ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓު ނުހޯދޭނެ: ނަޝީދު
ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓު ނުހޯދޭނެ ކަމަށާއި، މީގެ ކުރިން ބޭއްވި އިންތިޚާބުތަކުން އެކަން ސާބިތުވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ވޯޓު ހޯދުމަށް ދޭ ވަޒީފާތަކަކީ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވައި، ދެމެހެއްޓިނިވި ވަޒީފާ އުފެއްދޭނީ އިގްތިސޯދީ ހަރަކާތްތައް ކުރިއަރުވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.