ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް އާއްމުކޮށްފި

May 15, 2021, 12:01 PM
ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމްތައް: ފަރުވާ ފެށުމަށް ސްކޭންތައް ކުރިއަށް އެބަދާ ކަމަށް އާއިލާ އިން ބުނޭ. -- ފޮޓޯ/ އާއިލާ

ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމްތައް: ފަރުވާ ފެށުމަށް ސްކޭންތައް ކުރިއަށް އެބަދާ ކަމަށް އާއިލާ އިން ބުނޭ. -- ފޮޓޯ/ އާއިލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް އާއިލާ އިން މިއަދު އާއްމުކޮށްފި އެވެ.

އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އިތުރުފަރުވާ އަށް އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތިދުވަހެވެ. އާއިލާ އިން މިއަދު އާއްމުކުރީ ޖަރުމަނުގެ ހޮސްޕިޓަލުގައި ފަރުވާ ފެށުމުގެ ކުރިން އެމަނިކުފާނު އޮތް ހާލުކޮޅެވެ.

ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމްތައް.

Advertisement

އާއިލާ އިން "އަދަދު"އަށް ވާހަކަ ދެއްކެވި ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު މިއަދު ވިދާޅުވީ ފަރުވާ ފެށުމަށް މިއަދު ސްކޭންތައް ހަދަމުން އަންނަ ކަމަށެވެ. އެމަނިކުފާނަށް ދޭނެ ފަރުވާއެއް ކަނޑައެޅޭނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.

ސައިކަލެއްގައި ބޮން ގޮއްވާލައިގެން ނަޝީދަށް ހަމަލާދިނީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެ ހަމަލާއާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިވަޑައިގަތީ ސީރިއަސް ޒަހަމްތަކަކާ އެކުގަ އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ކްރިޓިކަލް އެވެ. ހަށިކޮޅުން ގިނަ އަދަދަކަށް ދިޔައީ ލޭ ފައިބަމުންނެވެ.

ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރި އެވެ.

އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ސީރިއަސް ސާޖަރީތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ.

އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައި ވަނީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން މި އައިއީޑީ ހަދާފައި އޮތް އިރު 2007ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

49% ކުދިން ބިޒްނަސް ކިޔަވުން ގޯސް، ރަނގަޅީ %20: ހަސަން ހަމީދު

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާ އަޅާބަލާއިރު މި އަދަދު ރާއްޖޭގައި މަތިވުމަކީ ހާސްވާންޖެހޭ ކަމެއް ކަމަށާއި، މީގެ ސަބަބުން ފަންނީ ދާއިރާތަކަށް ބޭނުންވާ ދިވެހިން އުފެއްދުމަށް ހުރަސްއެޅޭނެއެވެ.

މާރުކުރުމާއި ޓެކްސް ބަދަލު މަޑުޖައްސާލަދީ: ޑެސްޓިނޭޝަން ފިއުޗާ

ސަރުކާރުން ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި ޓެކްސްއަށް ގެންނަން ނިންމާފައިވާ ބަދަލުތައް މަޑުޖައްސާލުމަށް ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވަމުންދާ ދަނޑިވަޅެއްގައި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުމާއެކީ.

ތެލާއި ކާޑު ގަންނާނެ ފައިސާ މާދަމާ ސަރުކާރަކު ނުހުންނާނެ: ނަޝީދު

މިއީ ބަޖެޓު ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލަށް ދައްކަންޖެހޭ އެންމެ ފަހު ފައިސާކޮޅު ކަމަށްވާއިރު، މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރަށް ތިރިވެފަ.

ނަމްޒާ ޕީއެންސީގެ ސެނެޓަަށް، ޕީއެސްއެމްގެ ބޯޑުގައި ނުހުރެވޭނެ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިޚާބުވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުހުރުމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފަ. މިކަމާ ގުޅިގެން ޕީސީބީ އާއި ނަމްޒާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވޭ.

ލޮލުގެ ފެނުން ގެއްލިދާނެ ކެރަޓޯކޯނަސްގެ ނުރައްކާ

ކެރަޓޯކޯނަސް ބައްޔަކީ ލޮލުގެ ކޯނިއާގެ ބައްޓަން ބަދަލުވެ، ފަރުވާ ނުހޯދައިފިނަމަ ލޮލުގެ ފެނުން މުޅިން ގެއްލިދާނެ ނުރައްކާތެރި ބައްޔެއް. މި ބަލި އިތުރަށް ގޯސްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ގަދައަށް ލޯ އުނގުޅުން ކަމަށްވާއިރު، ބަލީގެ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ ފެނުން ސަލާމަތްކުރުމަށް އެންމެ މުހިންމު ކަންތައް.

މާލެ އަދި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ 90 ޕަސެންޓު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށްވެ އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއްގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ.

ޓުއާ އޮޕަރޭޓަރުން ގުޅައި ކަންބޮޑުވުންތައް އެބަ ހިއްސާކުރޭ: ނަޝީދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވުމުން، ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކުރީގެ ރައީސް ނަޝީދު ހާމަކުރެއްވި. މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ފައިދާ ކުޑަވެ، ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox