އިބްރަހިމޮވިޗަށް ތިން އަހަރުގެ ސަސްޕެންޝަނެއް އަތުވެދާނެ: ރިޕޯޓް

Apr 16, 2021, 5:46 AM
ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް.-- ފޮޓޯ: އޭއެފްޕީ

ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް.-- ފޮޓޯ: އޭއެފްޕީ

ސްޓޮކްހޯލްމް، ސްވިޑެން (އޭޕްރީލް 16) - ސްވިޑަން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗްގެ ކުންފުންޏެއްގެ ހިއްސާއެއް ބެޓިން ކުންފުންޏެއްގައި އޮންނަ ކަމަށް ބުނެ، ޔުއެފާ އާއި ފީފާ އިން އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން އިބްރަހިމޮވިޗަށް ތިން އަހަރުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ސްވިޑެންގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސްވިޑެންގެ މީޑިއާ އެއް ކަމަށްވާ އަފްޓޮންބްލަޑެޓް އިން ރިޕޯޓްކުރާ ގޮތުގައި ބެޓިން ވެބްސައިޓެއް ކަމަށްވާ ބެޓްހާޑް 10 ޕަސެންޓް ހިއްސާ އޮތީ އިބްރަހިމޮވިޗްގެ ކުންފުންޏެއް އަތުގަ އެވެ. ޔުއެފާ އާއި ފީފާގެ ގަވާއިދުގައިވާ ގޮތުން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ބެޓް ކުރާ ކުންފުންޏަކުން މާލީ މަންފާ ލިބޭގޮތަށް ކޮންޓްރެކްޓެއް އޮތުމަކީ މަނާކަމެކެވެ.

އަފްޓޮންބްލަޑެޓް އިން ތުހުމަތުކުރާގޮތުގައި އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗްގެ ކުންފުންޏެއް އަތުގައި ބެޓްހާޑްގެ ހިއްސާ އޮންނަތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަދި ސްވިޑަން އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިބްރަހިމޮވިޗް ނުގެންދިޔައީ ވެސް އެހެންވެ ކަމަށް އަފްޓޮންބްލަޑެޓް އިން ރިޕޯޓްކުރެ އެވެ.

Advertisement

ބެޓްހާޑް އިން ވަނީ 2018 ވަނަ އަހަރު އިބްރަހިމޮވިޗް އެމްބަސަޑަރެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކޮށްފަ އެވެ. އޭރު ވެސް އިބްރަހިމޮވިޗަކީ އެ ސައިޓްގެ ހިއްސާދާރެއް ކަމަށް ބުނެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބެޓްހާޑްގައި ހަތަރު ވަނަ އަށް އެންމެ ބޮޑު ހިއްސާއެއް އޮތީ އިބްރަހިމޮވިޗްގެ ކުންފުނި އަތުގަ އެވެ. ޔުއެފާ އާއި ފީފާ އިން މި މައްސަލައިގައި އަދި ވަކި އެއްޗެއް ބުނެފައިނުވި ނަމަވެސް ސްވިޑެންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ދެ ފެޑެރޭޝަނުގެ ފައިނޭންޝިއަލް ކްރައިމް ޔުނިޓުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. އިބްރަހިމޮވިޗްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ތިން އަހަރަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރާނެ އެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިބްރަހިމޮވިޗް ގައުމީ ޓީމުން ރިޓަޔާކުރީ 116 މެޗުން 62 ގޯލު އެ ޓީމަށް ޖަހައިދިނުމަށް ފަހު އެވެ. ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިބްރަހިމޮވިޗް އަލުން ސްވިޑަން އަށް ކުޅެން ފެށީ މިދިޔަ މަހުގަ އެވެ. އޭނާ ގައުމީ ޓީމަށް އެނބުރި އަންނަން ނިންމިއިރު ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށެން ވަނީ ތިން މަހަށް ވެފަ އެވެ.

ކުރިން ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ އިބްރަހިމޮވިޗް މި ވަގުތު ކުޅެމުން އަންނަނީ އިޓަލީގެ ގަދަބާރު އޭސީ މިލާން އަށެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 17 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox