ދަރިވަރުންގެ ޝަކުވާ ބޮޑުވެ، އޭއޭއޭގެ ޓްރެއިނިން ހެޑްގެ ހުއްދަ އަތުލައިފި

ދަރިވަރުންގެ ޝަކުވާ ބޮޑުވެ، އޭއޭއޭގެ ޓްރެއިނިން ހެޑްގެ ހުއްދަ އަތުލައިފި

އައްޑޫގައި ހިނގަމުންދާ ފްލައިން ސްކޫލް، އޭއޭއޭގެ ދަރިވަރުންގެ ޝަކުވާ ބޮޑުވެ، އެތަނުގެ ޓްރެއިނިން ހެޑްގެ ހުއްދަ އަތުލަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ފްލައިން ސްކޫލް، އޭއޭއޭއާ ގުޅޭ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ކޯސް ނުނިމި ދިގުލައިގެން ގޮސް ދަރިވަރުންގެ އަތުން ބޮޑު ހަރަދެއް ހިނގުމެވެ. އޭގެ އިތުރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބޭކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ހަތަރު އަހަރުވެއްޖެ އެވެ.

މައްސަލާގައި ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުން އިއްޔެ ދަރިވަރުން ވަނީ އޭއޭއޭ ބޭރުކުރަން ގޮވާލައި، އެހެން ގޮތެއް ހޯދައިދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

ދަރިވަރުން ކިޔައިދިން ގޮތުގައި ދުއްވާނެ އެއާކްރާފުޓެއް ނެތްއިރު އިންޖީނިއަރުންނާއި ޓެކްނީޝަނުން ވަނީ އިސްތިއުފާ ދީފަ އެވެ. ތަނުގެ އިންސްޓްރަކްޓަރަށް ވެސް މުސާރަ ދެމުން ނުދާއިރު، ސްކޫލްގެ އޮޕަރޭޝަން ފެށޭނެ ދުވަހެއް ވެސް ބުނަން ނޭނގޭ ކަމަށް ދަރިވަރުން ބުނެ އެވެ.

އެކަމާ ދަރިވަރުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަން ފެށުމުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުންގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް އޭއޭއޭގެ މެނޭޖްމެންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބެލުމަށްފަހު ފްލައިން ސްކޫލްގެ ޓްރެއިނިން ހެޑްގެ މަގާމުގައި ހުރި ސުރަންޖަން ޑި ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަތުލުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެއިތުރުން ފްލައިން ސްކޫލްގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލުގެގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެފަހުގެ އިންޒާރު އޮތޯރިޓީން ލިޔުމުން ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މި ފިޔަވަޅުތައް އަޅާފައިމިވަނީ ފްލައިން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިވަނިކޮށެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖާގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް އަަންގަވާފައިވެ އެވެ.

އޭގެ އިތުރުން ޕައިލެޓްކަން ކިޔެވުމަށް ދަރިވަރުން ބެންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯންތަކަށް އިންޓްރެސްޓް އަރަމުންދާތީ އެ ލޯންތައް ހަޔާ އެޑިއުކޭޝަންގެ ދަށަށް ބަދަލު ކުރަން ވެސް ރައީސް ނިންމަވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox