ދަ ގްރާންޑޭ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ ސީޒަނުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

ލީގުގެ މެޗެއްގެ ތެރެއިން އީސަ ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން އީސަ ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހަތުން އަރައި 4-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

މިއީ މިދިޔަ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ މެޗަކުން މޮޅުވި ފުރަތަމަ މެޗެވެ. ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން މޮޅުވީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-2 އިންނެވެ. އެއީ އެ ޓީމުގެ ކޯޗުކަމާ މިދިޔަ ސީޒަން މެދުތެރެއިން ހަވާލުވި މުހައްމަދު އާދަމް އަށް އެ ޓީމާ އެކު ހޯދުނު ހަމައެކަނި މޮޅެވެ.

މުހައްމަދުގެ ކޯޗުކަމުގައި މި ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީން ކުޅުނު ހަ މެޗުގެ ތެރެއިން ލިބުނީ ތިން ޕޮއިންޓެވެ. އެއީ ތިން މެޗުން އެއްވަރުވެގެންނެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވި ފަހުން ފުރަތަމަ ކުޅުނު ފަސް މެޗުން ވަނީ ބަލިވެފަ އެވެ. މިއަދު ޔުނައިޓެޑް ވިކްޓްރީ އަށް ސީޒަނުގެ ފުރަތަމަ މޮޅު ލިބުނުއިރު، މިއީ ސާންތީ އަށް ވެސް އެ ޓީމާ އެކު ލިބުނު ފުރަތަމަ މޮޅެވެ.

Advertisement

ޔުނައިޓެޑް ވިކްޓްރީ ލީގުގެ ފުލުގައި އޮތީ 12 މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެވެ. މެޗާ ބެހޭގޮތުން ސާންތީ ބުނީ ކުޅުންތެރިން ކުރި ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ހާއްސަ ގޮތެއްގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް އީސަ (މެސީ) އާއި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

"މިއީ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ. މެޗަށް ނުކުތްއިރު ވެސް އެންމެ ބޮޑަށް ހިތްހަމަޖެހިފައި ހުރީ މި މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޓީމުގެ ރޫހު ރަނގަޅުވުން. ފަސޭހަ ކަމެއް ނޫން ކުޅުންތެރިން އެ ކުރަނީ 11 މެޗު ނޫނީ 12 މެޗުން މޮޅެއް ނުލިބި. މި ރޫހު އިނދެފައި އެހާ ކުރީގައި ގޯލެއް އަޔަސް ކުޅުންތެރިން ކުޅެފައި ލިބުނު ފުރުސަތެއް ނޫން. ފުރުސަތު ކްރިއޭޓް ކޮށްފައި މި މޮޅުވީ،" ސާންތީ ބުންޏެވެ.

އޭނާ ބުނީ މި ހިސާބުން ޔުނައިޓެޑް ވިކްޓްރީ ގޮވައިގެން ކުރިއަށްދާން ފުރުސަތު ލިބިއްޖެ ކަމަށާއި ލީގުގައި ކުރިއަށް ހުރި މެޗުތަކުން ވާ ގޮތަކުން ޔުނައިޓެޑް ވިކްޓްރީ ކުރިއަށްދާން ވެސް ފުރުސަތުތަކެއް ތަނަވަސްވެދާނެ ކަމަށެވެ.

މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް އޮތީ ސަސްޕެންޝަނުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަތް ކާޑު ދެއްކުމުގެ ސަބަބުން ދަ ގްރާންޑޭގެ އަހުމަދު ވިޖުދާން (ވިޖޫ) އާއި އަލީ އިފާޒް އަދި ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ވިސާމް (ޖެރާޑް) ހުރީ ސަސްޕެންޝަނުގަ އެވެ.

ދަ ގްރާންޑޭ އިން ވަނީ މެޗު ފަށައިގެން ފުރަތަމަ ލިބުނު ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. ދެ ވަނަ މިނިޓްގައި ޔަސްފާދު ހަބީބު (މުލަކޭ) ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ މުހައްމަދު ސަހާއު (ބޭލް) ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ އެހާ ކުރީކޮޅުގައި ދަ ގްރާންޑޭ އިން ލީޑުނެގި ނަމަވެސް ޔުނައިޓެޑް ވިކްޓްރީން ރަނގަޅަށް ކުޅެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ފެށި އެވެ.

ޔުނައިޓެޑް ވިކްޓްރީން މެޗުގެ ކުރީކޮޅުގައި އަނަޓޯލީ އާއި ޒުވާން މިޑްފީލްޑަރު މުހައްމަދު ރީހާން ޖެހި ޝޮޓްތައް ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ފަސް ބެލުމެއްނެތި ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުކޮށް އެ ޓީމުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދިން ގޯލު ޖެހި މެޗުގެ 33 ވަަނަ މިނިޓްގައި އީސާ އެވެ. ހިލޭޖެހުމަކުން އަނަޓޯލީ ނަގައިދިން ބޯޅައަކުން އީސަ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީން ލީޑުނެގީ އަނަޓޯލީ ޖެހި މޮޅު ގޯލުންނެވެ. އީސަ އޭރިއާތެރެއަށް މަތިން ވައްޓާލި ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އަނަޓޯލީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަކުރަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ޓީމުން ފޮނުވާލި ހަމަލާތައް ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ. ދަ ގްރާންޑޭ އަށް ލަނޑު ޖަަހަން ލިބުނު ފަޅި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފިދިޔައިރު، ޔުނައިޓެޑް ވިކްޓްރީން ވަނީ މި ހާފްގައި ލިބުނު ފުރަތަމަ ފުރުސަތުން އެ ޓިމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި އީސަ މި ގޯލު ޖެހީ އަނަޓޯލީ ދިން މޮޅު ޕާހަކުންނެވެ.

ބަދަލު ކުޅުންތެރިިިއެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑް ވިކްޓްރީ އަހުމަދު ބައްސާމް މުހައްމަދު ވަހީދު (ބައްކު) ދިން ބޯޅައެއް ހޯދައި އޭރިއާތެެރެއިން އީސަ ހުސްކޮށްލާފައި އަނަޓޯލީ އަށް ދިނުމުން އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ހެޓްރިކް ހަދަން އީސަ އާއި އަނަޓޯލީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ދަ ގްރާންޑޭ އިން ލަނޑު ޖަަހަން މެޗުގެ ފަހު ވަގުތު ފޮނުވާލި ހަމަލާތައް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ވަނީ މަތަކޮށްފަ އެވެ.

މިއަދުގެ މެޗުން މޮޅުވެގެން ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު ދަ ގްރާންޑޭ އަށް އޮތެވެ. އެކަމަކު އެ ޓީމު ބަލިވުމުން އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ 12 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. މިއީ ދަ ގްރާންޑޭ ލީގުގައި ބަލިވި ހަތަރު ވަނަ މެޗެވެ.

ދަ ގްރާންޑޭ ޖެހިޖެހިގެން ދެ މެޗުން ބަލިވިއިރު، އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއަދުގެ މެޗުގައި ޔުނައިޓެޑް ވިކްޓްރީން ދެ ވަނަ ގޯލު ޖެހިފަހުން ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދި ޓީމުގެ ފަރާތުން ފެންނަން ނުޖެހޭ ކަންތައްތަކެއް ފެނި ހާލަތުން އަރައިނުގަނެވިގެން މެޗުން ބަލިވީ ކަމަށެވެ.

"ވަރަށް ދެރަކޮށް ދިޔަ ދުވަހެއް. އެއްވެސް ވަރަކަށް ޕްލޭޔަރުންގެ ފަރާތުން ފުރަތަމަ ދެ ލަނޑާ ހިސާބުން ފަށައިގެން މުޅި ޓީމު ވެއްޓިއްޖެ. ސަބަބުތައް ވެސް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން މެޗަށް ތައްޔާރުވި ގޮތާ އެއްގޮތަކަށް ނޫން މިދިޔައީ. 90 މިނިޓް ހަމަވިއިރު ވެސް ކުޅުންތެރިންނަށް އަރައިނުގަނެވި މިދިޔައީ. ޓީމުގެ މޯޓިވޭޝަނާއި ލީޑަޝިޕާ އެއްޗެހި އިނީ ގެއްލިފައި،" އިންމަ ބުންޏެވެ.

އިންމަ ބުނީ މިހާރު ދެން މުހިއްމީ މި ނަތީޖާ އަށް ވުރެ މި ގޮތަށް ދިމާވި ސަބަބާ މެދު ގޮތެއް ނިންމައި ހައްލެއް ހޯދުން ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފުރަތަމަ ބުރު އެއްކޮށް ދަ ގްރާންޑޭގެ ކެޕްޓަން ބޭންޑް އެޅި މުލަކޭ އަތުން ކެޕްޓަން ބޭންޑް ނެގީ ކީއްވެތޯ ސުވާލުކުރުމުން އިންމަ ބުނީ އޭގެ ސަބަބުތައް ވެސް ކުރިއަށް އޮތްތަނުގައި އެނގިގެންދާނެ ކަމަށާއި ޓީމުގައި ކެޕްޓަންކަން ކުރެވޭނެ ހަތަރު ކުޅުންތެރިން އެބަތިބި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox