އިންޒާރުތަކަށް ބެލުމެއްނެތި ޔޫރަޕިއަން ސުޕަ ލީގު އިއުލާންކޮށްފި

Apr 18, 2021, 11:06 PM
އިންޒާރުތަކަށް ބެލުމެއްނެތި ޔޫރަޕިއަން ސުޕަ ލީގު އިއުލާންކޮށްފި

ލަންޑަން (އޭޕްރީލް 19) - ޔޫރަޕްގެ ވަރުގަދަ ކްލަބްތައް އަޑީގައި އޮވެގެން އުފައްދާ ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް އެތައް ބަޔަކު އިންޒާރުތަކެއް ދެމުން އަންނަނިކޮށް މިރޭ އެ މުބާރާތް ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ޔޫރަޕްގެ ނަން މަޝްހޫރު 12 ކްލަބް ހިމެނޭގޮތަށް ސުޕަ ލީގެއް ވުޖޫދުކުރުމަށް އެއްބަސްވުމެއް ހަދައި މިރޭ އެކަން އިއުލާނުކުރަން އުޅޭކަމަށް މީޑިއާގައި އަޑުފެތުރުމާ އެކު ޔުއެފާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އިތުރުން އެކި ގައުމުތަކުގެ ސިޔާސީ އަދި ކުޅިވަރާ ބެހޭ އިސް ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ބައިވެރިވެފައިވާ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

މިދިޔަ ޖެނުއަރީ މަހު ފީފާ އިން ވަނީ ސުޕަ ލިގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފަ އެވެ. އެކަމަށް ޔުއެފާގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ބައްރުތަކަކުން ވަނީ ތާއީދުކޮށްފަ އެވެ.

ސުޕަ ލީގުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ވަގުތު 12 ކްލަބާ އެކު މި އޮތް ސުޕަ ލީގަކީ ހަފްތާގެ މެދުތެރޭގައި ކުޅޭނެ މުބާރާތެއް ކަަމަށާއި އެއްވެސް ކްލަބަކުން އެ ކްލަބެއް ކުޅެމުން އަންނަ ގައުމެއްގެ ލީގުން ވަކިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. އަދި ސުޕަ ލީގުގެ ކަންތައްތަކަށް ހައްލެއް ހޯދަން ވަރަށް އަވަހަށް ޔުއެފާ އާއި ފީފާއާ އެކު މަޝްވަރާކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން އަދި އިތުރު ތިން ކްލަބެއް މި ސުޕަ ލީގާ ގުޅޭނެ އެވެ.

ސުޕަ ލީގު ރަސްމީކޮށް އިއުލާންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޔުއެފާ އާއި ފީފާ އިން ވަނީ ސުޕަ ލީގު ބަލައިގަންނަން ބޭނުންނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

ސުޕަ ލީގުގެ މަސައްކަތް އަވަސް ސްޕީޑެއްގައި މި ނިންމާލި އެއް ސަބަބަކީ ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެނައުމުގެ ކުރިން އެކަން ކުރުމެވެ. ޔުއެފާ އިން އަންނަނީ ޗެމްޕިއަންސް ލީގުގައި ކުޅެވޭ ޓީމުތައް އިތުރުކޮށް އާ ފޯމެޓަކާ އެކީ ވަރަށް އަވަހަށް އިއުލާނުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކްލަބެއް ޔުއެފާގެ މުބާރާތްތަކުން ސަސްޕެންޑްކުރާނެ ކަމަށް ޔުއެފާގެ އޮފިޝަލަކު މިރޭ ވަނީ މީޑިއާގައި ބުނެފަ އެވެ.

ސުޕަ ލީގުގެ ފަހަތުގައި އޮތީ ކޮންކަމެއް؟

ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ވެސް ގިނަ ޓީމުތަކަށް އެކަށީގެންވާ ވަރުގަދަ މެޗުތަކެއް ނުލިބި ހަމައެކަނި ބޮޑު ވާދައެއްކުރަން އޮންނަ މުބާރާތަކަށް ވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގެވެ. މި ދެ މުބާރާތުން ލިބޭ އާމްދަނީ ކްލަބްތަކުން ކުރާ ހަރަދާ ނުބައްދަލެވެ. އެއީ ބޮޑެތި ޓީމުތަކުން އަމިއްލަ ގައުމުގެ ލީގު ދޫކޮށް ސުޕަ ލީގެއް އުފައްދަން ބޭނުންވި އެއް ސަބަބެވެ. އަނެއްކޮޅުން މަޝްހޫރު ކްލަބްތަކުގެ ޓީވީ ރައިޓްސް އާމްދަނީ ލިބޭނެ ބޮޑު ފުރުސަތެއް އޮތީ ބޮޑެތި ޓީމުތަކުގެ މެޗުތައް ވީހާ ވެސް ގިނައިން ކުޅެގެން ކަމަށްވުމާއި އެ ގޮތަށް އެކަންކޮށްފިނަމަ ބޮޑެތި ކްލަބްތަކުގެ ދަރަނި ބޮޑުނުވެ ކުރިއަށްދެވޭނެ ފުރުސަތު އޮތުމެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފުޓްބޯޅަ ތަމްސީލުކުރާ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. ސުޕަ ލީގުގެ ފައުންޑާ މެމްބަރުންގެ ތެރޭގައި ޖަރުމަނާއި ފްރާންސަށް ނިސްބަތްވާ ކްލަބެއް ނެތުމުން ޔުއެފާ އާއި އީސީއޭ އިން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ސުޕަ ލީގުގެ ބޯޑުގައި ތިބި މެމްބަރުންގެ ތެރެއިން މެޖޯރިޓީ އަކީ އެމެރިކާގެ މަހުޖަނުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ސުޕަ ލީގު ފަށާނީ ވެސް ހަ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނަކާ އެކީ އެވެ. މީގެ ބޮޑު ޕަސެންޓެއް ފެށުމުގެ ކުރިން ހުރިހާ ކްލަބެއްގެ މެދުގައި ބަހާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލީގު ފެށުމުގެ ފަންޑް ހަމަޖައްސައިދެނީ އެެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިންނެވެ.

ސިޔާސީ ހިޔާލުތަފާތުވުންތައް ވެސް ބޮޑުވާނެ ލީގެއް

ސުޕަ ލީގާ ދެކޮޅަށް މިރޭ ޔުއެފާ އިން ނެރުނު ބަޔާނުގައިވަނީ އެ ލީގާ ދެކޮޅަށް ފުޓްބޯޅަ ސަޕޯޓަރުންނާއި ސިޔާސީ ފަރާތްތަކުން ވެސް ތެދުވަން ޖެހޭ ކަމަށާއި މިއީ ވަކި ބައެއްގެ މަންފާ އަށް ޔޫރަޕްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބައެެއް ހަލާކުކޮށްލަން ކުރެވޭ ކަމެއް ކަމަށް ބުނެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ފުޓްބޯޅަ މި ގޮތަށް ހަލާލުވާން ފުރުސަތެއް ނުދޭނެ ކަމަށާއި މިކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފުޓްބޯޅައިގެ އިސް ފަރާތްތަކުން ނިންމާ ކޮންމެ ނިންމުމަކަށް މަރުހަބާ ކިޔަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިއަމަންޓް ސްޕޯޓްސް ގްރޫޕުން ބުނީ މިއީ ޔޫރަޕްގެ ފުޓްބޯޅައިގެ ފައިދާ ފެނިގެން ވަކި ބަޔަކު އަޑީގައި ތިބެގެން އަމިއްލަ މަންފާ އަށް ކުރާ ކަމެއް ކަމަށެވެ. އީޔޫ ސްޕޯޓްސް ގްރޫޕުން ބުނީ ހަގީގަތުގައި މީގެ އެންމެ ބޮޑު ބޭނުމަކީ ފުޓްބޯޅައިގެ ބޮޑު ފައިދާ އެމެރިކާގެ އިގްތިސޯދުގެ ތެރެއަށް ދާނެ ގޮތެއް ހޯދުން ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސް ވިދާޅުވީ ޕްރިމިއާ ލީގުގައި ވާދަކުރާ 20 ކްލަބްގެ ތެރެއިން އެއްވެސް ކްލަބަކަށް ލީގުގެ ބޯޑުގެ ހުއްދައެއް ނެތި ޔުއެފާ އާއި ފީފާގެ ބައިވެރިވުމެއް ނެތް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ. އަދި ޕްރިމިއާ ލީގުގެ ހަ ކްލަބަކުން ސުޕަ ލީގުގައި ކުޅެން ނިންމާފައިމިވަނީ އުސޫލާ ހިލާފަށް ކަމަށާާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފީފާގެ ރައިސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ސުޕަ ލީގާ ދެކޮޅަށް ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox