އޭސީސީގެ ބަޖެޓް ކުޑަވުމުގެ ޝަކުވާ: ބުނީ ކުރާ ހަރަދަށް ވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދޭ ކަމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ): ފިނޭންސުން މަޖިލީހަށް ބަޖެޓް ހުށަހެޅިއިރު ވަނީ އޭސީސީން ހުށަހެޅި ބަޖެޓުގެ ތެރެއިން 6.4 މިލިއަން ރުފިޔާ ކަނޑާލާފައި -- ފޮޓޯ: މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ): ފިނޭންސުން މަޖިލީހަށް ބަޖެޓް ހުށަހެޅިއިރު ވަނީ އޭސީސީން ހުށަހެޅި ބަޖެޓުގެ ތެރެއިން 6.4 މިލިއަން ރުފިޔާ ކަނޑާލާފައި -- ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބަޖެޓް ކުޑަވުމުގެ ޝަކުވާކޮށް، ކޮމިޝަނުން ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދޭ ކަމަށް ބުނެފި އެވެ. 

މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އޭސީސީން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނީ ބޭސްލައިން ބަޖެޓެއް ގޮތަށް އޭސީސީން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅީ 53.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ފިނޭންސުން މަޖިލީހަށް ބަޖެޓް ހުށަހެޅިއިރު ވަނީ އޭގެ ތެރެއިން 6.4 މިލިއަން ރުފިޔާ ކަނޑާލާފައި ކަމަށެވެ. 

ފިނޭންސުން މިހާރު ކަނޑައަޅާފައިވާ ބޭސްލައިން ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޔޫޓިލިޓީ އަދި ސާވިސް ހަރަދަށް ކަނޑާފައި މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭސިސީއަށް ލިބުނީ 1.2 މިލިއަން ރުފިޔާ ކަމަށް ކޮމިޝަނުން ބުންޏެވެ. 

1.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ރޭވިފައިވާގޮތް:

  • ތަހުގީގު ދަތުރުތަކަށް ދެ ލައްކަ ރުފިޔާ
  • ހޭލުންތެރިކަން އިތުރުކުރަން އެއްލައްކަ ރުފިޔާ
  • ޕްރިވެންޝަނަށް އެއްލައްކަ ރުފިޔާ
  • މުވައްޒަފުން ތަމްރީނު ކުރުމަށް 391،000ރ.
  • ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް 371،000ރ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 2022 އިން ފެށިގެން 2025 ގެ ނިޔަލަށް އޭސީސީން ކުރި ތަހުގީގުތަކަށް 70 މިލިއަން ރުފިޔާ ހަރަދުވިއިރު، އެ ތަހުގީގުތަކުގެ އަލީގައި 206 މިލިއަން ރުފިޔާ ދައުލަތަށް ހޯދުމަށް އެދުނު ކަމަށެވެ.

"2022 އިން 2025 އަށް ކޮމިޝަނުގެ ތަހުގީގުތަކަށް ހުރިހާ ގޮތަކަށް ހަރަދުވީ 70 މިލިއަން ރުފިޔާ. އެއީ މުސާރަ އާއި އިނާޔަތްތަކާއި ދަތުރުތަކާއި މިބާވަތުގެ ހުރިހާ ކަމެއް އަޅުގަނޑުމެން ހިސާބުކުރިއިރު އޮތްގޮތް. އެކަމަކު ހަމަ އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ދައުލަތަށް އަނބުރާ ހޯދަންޖެހޭނެ ކަމަށް އޭސީސީގެ ގާނޫނުން އޭސީސީގެ މައްޗަށް ލާޒިމުކުރައްވާފައި މިއޮތް އަދަދު 206 މިލިއަން ރުފިޔާ ހޯދަން އަޅުގަނޑުމެން ވާނީ އެދިފައި،" ޝާމިލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަކަށް އަދަދުތައް ރިކަވާކޮށްދޭކަށް ނެތް ކޯޓަށް ދެވޭކަށް، އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ބާރު ތެރޭގައި ހިމެނޭ ކަމެއް ނޫން އެއީ. އެހެންވީމަ އަޅުގަނޑުމެންނަށް ދައުލަތުން އިއްޒަތެރި މަޖިލީހުން ހަވާލުކޮށްފައި މިއޮތް މަސްއޫލިއްޔަތު ތެރޭގައި ތަހުގީގުކޮށް އަދަދުތައް ކަނޑައަޅައި، އަންގަންޖެހޭ ފަރާތްތަކަށް  އެންގުމުގެ މަސްއޫލިއްޔަތު މިއޮތީ. ބާރުވެސް އޮތީ އެގޮތަށް." 

ޝާމިލް ވިދާޅުވީ ޕޭ ފްރޭމްވޯކްގެ ތެރެއިން އޭސީސީގެ މުސާރަ ސްޓްރަކްޗާއަށް ހެޔޮ ބަދަލެއް ނައުމުގެ ސަބަބުން ކޮމިޝަނުގައި ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ ބައެއް މުވައްޒަފުން ވަކިވެފައިވާ ކަމަށާއި މުސާރައާ ގުޅިގެން މުވައްޒަފުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.

މިގޮތުން އޭސީސީގެ އިންވެސްޓިގޭޝަންގެ އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށް 2015 ވަނަ އަހަރު 19،000ރ. ލިބުނުއިރު، ޕޭ ފްރޭމްވޯކާއެކު އެ އަދަދަށް ވުރެ 400ރ. ވަރު މަދުން އެ ރޭންކުގެ އޮފިސަރުންނަށް މިހާރު މުސާރަ ލިބެމުންދާ ކަމަށެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންކަމަށް ފިޔަވަޅު އެޅުމާއި ގެއްލިދިޔަ ފައިސާ އަނބުރާ ހޯދުމުގެ ހުރިހާ ޒިންމާއެއް އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ފުލުހުންގެ ބޮލުގައި އެޅިފައިކަން ފާހަގަކޮށް ޝާމިލް ވިދާޅުވީ އޭސީސީގެ ތަހުގީގުގެ ފެންވަރު ދަށްވާ ކަމަށްވާނަމަ އޮޑިޓްތަކުގެ އަސްލު ނަތީޖާ ހާސިލު ނުވާނެ ކަމަށެވެ. 

މީގެއިތުރުން އޭސީސީއަށް ޖާގައިގެ ދަތިކަން ބޮޑުވެ، އަމިއްލަ ފަރުދެއްގެ ގެއިން ތަނެެއް ކުއްޔަށް ނަގައިގެން ތިބެންޖެހޭ ތިބުމާ ގުޅިގެން ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން ކޮމިޝަނަށް އައު އޮފީސް އިމާރާތެއްގެ މުހިންމުކަން ކޮމިޝަނުން ފާހަގަކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox