ހޮންކޮންގް

3 ލިޔުން

ފަހުގެ

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްދުނިޔެ

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ސިންގަޕޫރުގެ ވަޒީރުންގެ މުސާރަ އިތުރަށް ބޮޑުކުރަނީދުނިޔެ

ސިންގަޕޫރުގެ ވަޒީރުންގެ މުސާރަ އިތުރަށް ބޮޑުކުރަނީ

ދުނިޔޭގައި މިހާރުވެސް އެންމެ ބޮޑު މުސާރަ ލިބޭ ސިންގަޕޫރުގެ ވަޒީރުންގެ މުސާރަ އިތުރަށް ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލު ގެންނަނީ ގާބިލު މީހުން ސަރުކާރަށް ޝައުގުވެރިކުރުވުމަށާއި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހިންގުންތެރި ނިޒާމެއް ދެމެހެއްޓުމުގެ މަގްސަދުގައެވެ. ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން މުސާރަ ބޮޑުކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި، ބޮޑުވަޒީރުގެ މުސާރައަށް އިތުރުވާ ބައި ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.