ޒަކަރިއްޔާ މަންސޫރުގެ ވާހަކަތަކަށް އާއްމުންގެ ފާޑުކިޔުން

May 8, 2021, 11:08 AM
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްކެވި ބައެއް ވާހަކަތަކާއި ފާޅުކުރެއްވި ބައެއް ހިޔާލުތަކަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރުކަން ވެސް ކުރައްވާ މަންސޫރު ވަނީ، މިކަމުގައި މުއައްސަސާތައް ކުށްވެރިކޮށް ނޫސްވެރިން ސުވާލުކުރާ މައްސަލައަށް އިޝާރާތްކުރައްވައި އެކަމުން ފައިދާއެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ހަމަލާގެ އެއްވެސް މައުލޫމާތެއް އާއްމުންގެ މީހަކަށް ލިބިފައިނުވާތީ ހައިރާންވެ ހުންނެވި ފަދަ މޭރުމަކުން އެކަން ފާހަގަކުރެއްވި އެވެ.

މި ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ނޫސްވެރިން އަމާޒުކުރި އެއް ސުވާލަކީ، މިކަމުގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތު ލިބިފައިނުވާތީ އެއީ ފެއިލްވުމެއްތޯ ގަބޫލުކުރޭތޯ އެވެ. ހަމީދު ވިދާޅުވީ އެކަމާ އެއްޗެއް ސީދާ ވިދާޅުވެވޭނީ ތަހުގީގަކަށް ފަހު ކަމަށެވެ. އެ ސުވާލަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ އަބްދުﷲ ޝަމާލް ވެސް ވިދާޅުވީ، ހަމީދު ވިދާޅުވި ގޮތަށް މިކަމުގައި އެއްވެސް ސީދާ ބުނެވޭނީ ތަހުގީގަކަށް ފަހު ކަމަށެވެ.

އެ ސުވާލަށް ފަހު، މަންސޫރަށް ވާހަަކަދައްކަވަން ފުރުސަތު ލިބިވަޑައިގަތުމުން އޭނާ ވިދާޅުވީ މިކަން ހިނގާ ދިޔައީ ކިހިނެއްތޯ ބަލައި ތަހުގީގު މަރުހަލާތައް ހިނގަމުންދާއިރުގައި، އަދި މީގެ ޒިންމާ ނަގަން ޖެހެނީ ކޮން ފަރާތްތަކެއްތޯ ބަލަމުން ދާއިރު އެންމެން އެކިތަގަނޑަށް ވާން އެބަޖެހޭ ކަމަށެެވެ.

"ކޮން މީހެއް ކޮން ހިސާބަކުން ފެއިލްވެގެންތޯ، މިއީ ކޮން މިނިސްޓްރީއެއްގެ ފެއިލިއާއެއްތޯ މިފަދަ ސުވާލުކުތަކުގެ ބަދަލުގައި އަޅުގަނޑުމެން އެބަޖެހޭ ނޫސްވެރިން ވެސް ވަރަށް ބޮޑަށް މިމަމާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދައިދޭން،" މަންސޫރު ވިދާޅުވި އެވެ.

މަންސޫރު ވިދާޅުވީ އެކަކު އަނެކަކު ކުށްވެރިކުރުމުގެ ކުޅިވަރަކަށް ދިއުމަކުން ވާނެ ފައިދާއެއް ނެތް ކަމަށާއި ސިފައިން ނުވަތަ ފުލުހުން އިންޓެލިޖެންސްއަށް އެއްވެސް ކަހަލަ އިޝާރާތެއް އެނގޭ ނަމަ އެފަދަ ކަމަކަށް އެއްވެސް މީހަކު ހުށަހެޅޭ ގޮތަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ، ހަމަ މިފަދަ ޑިވައިސެއް ހަދާ އައިއީޑީއެއް ހަދާ ތަނެއްގައި ބައިންދާ މި ހުރިހާ ކަމެއް ކުރިއިރު ހަމަ އަޅުގަނޑުމެން ތެރެއިން ހަމަ އެއްވެސް އާއްމު ރައްޔިޔަަށް ނޫނީ އެއްވެސް ބޭފުޅަކަށް އެއްވެސް ހިލަމެއް ހުވަމެއް ވެސް ހަމަ ނުވޭބާވާއޭ؟ ހަމަ މިނިސްޓަރު ވެސް ވިދާޅުވިގޮތަށް ހަމަ ކިރިޔާ ވެސް ޝައްކެއްވާ ގޮތަށް މީހެއްގެ ހަރަކާތެއް ހުއްޓަސް އެ ވާހަކަ އަންގަވައިދެއްވާށޭ،" މަންސޫރު ވިދާޅުވި އެވެ.

ޓްވިޓާގައި ހިޔާލުފާޅުކުރި އުސެއިދު ހަސަން ކިޔާ މީހަކު ބުނި ގޮތުގައި ކޮންމެ ކަމެއްގައި ވެސް މުއައްސަސާތަކުން ކަނޑާލަނީ ރައްޔިތުންގެ ބޮލަށް ކަމަށެވެ.

"ކޮވިޑް ވެސް ރައްޔިތުންގެ ފަރުދީ ޒިންމާ. އެއްޗެއް ގޮއްވާލިޔަސް ރައްޔިތުންގެ ފަރުދީ ޒިންމާ. މުއައްސަސާތައް އުވާލަންވީނުން؟ މުސާރަދީފައި ކަންކަން މަތިކޮށްފައިިތިބޭ މީހުންގެ ޒިންމާއެއް މިގައުމުގައި ނެތް،" އޭނާ ޓްވީޓްކޮށްފައިވެ އެވެ.

އައިޝާ އީމާން ކިޔާ މީހަކު ޓްވީޓްކުރި ގޮތުގައި ފަރުދީ ޒިންމާ އާއި އެކު ރައްޔިތުން ވަރުބަލިވެއްޖެ ކަމަށާއި ނުލިބުނީ އަމާންކަމާއި މަސަލަސްކަމާއި ސުލްހަވެރިކަން ކަމަށާއި އެކަމަކު ހައްގަކާއި ނުލައި އޮހޮރުވާލައި މަޖީދީ މަގު މެދުގައި ގޮއްވާލަނީ ބޮން ކަމަށެވެ.

"ކުޅަދުންވަންތަކަން! ރައްޔިތުންނަކީ މަހަށް ފަރަށްގޮސް ލޯބޯ ފިއްސާ އަނެއްކަމެއް ކޮށްގެން ބަނޑުފުރާނަ މުއްތިކުރާ ބައެއް ވީމަ ނޫންތަ މުއައްސަސާތައް ހަދައިގެން ހިންގަނީ؟" މަރިޔަމް ވަހީދާ ކިޔާ މީހަކު ފޭސްބުކުގައި ހިތްހަމަނެޖުން ފާޅުކުރި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އަދި ނޫސްވެރިޔާ މުހައްމަދު ޖުނޭދު ޓްވީޓްކުރި ގޮތުގައި އޭނާ ދެކޭ ގޮތުގައި އުނދަގޫ ސުވާލުތައް ކޮށް ނޫސްވެރިން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއް ކަމަށެވެ.

"ވަރަށް ސާފު، މި ހަމަލާ ނުހުއްޓުވުމުގައި އެބައޮތް ދައުލަތުގެ އިންޓެލިޖެންސް/ ސަލާމަތީ ސިސްޓަމްގެ ވަރަށް ބޮޑު ފެއިލްވުމެއް،" ޖުނޭދު ޓްވީޓްކޮށްފައިވެ އެވެ. "(ނޫސްވެރިންނޭ) ސުވާލުތައް އަހަމުންދޭ."

"އަޖާއިބު، މި ޒާތު ކަންކަން ހިލަން ހޯދުން އެއީ ސެކިއުރިޓީ ފޯސް އަށް ރައްޔިތުން މަތިކޮށްފައި އޮތް މަސްއޫލިއްޔަތެއް!" ސަލްމާ ފިކްރީ ޓްވީޓްކުރި އެވެ.

ހުރިހާ މުއައްސަސާވެސް ރަގަޅު. ދައުލަތުގެ ހުރިހާ ވެރިންވެސް ރަގަޅު. ހުރިހާ ކަމެއް ހިނގީވެސް ރަގަޅަށް. ހަމަ އެކަނި މައްސަލައަކީ ރައްޔިތުން ފަރުދީ ޒިންމާ ނުނެގުން." އަބްދުމަތީން ޓްވީޓްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox