ހުލާސާކޮށް އިއްޔެ: ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު

Feb 2, 2025, 1:50 AM
ރައީސް މުއިއްޒު އާއި އެމްޑީއޭގެ ރައީސް ސިޔާމް އަދި އެ ޕާޓީގެ ނައިބު ރައީސް އައްބާސް.

ރައީސް މުއިއްޒު އާއި އެމްޑީއޭގެ ރައީސް ސިޔާމް އަދި އެ ޕާޓީގެ ނައިބު ރައީސް އައްބާސް.

ރިޔާސީ އިންތިހާބުގައި ހެދި އެއްބަސްވުމާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލު ނުކުރައްވާނަމަ ސަރުކާރު ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ދީފި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.

މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ރައީސްކަން ކުރައްވާ އެމްޑީއޭ އިން 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރީ ޕީއެންސީ އަށެވެ. އެކަން ކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ޕާޓީން ބުނެ އެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއް ހެދިކަން ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ރައީސް އާއި ރައީސް މުއިއްޒު އެކި ފަހަރުމަތިން މަޝްވަރާކޮށް ރިޔާސީ އިންތިހާބުގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި، އެ އެއްބަސްވުމަށް އިހްތިރާމްކޮށް އަމަލުކުރުމަށް ރައީސް މުއިއްޒުއަށް ދަންނަވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

Advertisement

"މާތްﷲ ގަންދީ ހުވާކުރައްވާފައި އެދުވަހު ދެކެވުނު ވާހަކަތަކާއި، ކުރެއްވި އާދޭސްތަކާއި އެކު އެއްބަސްވެ ސޮއިކުރެވުނު އެއްބަސްވުމާއި އެއްގޮތަށް އެމްޑީއޭގެ ލޮބުވެތި ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާ، އެމްޑީއޭއިން ލިބުނު އެހީތެރިކަން މަތިން ހަދުމަ ނެތި އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ ސަރުކާރު ކޯލިޝަން އިން އެމްޑީއޭ ވަކިވާން ޖެހިދާނެކަމުގައި ދަންނަވަން،" އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ވަނީ އެމްޑީއަށް ނިސްބަތްވާ ގިނަ ބަޔަކަށް ސިޔާސީ ވަޒީފާ ދީފަ އެވެ. އަދި، މަޖިލިސް އިންތިހާބުގައި މީދޫ ދާއިރާ އެމްޑީއޭއަށް ދޫކޮށްލަން ވެސް ޕީއެންސީން ނިންމި އެވެ.

ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓަކު ކުރިމަތިލި ނަމަވެސް ސަރުކާރާއި ރައީސް މުއިއްޒު ތާއީދުކުރެއްވީ އައްބާސް އަށެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ކެމްޕޭން ކުރެއްވުމަށް ރައީސް އެ ދާއިރާއަށް ނުވެސް ވަޑައިގަންނަވަ އެވެ.

ނަމަވެސް، ސިޔާމް އާއި ރައީސްގެ ގުޅުން ގޯސްވެ އައްބާސްގެ ދަރިފުޅު ހިމެނޭހެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީއޭގެ އިސް ބަޔަކު ސެޕްޓެމްބަރު 26، 2024 ގައި މަގާމުން ވަކިކުރި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ފަހުން ވަޒީފާ ދިން ނަމަވެސް ދެ ޕާޓީގެ ގުޅުން މުޅީން ރަނގަޅެއް ނުވެ އެވެ.

ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރަން ސަރުކާރުން ނިންމީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމަވާފައިވަނިކޮށެވެ. އެ ވާހަކަ މި ނޫހުން ރިޕޯޓު ކޮށްފައިވާނީ ސެޕްޓެމްބަރު 19، 2024 ގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox