މަލާމާތް އަމާޒުވަމުންދާ ޗައިނާ ފިލްމަކަށް ބޮޑު ކާމިޔާބެއް

Aug 19, 2026, 7:30 AM
ފޮޓޯ: އެންބީސީ

ފޮޓޯ: އެންބީސީ

ޗައިނާގެ ބައެއް ސިނަމާތަކުގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ، އާދައިގެ 3ޑީ އެނިމޭޝަން ބޭނުންކޮށްގެން އުފައްދާފައިވާ، ބަލާލަން "ހުތުރު" އެނިމޭޓެޑް ފިލްމަކަށެވެ.

"ނިއު ލައި" ނަމަކަށް ކިޔާ މި ފިލްމަކީ ގެރިއެއްގެ ހުވަފެންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަށް ބޮޑު މަގުބޫލުކަމެއް ލިބި، ބޮކްސް އޮފީހުގައި އާދަޔާ ހިލާފު ކުރިއެރުމެއް ލިބެން ފެށީ އިންޓަނެޓުގައި މި ފިލްމަށް އަމާޒުވި ވަރުގަދަ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

މިދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރި ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުން ލިބިފައިވަނީ އެންމެ 10،000 ޔުއާން (1،480 ޑޮލަރު) އެވެ. ފިލްމުތަކުގެ ތަފާސްހިސާބުތައް ބަލަހައްޓާ "މާއޯޔަން" ޕްލެޓްފޯމުން ބުނާ ގޮތުގައި، ބައެއް ދުވަސްދުވަހު މި ފިލްމަށް ލިބިފައިވަނީ އެންމެ 200 ޔުއާން (30 ޑޮލަރު) އެވެ. މިއީ ވާދަވެރި ހޫނު މޫސުމުގެ ފިލްމީ ސީޒަނަކަށް ބަލާއިރު އާދަޔާ ހިލާފަށް ދަށް އަދަދެކެވެ.

Advertisement

ނަމަވެސް، "މާއޯޔަން" ގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހޯމަ ދުވަހު މި ފިލްމުގެ އާމްދަނީ ވަނީ 8.2 މިލިއަން ޔުއާން (1.2 މިލިއަން ޑޮލަރު) އަށް އަރާފަ އެވެ. އަދި އެ ދުވަހު އެކަނިވެސް 300،000 އެއްހާ މީހުން ވަނީ މި ފިލްމު ބަލާފަ އެވެ. މިހާތަނަށް މި ފިލްމަށް ޖުމްލަ 17.1 މިލިއަން ޔުއާން (2.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ޗެންގްދޫގެ ލޯކަލް ނިއުސް ވެބްސައިޓެއް ކަމަށްވާ "ރެޑް ސްޓާ ނިއުސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަސް އަހަރު ދުވަހުގެ މަސައްކަތުން މި ފިލްމު އުފެއްދީ އެންމެ ދެ މީހުންނެވެ. އެއީ ޑައިރެކްޓަރު ޝިން ޔޫމެންގް އާއި އޭނާގެ މަންމަ ސުން ލިފާން އެވެ. 

ޗައިނާގެ މަގުބޫލު ފިލްމު ރިވިއު ޕްލެޓްފޯމެއް ކަމަށްވާ "ޑޫބަން" ގައި ގިނަ ބަޔަކު ދަނީ މި ފިލްމަށް މަލާމާތްކޮށް، ހައިރާންކަން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox