ރެއާލާ ދެކޮޅަށް ނުކުންނާނީ އިސް އުފުލައިގެން: ލޮޕެޓެގީ

May 4, 2021, 5:35 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެެއިން ލޮޕެޓެގީ.-- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެެއިން ލޮޕެޓެގީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 4) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ފަހު ވަގުތު 1-0 އިން ބަލިވެ، ލީގުގެ ރޭހުގައި ސެވިއްޔާ އަށް އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް އާދިއްތަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ސެވިއްޔާ ނުކުންނާނީ އިސް އުފުލައިގެން ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ލޮޕެޓެގީ ބުނެފި އެވެ.

ރޭގެ ނަތީޖާ އަށް ފަހު ސެވިއްޔާ ލީގުގެ ހަތަރު ވަނައިގައި އޮތީ 34 މެޗުން 70 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ.

ސެވިއްޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ޖަހަން އެ ޓީމުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ބިލްބާއޯ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގައި އިނާކީ ވިލިއަމްސް އެވެ.

ލޮޕެޓެގީ ބުނީ އޭނާގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ދެ ވަނަ ހާފުގައި ސެވިއްޔާ އަށް ލިބެންޖެހޭ ޕެނަލްޓީ އެއް ދޭން ރެފްރީ ދެކޮޅު ހެދުމެވެ. ބިލްބާއޯގެ މިކޭލް ބަލަންޒިއޭގާ އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ރެފްރީ ނިންމީ އެއީ ހޭންޑްބޯލް އެއް ނޫން ކަމަށެވެ.

"އަހަރެމެން އެބަހުރި ވަރަށް މަދު ފުރުސަތު ތަނަވަސްކޮށްފައި ވެސް މެޗުތަކުން މޮޅުވެފައި. ވަރަށް ގިނަ ފުރުސަތު ލިބިފައި ގޯލު ނުޖެހިގެން ވެސް އެބަހުރި ނަތީޖާ އަށް އަސަރުކޮށްފައި. މި މެޗަކީ ނަސީބު ވެސް ނެތް ދުވަހެއް،" ލޮޕެޓެގީ ބުންޏެވެ.

ލީގުގައި މި ހަފްތާ ބަންދުގައި ހުރި މެޗުތަކަކީ ލީގުގެ ރޭހުގައި މުހިއްމު މެޗުތަކެކެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ ރަށުންބޭރުގައި ކުޅޭނީ ތިން ވަނައިގައި އޮތް ބާސެލޯނާއާ އެވެ. އަދި ދެ ވަނައިގައި އޮތް ރެއާލް އަމިއްލަ ދަނޑުގައި ހަތަރެއްގައި އޮތް ސެވިއްޔާއާ ބައްދަލުކުރާނެ އެވެ.

"އަހަރެމެން ރެއާލާ ކުޅެން ޖެހޭ މެޗަށް ދާނީ އިސް އުފުލައިގެން. ޕްރެޝަރު މެޗުތަކުގައި ކުޅުމަކީ ސެވިއްޔާ އަށް އާ ކަމެއް ނޫން،" ރެއާލްގެ ކޯޗުކަމުގައި މަދު ދުވަސް ކޮޅެއް ހޭދަކުރި ލޮޕެޓެގީ ބުންޏެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ލޮޕެޓެގީ ސްޕެއިނުގެ ކޯޗުކަމުން ވަކިކުރީ ރެއާލާ ހަވާލުވާން އޭނާ އެއްބަސްވުމުންނެވެ. ރެއާލް ކޯޗުކަމުން ތިން މަސް ދުވަސްތެރޭ ލޮޕެޓެގީ ވަނީ ވަކިކޮށްފަ އެވެ. ރެއާލުން އަލުން އެ ޓީމުގެ ކޯޗަކަށް ޒިނެދިން ޒިދާން ހަމަޖެއްސުމުގެ ކުރިން ސަންޓިއާގޯ ސޮލާރީ ވެސް ވަނީ އެ ޓީމުގެ ކޯޗުގެ ޒިންމާ އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox