ނެތިދިއުމުގެ ބިރު އޮތް ވެލާތަކެއް ނެދަލޭންޑްސްގެ އެއާޕޯޓުން ހިފަހައްޓައިފި

Nov 28, 2026, 12:49 PM
އަންގި ލައްވައިގެން ހުރި ދެ އަތުން ކުޑަ ވެލައެއް ހިފަހައްޓައިގެން ހުރި މަންޒަރު.

އަންގި ލައްވައިގެން ހުރި ދެ އަތުން ކުޑަ ވެލައެއް ހިފަހައްޓައިގެން ހުރި މަންޒަރު.

ނެދަލޭންޑްސްގެ އެމްސްޓަޑަމްގައި ހުންނަ ޝިޕޯލް އެއާޕޯޓުން ދަތުރުކުރި މީހެއްގެ ޗެކް-އިން ފޮށިތަކުގެ ތެރެއިން، ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ 26 ވެލާ ފެނިގެން އަތުލައިގެންފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިދާރާއަކުން ބުނެފި އެވެ.

ނެދަލޭންޑްސް ފުޑް އެންޑް ކޮންސިއުމާ ޕްރޮޑަކްޓް ސޭފްޓީ އޮތޯރިޓީ (އެންވީޑަބްލިއުއޭ) އިން ބުނި ގޮތުގައި، މެކްސިކޯ އިން ފުރައިގެން އެމްސްޓަޑަމް މަގުން ހޮންކޮންގަށް ދަތުރުކުރި އެ މީހާ ހޮނިހިރު ދުވަހު ހައްޔަރުކުރީ، އޭނާގެ ދަބަސްތަކުގެ ތެރެއިން "ވަލާޓާ މަޑް ޓާޓަލް" ނަމަކަށް ކިޔާ ވައްތަރެއްގެ ވެލާތަކެއް ކަސްޓަމްސް އޮފިސަރުންނަށް ފެނުމާ ގުޅިގެންނެވެ.

ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ މި ބާވަތުގެ ވެލާއަކީ، ދުނިޔޭގައި އުޅޭ އެންމެ ކުޑަ ވައްތަރު ކަމަށް ބެލެވެ އެވެ. މި ވެލާތަކުގެ ދިގުމިނުގައި އެންމެ ބޮޑުވެގެން ވެސް ހުންނަނީ ގާތްގަނޑަކަށް 10 ސެންޓިމީޓަރު (4 އިންޗި) އެވެ. ފެނުނު ވެލާތައް ހުރީ ހަރަކާތް ނުކުރެވޭ ގޮތަށް ޑަކްޓް ޓޭޕް އަޅައި ހިފަހައްޓައިފަ އެވެ.

އެންވީޑަބްލިއުއޭ އިން ބުނި ގޮތުގައި، މި ވެލާތަކަކީ އޭގެ އަސްލު ވަޒަން ކަމަށްވާ މެކްސިކޯގެ ޖަންގަލިތަކުން ވަގަށް ނަގައިގެން ގެންދަން އުޅުނު އެއްޗެހި ކަމަށް ބެލެވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ އަދިވެސް ހުރީ ބަންދުގަ އެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

މި ވަގުތު އެ ވެލާތަކަށް ފަރުވާ ދެމުންދަނީ ޚާއްސަ ރައްކާތެރި މަރުކަޒެއްގައި ކަމަށް އެންވީޑަބްލިއުއޭ އިން ބުންޏެވެ.

އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ "ޓާޓަލް އައިލެންޑް" އިން 2025 ވަނަ އަހަރު އަންދާޒާކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ޖަންގަލިތަކުގައި މިހާރު އުޅެނީ "ވަލާޓާ މަޑް ޓާޓަލް" ބާވަތުގެ އެންމެ 300 އެއްހާ ވެލާ އެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން އެކުލަވާލާފައިވާ ލިސްޓުގައި، މި ބާވަތުގެ ވެލާ ހިމަނާފައިވަނީ ދުނިޔެއިން ނެތިދިއުމުގެ ނުރައްކާ އިންތިހާއަށް އޮތް އެއްޗެއްގެ ގޮތުގަ އެވެ.

ތިމާވެށީގެ ޚަބަރުތައް ގެނެސްދޭ "މޮންގަބޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭޝިއާގެ ކަޅު ބާޒާރުގައި މި ބާވަތުގެ ވެލާއެއް 10،000 އެމެރިކާ ޑޮލަރަށް ނުވަތަ އެއަށްވުރެ ބޮޑު އަގުގައި ވިއްކަ އެވެ.

މި އަހަރުގެ ތެރޭގައި ދިރިހުރި ވެލާތައް ހޮންކޮންގަށް ވަގަށް އެތެރެކުރަން އުޅުނު އިތުރު ހާދިސާތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހޮންކޮންގުގެ ކަސްޓަމްސް އިން ވަނީ ނެތިދިއުމުގެ ބިރު އޮތް ބާވަތެއްގެ އަށް ވެލާ އަތުލައިގެންފަ އެވެ. އެ ވެލާތަކުގެ ބާޒާރު އަގު ގާތްގަނޑަކަށް 54,000 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox