ރަސްމާލެ ޑީލު މަޑުޖައްސާލަން ގޮވާލައި ގައުމީ ހަރަކާތުން އަލައްބާރަށް ހުޅުވާލެވިފައިވާ ސިޓީއެއް

މުހައްމަދު އަލައްބާރު

މުހައްމަދު އަލައްބާރު

ރައްޔިތުންގެ ބޯހިޔާވަހިކަން ދޭން ކަމަށް ބުނެ ހިއްކަމުންދިޔަ ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުން މަޑުޖައްސާލަން "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ގޮވާލައި އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަށް ހުޅުވާލެވިފައިވާ ސިޓީއެއް މިއަދު ފޮނުވައިފި އެވެ. 

ގައުމީ ހަރަކާތުގެ ސިޓީގައި ގޮވާލާފައިވަނީ ރަސްމާލެ ޑީލާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން  އެއްބަސްވުންތައް ހާމަކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ. އެގޮތުން ޑީލާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ހައްލެއް ނުލިބެނީސް މި މަޝްރޫއު ކުރިއަށް ނުގެންގޮސް މަޑުޖައްސާލަންވެސް އެ ހަރަކާތުން ގޮވާލި އެވެ. 

މި މަޝްރޫއާ ދެކޮޅު ހަދައި ރާއްޖޭގެ އެންމެ  ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާކަން ފާހަގަކޮށް ގައުމީ ހަރަކާތުން ބުނީ އެ ގަރާތުގައި ބުނެފައިވަނީ ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ބިން ދިނުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށް ބުނެފައިވެ އެވެ. 

Advertisement

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ވަނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކޮށްފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވާކަން ގައުމީ ހަރަކާތުން ފާހަގަކުރެ އެވެ. 

އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ މައިގަނޑު ދެ މައްސަލައަކީ ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ކުރިމަތިވެދާނެ ނުރައްކަލާއި، ރާއްޖޭގައި އެންމެ މަދު ވަސީލަތް ކަމަށްވާ ބިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް މިލްކުކޮށްދިނުމެވެ. މި ސިޓީގައި ބުނެފައިވާ ގޮތުގައި ގައުމުގެ އަސާސީ ސިފަތަކާއި ބިމުގެ މިލްކުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ނިންމުންތައް ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވަނީ ރައްޔިތުންގެ ސީދާ ރުހުން ލިބިގެންނެވެ.

މި މަޝްރޫއާ ގުޅޭގޮތުން ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށާއި، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނާއި ނުފޫޒުގެ އަމަލުތައް ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުތައް މިނިވަން މުއައްސަސާއަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ފަހަކަށް އައިސް ބޭއްވުނު އިންތިހާބުތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވުމަކީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތް ކަމުގެ ހެއްކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އީގަލް ހިލްސް ކުންފުންޏަށާއި އެ ކުންފުނީގެ ހިއްސާދާރުންނަށް މި ސިޓީ މެދުވެރިކޮށް ދީފައިވާ އިންޒާރަކީ، ރައްޔިތުންގެ ރުހުން ނެތި މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ސިޔާސީ، ގާނޫނީ އަދި މާލީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެވެ. އަދި މި މަޝްރޫއަށް ފައިސާ ހަރަދުކުރާ މާލީ އިދާރާތަކުން ވެސް މިކަމުގައި ހުރި ނުރައްކާތައް ރަނގަޅަށް ދިރާސާކުރުމަށް ވަނީ ގޮވާލައިފަ އެވެ.

މި މަޝްރޫއާ ދެކޮޅަށް އާންމުންގެ މެދުގައި އޮތް ނުރުހުން ފާޅުކުރުމުގެ ގޮތުން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ މުޒާހަރާގައި އިދިކޮޅު ލީޑަރުން ބައިވެރިވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ. 

ރަސްމާލެ ވިއްކައިލުމާ ދެކޮޅަށް މާދަމާ ރޭ 20:30 ގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެފްޕީއޭ މުވައްޒަފުންނަށް ލޯންޗިން ޖަލްސާއަށް ދާން އަންގައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރުން ބާއްވާ "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ މުވައްޒަފުން ދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި.

އެއްވުމުގައި ބައިވެރިވާން އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އިންތިޒާމުކުރާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ބައިވެރިވޭ.

ކެފޭއެއް ތެރޭގައި ބަޔަކު ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރުދައްކައި، ތިން ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ވަނީ ޖަހާފައި. އެ މީހާގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކުރޭ.

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ނައުޝާދު މިފަހަރު ހައްޔަރުކުރީ، ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިމަހުގެ 4 ވަނަ ދުވަހު މިނިވަންވެފައި ވަނިކޮށެވެ.

އިހުތިރާމު ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، "އިހުތިރާމު" ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން އެ ކުންފުނީގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވެމްކޯގެ އިތުރުން އެހެން ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސަރުކާރުން ދަނީ އަންގަމުންނެވެ.

ގެރަންޓާއެއްގެ ގޮތުން ލޯނު ދައްކާނަން: ޝަމްހީދު

އެމް.އައި.ބީން ޑުޕްލެކްސް ކުންފުންޏަށް ދޫކުރި ލޯނަކަށް ގެރެންޓީ ދެއްވި މައްސަލައިގައި، ކޯޓު ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކަވާނެ ކަމަށް މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. ޝަމްހީދު ވިދާޅުވީ މިއީ އޭނާގެ ރައްޓެހިންތަކެއްގެ އަމިއްލަ ބޭނުމަށް ނެގި ލޯނެއް ނަމަވެސް، ގެރެންޓާއެއްގެ ހައިސިއްޔަތުން ގާނޫނީ ޒިންމާ އުފުއްދަވާނެ ކަމަށެވެ. ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ލޯނުގެ ބާކީ ފައިސާ އާއި ޖޫރިމަނާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.

Newsletter

Get the latest news delivered straight to your inbox