ކުރުމުގެ އާންމު އުސޫލުތަކާ ހިލާފަށް ކެންގޯއާއެކު ފެނަކައިން އަށް އެއްބަސްވުމެއް ހެދި އެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 19,456,100ރ. އެވެ.

ސަލާހުގެ އިތުރުން ކެންގޯ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ކަމަށް ބިޒްނަސް ޕޯޓަލް އިން ދައްކަނީ މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރުމަށްފަހު ޖެހިގެން އައި މަހު އަލުން މަގާމު ދިން ތިން ޖެނެރަލް މެނޭޖަރުންގެ ތެރޭގައި ހިމެނޭ އައިމިނަތު ސަނިއްޔާ ޝަރީފު އާއި އަހުމަދު ހާޝިމް ކިޔާ މީހެކެވެ.

ސަލާހު އަކީ މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހަރަދު ކުރި އާންމުންގެ ތެރެއިން އެކަކެވެ. އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މުއިއްޒުގެ ކެމްޕޭނުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ސަލާހު ވަނީ ޕީއެންސީގެ ރިޔާސީ ކެމްޕޭނަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ސެޕްޓެމްބަރު 1، 2023، ގައި މުއިއްޒުގެ ކެމްޕޭނަށް ސަލާހު ހަރަދުކުރީ ކެމްޕޭނު ދަތުރުތަކާއި، ހުރުމާއި، ކެޔުމުގެ ހަރަދު ހަމަޖެއްސުމުގެ އިތުރުން ކެމްޕޭން މެޓީރިއަލްސް ހެދުމަށެވެ. މިފްކޯގެ ބޯޑަށް ސަލާހު އައްޔަންކުރީ ޑިސެމްބަރު 12، 2023، ގަ އެވެ.

މިކަމާއި ގުޅިގެން އަދަދު އިން ސަލާހު އާއި ސުވާލު ކުރުމުން އޭނާ ވަނީ އޮޑިޓު ރިޕޯޓުގައި ހުރި މައުލޫމާތުތައް ދޮގުކުރައްވައިފަ އެވެ. އޭނާގެ ކުންފުނިން އާންމު ބީލަމުގެ އުސޫލުން ބޭރުން ފެނަކައާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް ސަލާހު ވިދާޅުވި އެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގު. ފެނަކަ ތެރެއިން އެ މައުލޫމާތު ހޯދީމަ ރަނގަޅުވާނެ،" ސަލާހު ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕޭނަށް ހަދިޔާކުރީ ފެނަކައިން ލިބުނު ފައިސާތޯ އެހުމުން އޭނާ ވިދާޅުވީ އެއީ އަދަދު ނޫހަށް ސާފުކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެ ދެން ތިބޭފުޅުން ބަލާކަށް ނުޖެހޭނެ. އަޅުގަނޑަކީ ވިޔަފާރި ކުރާ މީހެއް ވީމަ އަޅުގަނޑު އަތުގަ ވެސް ފައިސާ ހުންނާނެ. ތިޔަކަށް އަޅުގަނޑު ކޮންމެހެން ޖަވާބު ދޭކަށް ނުޖެހޭނެ. އަޅުގަނޑަކީ 2013 ވަނަ އަހަރުން ފެށިގެން ވިޔަފާރި ކުރާ މީހެއް،" ސަލާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox