ޑޮލަރުގެ އަގު ބޮޑުވަނީ ޑޮލަރު ނެތީމަ، ޑޮލަރުގެ ވާހަކަ ދައްކާތީއެއް ނޫން: ނަޝީދު

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ އިގްތިސާދީ ހަގީގަތް އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ އިގްތިސާދީ ހަގީގަތް އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޑޮލަރު ގަންނަން ލިބޭ އަގު ބޮޑު ވަނީ މީހުން ޑޮލަރުގެ ވާހަކަ ދައްކާތީ ނޫން ކަމަށާއި ޑޮލަރުގެ އަގުބޮޑުވަނީ ރާއްޖޭގައި ޑޮލަރު ނެތީމަ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު އެހެން މި ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވަނީ ދެ ނޫހެއްގެ ސުރުހީގައި ޑޮލަރު އަގުބޮޑުވާ ވާހަކަ ޖަހާތީ ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވުމުން އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު މަތިވަނީ މީހުން އެ ވާހަކަ ދައްކާތީ ކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމަށާއި އެއީ މިދަނޑިވަޅު އިގްތިސާދަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ. 

"ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން ޑޮލަރުގެ ވާހަކަ ދައްކާތީ [ސްޕެކިއުލޭޝަންގެ ސަބަބުން] ކަމަށް ސަރުކާރުން ބުނެ ހަގީގަތް އޮޅުވާލުމަކީ މިވަގުތު ދިވެހި އިގްތިސާދަށް ދެވޭނެ އެންމެ ބޮޑު ދެރަ. ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތީމަ،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ، އިގްތިސާދީ ހަގީގަތް އޮޅުވާލަން ސަރުކާރުން ވަރަށް ބައިވަރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ގަވާއިދުން ޝާއިއުކުރަންޖެހޭ ރިޕޯޓުތައް ޝާއިއު ނުކުރަނީ ވެސް އެ ބޭނުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އިން ގަވާއިދުން ޝާއިއު ކުރަންޖެހޭ ރިޕޯޓުތައް އާންމުނުކޮށް ހަގީގަތް އޮޅުވާލަމުން ސަރުކާރަށް ގެންދެވޭނީ ވެސް ވަކި ވަރަކަށް. ރާއްޖޭގައި ޑޮލަރު ހުރި މިންވަރު އެމްއެމްއޭއަށް އެނގޭނެ އަދި އެ ޑޮލަރުގެ ޑިމާންޑު ވެސް އެނގޭނެ. ރުފިޔާ ހުރި މިންވަރާއި ޑޮލަރު ފަހާ ރުފިޔާ ދުވާ މިންވަރު އެއީ އަސްލު އެކްސްޗޭންޖް ރޭޓު ކަން ވެސް އެމްއެމްއޭއަށް އެނގޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާ ގުޅޭ ގޮތުން ސަރުކާރުން އެމްޑީޕީއާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި ކިބުރުވެރިކަން އިސްކޮށް އެމްޑީޕީއާ ވާހަކަ ނުދައްކާ ނަމަ އޭގެ ހުރިހާ ދެރައެއް ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ޑޮލަރެއްގެ އަގު 23 ރުފިޔާގެ މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީ ސަރުކާރުން އެމްޑީޕީއާ ވާހަކަ ދެއްކުން ބޭނުންތެރި. ސަރުކާރުން ކިބުރުވެރިކަން އިސްކުރަނީ ނަމަ ގެއްލުން ލިބޭނީ ރާއްޖެއަށް، ދިވެހިންނަށް،" ނަޝީދު ވިދާޅުވި އެވެ. 

ރޭ ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޑޮލަރުގެ ވާހަކަތައް ބައެއް ނޫސްތަކުން ގެނެސްދެނީ ގަސްތުގައި އިގްތިސާދަށް ދެރައެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. 

"އެއީ ޒިންމާދާރު ގޮތެއް ތޯ؟ އެއްވެސް ގައުމެއްގައި އެކަން ހިނގާނެ ގޮތެއް ނޫން. އިގުތިސާދެއް ހަލާކުކޮށްލަން ޑެލިބަރޭޓްލީ މިއަދު ޑޮލަރު ރޭޓަކީ 24ރ. އޭ، ހަމަ ޑެލިބަރޭޓްލީ ނިއުސްތަކުގައި އެހެން ގެނައުމަކީ އެއީ އެންމެ ރަނގަޅު ޑިމޮކްރަސީތޯ؟،" ސައީދު ވިދާޅުވި އެވެ.

ބްލެކް މާކެޓުގެ އަގުތައް ނޫސްތަކުން ގެނެސްދެނީ ސައީދު ވިދާޅުވި ގޮތުގައި  އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދުމަށެވެ. އެފަދަ ހަބަރުތަކަކީ "ފޭކް ނިއުސް" ކަމާއި އެއީ ހުޅަނގުގެ ބައެއް ޑިމޮކްރެސީތަކުގައި ގެންގުޅޭ އުކުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޕޮލިޓިކަލް އެމްބިޝަންއެއް ކާމިޔާބުކުރުމަށްޓަކައި ސޮސައިޓީއެއް ޑިވައިޑްކޮށްލައި މާކެޓް ކްރޭޝް ކޮށްލުމަށްޓަކައި ފޭކް ނިއުސް މި ފަތުރަނީ. އެހެންވީމަ އެހެން ހެދީމަ މިހާ ކުޑަ އިކޮނޮމީއެއްގައި ނަގަންޖެހޭ ބްރަންޓު [އުފުލަންޖެހޭ ތަކުލީފް] ބޮޑުވާނެ. މީގެން ކޮން ފައިދާއެއްތޯ ވާނީ އެގޮތަށް ހަބަރު ގެނެސްދިނީމަ،" ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox