ބިޔޯން އެގެއިން ޝޯ ކެންސަލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު މިނިސްޓަރު އަތުން ހޯދަންޖެހޭ: ފައްޔާޒު

Jul 30, 2026, 7:30 AM
ފައްޔާޒު އިސްމާއީލް

ފައްޔާޒު އިސްމާއީލް

އޮސްޓްރޭލިއާގެ މަޝްހޫރު ޓްރިބިއުޓް ބޭންޑު "ބިޔޯން އަގެއިން" އިން ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވި މިއުޒިކް ޝޯ ކުއްލި ގޮތަކަށް ކެންސަލްކުރަން ސަރުކާރުން އެންގުމާ ގުޅިގެން، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝޯ ބޭއްވުމަށް ހުއްދަ ދީ، އިޝްތިހާރުކުރާތާ 50 އަށްވުރެ ގިނަ ދުވަސްވީފަހުން ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރު އަތުލުމުން، ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ޝޯ އިންތިޒާމް ކުރަން މަސައްކަތް ކުރި ފަރާތަށްވާނެ ކަމަށެވެ. 

"އެ ގެއްލުމުގެ ބަދަލު އިވެންޓުގެ އޯގަނައިޒަރަށް ދައުލަތުން ދޭން ޖެހޭނެ. އަދި އެ ބަދަލު މިކަން ކުރި މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަން ޖެހޭނެ،" ފައްޔާޒު ވިދާޅުވި އެވެ. 

ޔޫތު ސެންޓަރު ބަލަހައްޓަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކީ އަބްދުﷲ ރާފިއު އެވެ. 

ފައްޔާޒު އިތުރަށް ވިދާޅުވީ، ހުއްދަ ދޫނުކުރިނަމަ އެ ވިޔަފާރިތަކަށް އެހާ ބޮޑު ގެއްލުމެއް ނުވީސް ކަމަށާއި، ފަންނުވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް މިހާ ގެއްލުންދޭ، ދެކޮޅުނުޖެހޭ ލަދުވެތި ވާހަކަ ދައްކާ ބަޔަކު އަދި ނުފެންނަ ކަމަށެވެ.

ޝޯ ކެންސަލްކުރަން ޖެހުނުއިރު، އެ ސަބަބު ސާފުކޮށް ބުނަން ވެސް ނުކެރުމުން މިއީ ފިނޑި ސަރުކާރެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޯ ކެންސަލް ކުރަން އެންގިއިރު ޓިކެޓުތައް ވިކި، ސޯޝަލް ސެންޓަރުގައި ސްޓޭޖު އަޅައި ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ. އަދި ރޭގެ ވަގުތެއްގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން "ބިޔޯން އަގެއިން" ބޭންޑުގެ މެންބަރުން ވަނީ ރާއްޖެ އައިސްފައެވެ. މި ޝޯގެ ލޮޖިސްޓިކްސް ކަންކަމަށް އިންތިޒާމުކުރާ ފަރާތުން ބޮޑު ހަރަދެއް ކޮށްފައިވާ އިރު، ޝޯގެ އޯޕެނިން އެކްޓުތަކުގެ ގޮތުގައި ދިވެހި އާޓިސްޓުންގެ ހުށަހެޅުންތަކެއްވެސް ބޭއްވުމަށް އޮތީ ނިންމާފައެވެ.

މި ޝޯ ކެންސަލް ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ލިޔުއްވާފައެވެ. ނަޝީދު ވިދާޅުވީ އެ ޝޯއަކީ މަނާކުރެވިގެން ވާނެ ޝޯއެއް ނޫން ކަމަށާއި، މިއުޒިކް މަނާ ކުރެވިގެން ނުވާނެ ކަމަށެވެ.

"މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، [މި]ތަނަކީ ހުރިހާ ދިވެހިންގެ ރާއްޖެއެއް," ނަޝީދު ވިދާޅުވިއެވެ.

1970 ގެ އަހަރުތަކުގައި މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ "ބިޔޯން އަގެއިން" އަކީ ދުނިޔޭގެ 72 ގައުމެއްގައި 5,300 އަށްވުރެ ގިނަ ޝޯ ދީފައިވާ މަގުބޫލު ބޭންޑެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox