ސޯބެ ސަރުކާރަށް: ވަޒީފާއިން މީހުން ވަކިކުރުން ހުއްޓާލާ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިންގައި އުޅުނު މީހުންނާއި ވޯޓުދިން ކަމަށް ބެލެވޭ މީހުން ވަޒީފާއިން ވަކިކުރުން ހުއްޓާލުމަށް އޭނާ ސަރުކާރަށް ގޮވާލައިފި. ސޯބެ ވިދާޅުވީ އޭނާގެ ކެމްޕެއިންގައި އުޅުނު ބައެއް މީހުން ވަޒީފާއިން ވަކިކޮށް، އިތުރު މީހުންނަށް ބިރުދައްކަމުންދާ ކަމަށް.