ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

Oct 25, 2026, 11:09 AM
ވާހަކަ

ވާހަކަ

"ލީން އޭ.. ކޮންގްރެޓްސް އިނގޭ" ޝާވިންއަށް އައިލީން ފެނުމާއެކު ބުންޏެވެ.

"ކޮންގްރެޓްސްއެއް ނޫން! މިފަހަރު ވެޑިންގްއަށް އަންނަންވާނެ! އެއްވެސް ބަހަނާއެއް ނޯންނާނެ އެނގޭ! މަލްއާ ހަވާލު ޝޯން އަހަރެންގެ ވެޑިންގްއަށް ގެންނަން" މަލަކްގެ ކޮލުގައި ކޮށްޓައިލުމަށްފަހު އައިލީން ދުރަށް ހިނގައިގަތެވެ.

****************

Advertisement

"ކޮންމެހެން އަހަރެންގެ ވެޑިންގްއަށް އައި މީހެއް ނޫން މިއީ" ސޯފާގައި އޭނާއާ ޖެހިގެން އިން ޝާވިންއަށް ލޮލުގެ ހިމަކޮޅުން ބަލައިލަމުން އައިލީން ގުރޫޕު ޗެޓުގައި ލިޔެލި އެވެ. އެ މެސެޖު ކިޔައިލުމުން ޝާވިންގެ އަނެއް ފަރާތުގައި އިން އިވާންގެ ގާތަށްވެސް ހިނި އައެވެ. އޭނާ ކެއްސުމަކުން އެ ހިނިގަނޑު ހިފަހައްޓައިލަމުން ކުރިމަތީގައި ތިބި މާޒިޔާއާއި ޒުހޫރަށް ބަލައިލި އެވެ.

އެމީހުން ތިބީ މާޒިޔާމެންގެ ގޭގަ އެވެ. އެއްބަސްވެވިފައިވާ ގޮތުގެ މަތިން މަލަކްއާއި ޝާވިންގެ ލޯބީގެ ގުޅުމުގެ ވާހަކަ މަލަކްގެ ބައްޕަގާތު ދައްކާށެވެ. އެކަން ސިއްރު ގުޅުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ. އައިލީންއާއި އިވާން ދިޔައީ އެމީހުންގެ މެދުގައި ހަދާފައިވާ ގްރޫޕުގެ އެހީގައި ބަރާބަރަށް ރަށުގައި ތިބި އެކުވެރިންނަށް އެ ބައްދަލުވުމުގެ އަދާހަމަތައް ދެމުންނެވެ. 

"ރަށުގައޭ ދޯ ބުނީ މަސައްކަތް ކުރަނީ؟ ކޮން މަސައްކަތެއް ކުރަނީ؟" ޒުހޫރުގެ އަތުގައިހުރި ސައިތަށިން ކޯވަރެއް ދަމައިލި އެވެ. 

"ރަށު ކައުންސިލްގަ މަސައްކަތް ކުރަނީ" ޝާވިންގެ އަޑަށް ސާބިތުކަން ވެރިކޮށްލަމުން ޖަވާބު ދިނެވެ. 

"އަޅެ ޒުހޫރު ހަނދާނެއް ނުވޭތަ އަހަރެން ބުނީމެއްނު ޝާވިން އުޅެނީ ކައުންސިލް ރައީސަކަ-" މާޒިޔާއަށް ނީނދެވިގެން ވާހަކަދައްކަން ފެށި އެވެ. ޒުހޫރު އަތް ހިއްލާލައި އެވާހަކަ މެދުކަނޑައިލަމުން އަނެއްކާވެސް ޝާވިންއަށް ބަލައިލި އެވެ. 

"އެހެންވީމަ ރަށުގަ ދޯ އުޅެނީ؟ މަންމަމެންވެސް ރަށުގަ؟ މާލޭގެ ތިބޭތަ އާއިލާ ބަޔަކު؟" ޒުހޫރު އަހައިލި އެވެ. 

"ލައްބަ.. ދޮންބެއާއި ކޮއްކޮމެން އުޅެނީ މާލޭގަ.. ދޮންބެ އެނގިލައްވާނެ ކަންނޭނގެ. އެމް.ޕީ އަޝްވާން.. އަޅުގަނޑު އެކަނި މިވަގުތު މަންމަމެން ގޮވައިގެން ރަށުގަ މި އުޅެނީ" ޝާވިން ޖަވާބު ދިނެވެ.

"ހެހެ.. އެހެންވީމަ ސިޔާސީ އާއިލާއެއް ދޯ" ޒުހޫރު ހިނިގަނޑެއް ޖަހައިލި އެވެ. ޝާވިންއަށް ޖެހިލުންވެފައި އިނދެ ހިންދިރުވައިލެވުނީ އެ ދާއިރާއަކީ ޒުހޫރު ނުރުހޭ ދާއިރާއެއް ކަމުގައި ހީކުރެވުމުންނެވެ. 

"ދެން ޝާވިން ނުވިސްނަންތަ ދޮންބެމެން ގާތަށް.. ނޫނީ ވަކިންވިޔަސް މާލެއަށް ބަދަލުވާކަށް؟ މަލަކްއަކީ އަހަރެންގެވެސް ހުރި ހަމައެކަނި ދަރިފުޅު.. މަލަކް އަހަރުމެންނާ ވަކިން ގެންދަން-" 

"އަޅުގަނޑު ރަށުގަ އުޅުނަސް މިހާރެކޭ އެއްގޮތަށް މަލަކް ހުންނާނީ މިކޮޅުގަ" ޝާވިން ހާސްވެފައި އިންވަރުން ޒުހޫރުގެ ވާހަކަ ނިމެންދެންވެސް މަޑުކޮށް ނުލެވުނެވެ. 

"މަލަކް ހުންނާނީ މިކޮޅުގައޭ؟ ބަލަ ޝާވިން އަހަރެންގެ ދަރިފުޅާ ކައިވެނި ކުރާކަށް ނުވިސްނަންތަ؟" ޝާވިންގެ ޖަވާބުން ޒުހޫރު ހިތްހަމަނުޖެހުނެވެ. އިވާންއަށްވެސް ބޯ ހޫރައިލެވުނެވެ. ހަމަޖެހެން އިޝާރާތްކޮށް ޝާވިންގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލި އެވެ. ޝާވިން ހަށިފުރާ ނޭވާއެއްލަމުން ބުރަކަށި ސީދާކޮށްލި އެވެ. 

"ނޫން އެއްގޮ.. އެއްގޮތަކަށްވެސް އެހެނެއް ނޫން.. އަޅުގަނޑުވެސް ބޭނުމީ އަވަހަށް މަލަކްއާ ކައިވެނިކުރަން. އަޅުގަނޑުގެ ދައުރު ނިމޭނެ މިއަންނަ އަހަރު.. އެހާތަނުން މަންމަމެންނާ ވާހަކަ ދައްކާލާފަ މަލަކް ބޭނުމިއްޔާ މާލެއިން ވަޒީފާއެއް ހޯދައިގެން ކައިވެނި-"

"އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ތިއީ" ޒުހޫރުގެ ޖުމްލަ އިވި ޝާވިންއަށް ހާސްވެ އިސް ޖަހައިލެވުނެވެ. އެހެނަސް ޒުހޫރު ދެން ބުނި ޖުމްލައާއެކު އޭނާއަށް އިސްއުފުލައިލެވުނެވެ. "އެކަމަކު އަހަރެން ޝާވިންއާމެދު ހިތްހަމަނުޖެހެއެކޭ ނޫން"

"ތިބުނީ؟" ޝާވިންގެ ބުމަ ގޮށްޖެހުނެވެ. 

"މި ބުނީ އަހަރެން މާ ހިތްވަރުދޭ ކަމެއް ނޫނޭ ކައިވެނި ނުކޮށް ތިބުމަކީ.. ހްމްމް. ޝާވިން މަލަކްއާ ކައިވެނި ކުރުމުގައި އަހަރެންގެ އިއުތިރާޒެއް ނެތް.. ހަގީގަތުގަ ޝާވިން ކުރާ މަސައްކަތާއި އުޅޭ ތަނެއް އަހަރެންނަކަށް މުހިއްމެއް ނޫން.. މަލަކް ހިތްހަމަޖެހެންޏާ ރަށުގަ އުޅުނަސް.. މާލޭގަ އުޅުނަސް.. އަހަރެންގެ މައްސަލައެއް ނެތް.. އެކަމަކު އަހަރެން ބޭނުންއިރަކު އަހަރެންގެ ދަރިފުޅުގެ ގާތަށްގޮސް ބައްދަލު ކުރެވެން ޖެހޭނެ!" ޒުހޫރު ބުންޏެވެ. 

"އޮފް.. އޮފްކޯސް. ތިކަމުގަ ބައްޕަ ހާސްވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ" ޝާވިން އަވަސްވެފައިވާ ހިތަކާއެކު ގޮނޑީގެ ކުރިއަށް ޖެހިލަމުން ބޯ ޖަހައިލި އެވެ. އޭނާގެ އަނގައިން "ބައްޕަ"ގެ ލަފްޒު ނުކުތް ގޮތުން އިވާންއާއި އައިލީންއަށް ހިނިގަނޑު ހިފަހައްޓައިލެވުނެވެ. މާޒިޔާއަށްވެސް އިނދެވުނީ ފާޑަކަށް ހިނި އައިސްފަ އެވެ. 

ޒުހޫރު އިސްޖަހައިލަމުން ކަރުކެހިލި ގޮތުން އޭނާއަށްވެސް އެކަން މަޖާވިކަން ކަށަވަރުވެ އެވެ. އެހެނަސް އެ އަސަރު ފޮރުވައިލުމަށްޓަކައި ޒުހޫރު އިންތަނުން ތެދުވެ ޝާވިންއަށް ސަލާމުގެ އަތެއް ދިއްކޮށްލި އެވެ. "މަލަކްއަށް ކުޑަވެސް ހިތާމައެއް ދިނުމުގެ ކުރިން ހަނދާން ބަހައްޓާތި އެއީ އަހަރެންގެ ހަމައެކަނި ދަރިކަން!" އޭނާގެ އަޑުގައިވަނީ ހަނދާން ކޮށްދިނުމަކަށްވުރެ ބޮޑަށް އިންޒާރެކެވެ. 

ޝާވިން އަވަސްއަވަހަށް ތެދުވެ ޒުހޫރާ ސަލާން ކޮށްލި އެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއްވެސް ލެވުނީ ޒުހޫރު އެތަނުން ނުކުމެގެން ދިޔުމުންނެވެ. 

"ހަހަހަ. މުޅީން ބިރު ގަންނަވާލައިފި ދޯ؟ ފެންތަށްޓެއް ގެނެސްދެންތަ؟" މާޒިޔާ ޝާވިންގެ ކޮނޑުގައި ފިރުމައިލި އެވެ. ޝާވިންއަށް ރަނގަޅަކަށް ވާހަކަވެސް ނުދެއްކުނެވެ. މާޒިޔާއަށް އެކަން ވިސްނި އެތަނުން ހިނގައިގަތުމުން އިވާންއާއި އައިލީން ޝާވިންގާތަށް ޖެހިލި އެވެ. 

"އޭ.. ދެން ހަމަޖެހިބަލަ! އެކަންތައް ނިމުނީނު" އިވާން ބުނެލި އެވެ. 

"އެ ތެދެއް ޝޯން.. ދެން ހަމަޖެހިލާ. މަޑުކުރޭ އެބަ އަންނަން މަލްމެން ގޮވައިގެން" އައިލީން ގޮސް ހުއްޓިލީ މަލަކްމެން ތިބި ކޮޓަރީގެ ބޭރުގަ އެވެ. ލަސްލަހުން ދޮރު ހުޅުވައިލި އިރު މަލަކް ނުތަނަވަސްކަމާއެކު ކޮޓަރީގެ ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ އެވެ. މައިރާއާއި ނަދާލް ތިބީ ނިކަން ހަމަޖެހިލައިފަ އެވެ. އައިލީން ފެނި ތިން މީހުން އެއްފަހަރާ އޭނާއާ ދިމާލަށް ހިނގައިގަތް ނަމަވެސް މަލަކް އޭނާ ހުރަސްކޮށް ނުކުތީ ކޮޓަރިން ބޭރަށެވެ. ދުވެލާފައިގޮސް ޝާވިންގާތު ހުއްޓިލި އެވެ. ނަދާލް އަައިލީންގެ އަތުގައި ހިފާލައިގެންހުރެ މަލަކްގެ ފަހަތުން ހިނގައިގަތްއިރު މައިރާ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ އެވެ. އޭނާގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. މަލަކްއާއި ޝާވިންގެ އުފަލުގައި ބައިވެރިވާން ބޭނުންވި ނަމަވެސް އިވާން އެތަނުގައި ހުރުމުން ދުރުގައި މަޑުކޮށްލީ އެވެ.

"ބައްޕަ ކީކޭ ބުނީ؟ ވަރަށް ސުވާލުކުރިތަ؟ އަޅެ ދާހިއްލާފައެއްނު މިހިރީ.. ކީކޭ ބައްޕަ ބުނީ؟" ޝާވިންގެ އަތުގައި ހިފައިލުމާއެކު އެ އަތްތިލައިގެ ތެތްކަން އިހުސާސްވެ މަލަކް ކަންބޮޑުވި އެވެ. 

"ސާބަހޭ ދަރިފުޅާ ހަމަޖެހިބަލަ" މާޒިޔާ ހިފައިގެން އައި ފެންތަށި ޝާވިންއަށް ދިއްކޮށްލަމުން ބުންޏެވެ. މަލަކް އޭނާގެ ދެލޮލަށް ބަލައިލީ ޖަވާބަކަށް އިންތިޒާރުކުރާ ފަދައިންނެވެ. "އަވަހަށް ދެކުދިންވެގެން ތާރީހެއް ނިންމާ" މާޒިޔާ ހިނިތުންވެލި އެވެ. 

މަލަކްއަށް ލިބުނު އުފަލުން ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ފުންމައިގެންގޮސް ޝާވިންގެ ގައިގައި ބައްދައިލި އެވެ. ޝާވިންގެ އަތުގައިހުރެ ފެންތަށިވެސް ބަންޑުން ނުވީ ހަމަ ކިރިޔާ އެވެ. ނަދާލް ހުށިޔާރުކަމާއެކު އެ ފެންތަށި އަތުލަމުން މާޒިޔާގެ އަތަށް ލައި ދިނުމުން މާޒިޔާ ހެވިފައިހުރެ ބޯ ހޫރައިލަމުން ދުރަށް ހިނގައިގަތެވެ. ބަނަ ދުވަސްތަކަށްފަހު ލޯބިވާ ދަރިފުޅުގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ފެނުމުން އޭނާގެ ލޮލުންވެސް އުފަލުގެ ކަރުނަ ނީރައިލި އެވެ. މައިރާއަށް އެކަން ރޭކައިލީ ކަހަލަ އެވެ. އޭނާ ގޮސް މަޑުމަޑުން ސިންކު ކައިރީގައިހުރި މާޒިޔާގެ ކޮނޑުގައި ދެއަތް ވަށާލައި ބައްދައިލި އެވެ. 

"މަލް ވަރަށް ހިތްވަރުކޮށްފި ކުޑާއްތާ! ދެން އިރާދަކުރެއްވިއްޔާ އެފަދަ އަނދިރި ދުވަސްތަކެއް ނާންނާނެ" މާޒިޔާގެ ދެލޮލުގައިވާ ކަރުނަތައް ފޮހެލަމުން މައިރާ ހިނިތުންވެލި އެވެ. 

"މައި-" މާޒިޔާ ދައްކަން އުޅުނު ވާހަކަ ހުއްޓައިލީ އެވަގުތު އެތަނަށް އައި އިވާން ފެނުމުންނެވެ. އޭނާ މައިރާގެ އަތުން ދޫކޮށްލަމުން އިވާންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. 

"ދައްތާ.. މަރުހަބާ ވަރަށް ބޮޑަށް" އިވާންވެސް ކަންތައް ކުރީ މައިރާއެކޭ އެއްފަދައިންނެވެ. މާޒިޔާގެ ކޮނޑުގައި އެއް އަތް ވަށާލައި ގާތްކޮށްލި އެވެ.

މައިރާ އިތުރަށް އެތަނުގައި މަޑުކުރަން ނަހަދައި ޝާވިންމެން ތިބި ދިމާލަށް ހިނގައިގަތުމުން އިވާންގެ ލޯ އެދިމާލަށް ދަތުރުކުރި އެވެ. ނަމަވެސް މާޒިޔާ ވާހަކަދައްކަން ފެށުމާއެކު އޭނާ އަނެއްކާވެސް ހިނިތުންވެލަމުން އެ ވާހަކައަށް ސަމާލުކަން ދިނެވެ. 

"ދައްތައަކަށް.. މިއަދު މަލަކްގެ މޫނުމަތިން ފެންނަން އެހެރަ ހިނިތުންވުން.. ދައްތައަކަށް ނޭނގެ އިވާންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް" މާޒިޔާ ދެއަތުން އިވާންގެ އަތުގައި ހިފާލައިގެންހުރެ ވާހަކަދެއްކި އެވެ.

"ހެހެ. އަޅުގަނޑެއް ނޫނެއްނު.. ޝޯންއެއް ނޫންތޯ؟" އިވާން ލުއި ހުނުމަކާއެކު ބުނެލި އެވެ. 

"ނޫނޭ.. އިވާންވެސް.. އިވާންގެ ދިރިއުޅުމަށްވެސް އައި އެންމެ ހިތާމަވެރި ދުވަސްތައް.. އިވާންއަކަށްވެސް ފަސޭހައެއް ނުވާނެ.. އަމިއްލަ ދެއަތުން ކޮއްކޮ ވަޅުލާފަ އައިސް އެހެން މީހަކަށް ހިތްވަރުދޭކަށް. އެކަމަކު އިވާން މަލަކްއަށްޓަކައި އެކަން ކޮށްދިން. ތިއީ.. ތިއީ ހަމަ ހަގީގަތުގަވެސް އަހަރުމެންގެ ހަޔާތުގަ ލެއްވި ބަރަކާތެއް" މާޒިޔާ ކަރުނަވީ ދެލޮލާއެކު ބުންޏެވެ. އެ ވާހަކަތަކުން އިވާންއަށްވެސް އަސަރު ކުރަންފެށި އެވެ. އިދާންގެ ހަނދާން އާވެ އަވަސްއަވަހަށް އެސްފިޔަ ޖަހައިލެވުނެވެ.

"ދައްތަ ދައްކާ ވާހަކަ. އަޅުގަނޑަށް.. މަލަކްވެސް ވީ އަޅުގަނޑަށް އެކަމުން އަރައިގަތުމަށް ލިބުނު ހިތްވަރަކަށް.. ދައްތަ އެއްވެސް ކަމަކަށް ޝުކުރު އަދާކުރާކަށް ނުޖެހޭނެ" އިވާން ބުންޏެވެ. 

"ނޫނޭ.. ޖެހޭނެ.. ދައްތަ.. ދައްތަ އިވާންގާތުން މަޢާފަށްވެސް އެދެން ޖެހޭނެ. ދައްތައަށް އެދުވަހު އިވާންއާ ވާހަކަދެއްކުނީ އެންމެ ރަނގަޅަކަށް ނޫން. ދައްތައަށް އެނގޭ ޝޯންއާ އިވާންއާ ދެކުދިން ތިއީ ގޯސް ކުދިބައެއް ނޫންކަން. މަލްއަށް ދެރައެއް ނުދޭނެކަން. އެކަމަކު އެދުވަހު އެގޮތަށް ތުހުމަތުތައް ކުރީ މައިރާ-"

"ދައްތާ.. ދެން އެވާހަކަ ނުދައްކަމާ. އަޅުގަނޑަށްވެސް ފަހުން ވިސްނުނު ދައްތަ އެވާހަކަތައް އަޅުގަނޑުމެންގެ އަނގައިން ހޯދަންކަން އެހެން ކަންކުރީ.. މައްސަލައަކީ" އިވާން ވާހަކައިގެ މެދުތެރެއިން ދުރުގައިހުރި މައިރާއަށް ބަލައިލި އެވެ. "މައިރާ މާ އަވަހަށް ދައްތަމެން ދެއްކި އެކްޓަށް ހެއްލުނީމަ. ދައްތަ ހަމަ އަސްލުވެސް ވަރަށް މޮޅު މީހުންނާ ސުވާލުކުރަން. އަޅުގަނޑަށް ކުރިން ދައްތައާ ދިމާވިނަމަ ގައިމުވެސް އޭރު ބެލި ހުރިހާ މައްސަލައެއްގެ ތަހުގީގީ ޓީމުގަ ދައްތަ ހިމެނީސް. ގެރެންޓީ!"

އިވާން ސަމާސާ ރާގެއްގައި ބުނެލި ޖުމްލައިން މާޒިޔާއަށް ހެވުނު ނަމަވެސް އެ ސަމާސާގައިވި ހިތިކަން އޭނާއަށް ނަގައިގަނެވުނެވެ. އިވާން ކޮށް އުޅުނު މަސައްކަތަށް ހިތްޖެހިފައިވި މިންވަރާއި، އެ މަސައްކަތަށް ދިން އަހައްމިއްޔަތުކަން އިހުސާސް ކުރެވުނެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަށް އިވާންއަށް ވަޒީފާއެއް ހޯދައިދީ އިވާންއަށް ލިބުނު ގެއްލުން ފޫބައްދައި ދޭށެވެ. އިވާންއާ އެވާހަކަ ދައްކަން އުޅެފައިވެސް އޭނާ އެކަން ފަސްކޮށްލީ ދުވަހުގެ ގޮތުންނެވެ. އެއީ ޒަމާން ތަކަކަށްފަހު އެ އާއިލާއަށް އައި އުފާވެރި ދުވަހެކެވެ.  ހެނދުނު މަލަކްގެ ކައިވެނި ހަމަޖެހިގެން ދިޔައިރު އެރެއަކީ ނަދާލްގެ ކައިވެނި ކުރެވޭ ރެއެވެ. ވުމާއެކު އެރެއާ ހަމައަށް އޭނާ ކުރަންހުރި މަސައްކަތްތައްވެސް އަދި ބައިވަރެވެ.

****************

ސޫޓުގެ އަތުކުރި ރީތިކޮށްލައި ކަފްލިންކްތައް ހަރުކޮށްލުމަށްފަހު ނަދާލް އަލަމާރިން ނެގި ރިހި ކުލައިގެ ގަޑި އަތުކުރިއަށް ހެޔޮވަރުކޮށްލި އެވެ. އަދި ފަހުފަހަރަށް ލޯގަނޑު ކުރިމަތީގައި ހުއްޓި، ކަނޑު ނޫކުލައިގެ ސޫޓުގެ ތެރެއިން ލައިގެންހުރި ހުދު ގަމީހުގެ ގިރުއާން ރީތިކޮށްލުމަށްފަހު ތުނބުޅިއާއި އިސްތަށިގަނޑުގައި އަތްފުނާ އަޅައިލި އެވެ. އެ ހުރިހާ މަންޒަރެއް ބަލަން އިން ޒެފަން ދިޔައީ ދެފަރާތައް ބޯ ހޫރަމުންނެވެ. 

"ކިހިނެއްވީ؟ ކަލޭ މީހަކާ އިންނަ ދުވަހު މަވެސް އިންނާނަމޭ ތިހެން ބޯ ހޫރަން" ނަދާލް ލޯގަނޑުން ޒެފަންއަށް ބަލައިލަމުން ބުންޏެވެ. 

"ބަލަ މަ ފުރަތަމަ ކަމަކަށް އެއްޗެކޭ ކިޔައިފިތަ ކަލޭ މިތާހުރެ މަ މީހަކާ ދެވަން. މަށެއް ނޫޅެން ބޮލުރިހުން މަދުވެގެނެއް. ދެން ތި އަދިވެސް ނުނިމެނީތަ؟ ކަލޭ ނުނިމޭނެ ކަންނޭނގެ އެ މަންޖެ ނިމޭއިރުވެސް" ޒެފަން ގަޑި ބަލައިލަމުން އެނދުން ތެދުވި އެވެ. އެ ވަގުތުވީ ދޮރު ހުޅުވައިލުމަށްފަހު މައިރާވެސް ކޮޓަރިއަށް ބޯ ދިއްކޮށްލި ވަގުތަށެވެ.

"ކޮބާ ނުނިމޭތަ؟" މައިރާ އަހައިލި އެވެ.

"އަހަރެންވެސް ހަމަ ތިހެން މި އަހަނީ. އޭ. އަހަރެން މި ދަނީ މައްޗަށް. ސްމޯކް ބްރޭކް. މައިއާ ހަވާލު މީނަ" ޒެފަން ފުރުސަތުގެ ބޭނުން ހިފައި އެތަނުން ދިޔަ އެވެ. 

"ހޭއި ނިމުނީ އިނގޭ.. ކިހިނެއް ކިހިނެއް؟" ނަދާލް ދެއަތް ފުޅާކޮށްލަމުން މައިރާގާތު އަހައިލި އެވެ. 

"ޔޫ ލުކް ގްރޭޓް!" މައިރާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

"މައި ރެޑީ ނުވަންތަ؟" ނަދާލް އަހައިލި އެވެ.

"ލީން މޭކަޕް ކުރާތީ ކުޑާއްތަމެން ބައިގަ އުޅެފަ މި އައީ. މިހާރު މި ދަނީ ރެޑީވާން. ނެޑްގެ އަޕްޑޭޓެއް ބަލާލަންވެގެން މި އައީވެސް. ލަސްނުކޮށް ދާތި މައްޗަށް" މައިރާ ކޮޓަރިން ނުކުންނަށް ދިމާކޮށްލި އެވެ.

"މައި މަޑުކޮށްބަ.." ނަދާލް މައިރާ ހުއްޓުވި އެވެ. "ނެތްތަ ފޮޓޮއެއް؟" އޭނާ ހެވިފައިހުރެ އަހައިލި އެވެ. 

"ކީއްކުރާ ފޮޓޮއެއް؟ ފަސްވަރަކަށް މިނެޓުތެރޭ ދެން ފެންނާނެއެއްނު. ކެތްތެރިވޭ އިންސާނާ! އެހެންނޫނަސް އަހަރެން ނޫޅެން ލީންގެ ވެޑިންގް ލުކް ސްޕޮއިލް ކޮށްލާކަށް" މައިރާ ބުންޏެވެ. 

"މެހް.. ބަމަރ.. ދެން މިހާރު އެއީ އަހަރެންގެ އަންހެނުން ދޯ؟" ނަދާލް ބުނެލި އެވެ. ރޭގަނޑަށް ޕާޓީ ހަމަޖެހިފައިވިޔަސް އައިލީންގެ ބައްޕަ އަވަހަށް ފުރަން ޖެހުމުންނާއެކު އެދުވަހުގެ ހަވީރު ވަނީ އެމީހުންގެ ކައިވެނި ކުރެވިފަ އެވެ. "އެޔެއްނޫނޭ.. އަހަރެން އެބަ އޮތް ވާހަކައެއް ދައްކަންވެފަ"

"މިގަޑީގަތަ؟ ވަރަށް ލަސްވޭ އެބަ ރެޑީވާން ދާން. ޕާޓީ ފަށާނެ އިން ނައިން… އެއިޓް މިނަޓްސް" މައިރާ ފޯނުން ގަޑި ބަލައިލަމުން ބުންޏެވެ.

"މިހާރުވެސް މިވާހަކަ މައިއާ ދައްކަން ލަސްވެއްޖެ. ބޭނުންވަނީ ވެޑިންގްގެ ކުރިން މިކަންތައްވެސް ނިންމާލަން. ޕްލީޒް" ނަދާލް އެދުނެވެ. 

"އާގްހް އޯކޭ ފައިން.. އެންމެ ދެ މިނެޓު ލިބޭނީ!" މައިރާ ބުންޏެވެ. 

"މައި.. އަހަރެން އެބަ ވިސްނަން އެ ޝެއަރޒްތައް އެކްސެޕްޓްކުރަން" ނަދާލް ފަރުވާތެރިކަމާއެކު މައިރާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލި އެވެ. 

"ދެޓްސް.. ދެޓްސް ގުޑް!" މައިރާ ބޯ ޖަހައިލި އެވެ. "ކޮންމެ ސަބަބަކާހުރެ ކަމަށްވިޔަސް ކާފަ ނެޑްއަށް ހަދިޔާ ކުރި އެއްޗެއް އެއީ.. ނެޑް އެ ހަދިޔާ ގަބޫލު ކުރުމަކުން އެއްވެސް މައްސަލައެއް ނެތް"

"މައި.. އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް" ނަދާލް ބުންޏެވެ.

"އޮފްކޯސް. އެއްކަލަ ޝަރުތުކުރުމުގެ ބޮޑުމީހާ ދޯ މިއީ. ހޫން ކިޔާބަލަ" މައިރާ ކަޅި އަނބުރައިލި އެވެ.

"އެއީ ކުޑާއްތަގެ ވާހަކަ ގަބޫލު ނުކޮށް މައި ސީ.އީ.އޯގެ މަގާމުގައި ދެމިހުރުމާއި ބޯޑަށް ނަގާފަހުރި މައިޝާންގެ ހުރިހާ ހިއްސާއެއް މައި ރަމްޒީ އަގެއްގަ ގަތުން" ނަދާލް ބުންޏެވެ. 

"ވަޓް؟ ނެޑް.. މައިޝާންގެ ޝެއަރޒް ހޯދަން ނެޑް ފައިޓް ނުކުރަންޏާ އައި ވިލް ބީ ހެޕީ ޓު ބައި އިޓް ބަޓް އައި.. އައި ހޭވް ޓު ރިޒައިން ނެޑް. އަހަރެމެން ކޮމްޕެނީ ހަތިޔާރަކަށް ހަދައިގެން ކުރީކީ ރަނގަޅު ކަމެއް ނޫން. އެހެންނޫނަސް ކުޑާއްތަ ހިތްހަމަނުޖެހެންޏާ ބައްޕަވެސް ބޮޑުބެވެސް-"

"އެމީހުންނަށް ކީއް ކުރެވޭނީ؟" ނަދާލް މައިރާގެ ވާހަކަ މެދުކަނޑައިލަމުން މަޑުމަޑުން ބުންޏެވެ. "މި ބުނާ ގޮތަށް ކަންތައް ކުރިއްޔާ ޔޫ އެންޑް އައި ވިލް ބޯތް ހޯލްޑް ފިފްޓީ-ފައިވް ޕަސެންޓް އޮފް ދަ ވޯޓިންގް ރައިޓްސް އެންޑް ނޯވަން.. ނޯވަން އެލްސް ކޭން މޭކް ޔޫ ސްޓެޕް އަވޭ! އެބަ އެނގޭތަ މި ކިޔާ އެއްޗެއް. ކުރެވުނު ކަމެއް ކުރެވުނީ! އެކަމާ ދެން ކުރެވޭނެ އިތުރު ކަމެއް އެބަ އޮތްތަ؟ އައި ނޯ ހައު މަޗް ޔޫ ލަވް ދިސް! މައި މި ކުންފުންޏާއި މުވައްޒަފުންދެކެ ވާ ލޯބި އަހަރެމެން އެންމެނަށްވެސް އެނގޭ! މި ހުރިހާ ދުވަހު އަހަރެންނަށް ހީކުރެވުނީ މިއީ އަހަރެންގެ ލެގަސީއޭ ބަޓް އިޓްސް ޔުއަރޒް! މައިއަށްވުރެ ފުރިހަމައަށް އެކަކަށްވެސް މި ޒިންމާ އަދައެއް ނުކުރެވޭނެ! އަހަރެންނަށްވެސް ނުކުރެވޭނެ! ކުޑާއްތަ މިވަގުތު އަހަރުމެންނާ ދޭތެރޭގަ ޑިސަޕޮއިންޓްވެފަ ހުރީމަ މައިގާތު ރިޒައިންވާން ބުންޏަސް ކުޑާއްތައަށްވެސް އަދި މިކަން ވިސްނޭނެ. އަންޓިލް ދެން.. ވީ ނީޑް ދިސް ސެކިއުރިޓީ. ވަޓް ޑޫ ޔޫ ސޭ؟" ނަދާލް ބުމަ އަރުވައިލި އެވެ. 

"ޔެސް.. ޔެސް ތެންކްޔޫ ނެޑް.. ދިސް މީންސް އަ ލޮޓް ޓު މީ. ނެޑް.. ޔޫ އަރ ސޯ ބެކް!" މައިރާގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިކޮށްލަމުން ނަދާލްގެ ގައިގައި ބައްދައިލި އެވެ.

****************

ކިތަންމެ ކުޑަކޮށް ބޭއްވޭ ހަފްލާއެއް ނަމަވެސް އެ ހަފްލާއަށްޓަކައި ގޭގެ ޓެރެސްވަނީ ނިކަން ހިތްގައިމު ގޮތަކަށް ޒީނަތްތެރި ކުރެވިފަ އެވެ. ރަން ބޮކިފަތިތަކުގެ އަލިން ދިއްލާލެވިފައިވާ ޓެރަހުގެ ހަޓުގައި ބުރުހަމަ ހަނދެއް ސިފަވާ ރަންކުލައިގެ "ބެކްޑްރޮޕެއް" ބަހައްޓާލެވިފައިވާއިރު، އެތަނުގައިހުރި ގަސްތައްވެސް ވަށައިގެން އަތުރައި ރީތި ރަން އަލިން ދިއްލާލެވިފައިވެއެވެ. އެކި ހިސާބުތަކުގައި ބެހެއްޓިގައިވާ މެހެމާނުންނަށް ހާއްސަ މޭޒުތައްވަނީ ކަނޑު ނޫކުލައިގެ ފޮއްޗާއި ރަން އުއްބަތިތަކުން ޒީނަތްތެރިކޮށްފަ އެވެ.

ނަދާލް ލިފްޓުގެ ބޭރުގައި މަޑުކޮށްލައިގެން ހުރީ އައިލީންގެ އިންތިޒާރުގަ އެވެ. އަތުގައި އޮތް ފޯނުން ހުއްޓުމެއްނެތި މަލަކްއަށް މެސެޖު ކުރަމުންދިޔަ އެވެ. އައިލީން ކޮބާތޯ ބެލުމަށެވެ. އަދި ކިހާ އިރެއް ވާނެތޯ ބެލުމަށެވެ. ޖަވާބެއް ނައި ނަމަވެސް އެ މެސެޖުތަކަކަށް ހުއްޓުމެއް ނާދެ އެވެ. އެހެން ހުއްޓައި ކުއްލިއަކަށް ލިފްޓު ހުޅުވިގެންދިޔަ އަޑާއެކު އޭނާގެ ނޭފަތުގައި ހަރުލައިގެން ދިޔައީ "ކަޔާލީ ލަވްފެސްޓް" ސެންޓުގެ މީރު ވަހެވެ. 

ނަދާލްގެ ދެލޯ އަތުގައި އޮތް ފޯނާ ވަކިކޮށްލެވުނެވެ. އިސް ތިރިކޮށްލައިގެން ހުރެވުމުންނާއެކު އޭނާއަށް ފުރަތަމަ ފެނުނީ އައިލީން ލައިގެންހުރި ހެދުމުގެ ފަސްބައެވެ. އޭނާގެ ނަޒަރު މަޑުމަޑުން އެ ފަސްބައިން މައްޗަށް ދަތުރުކުރި އެވެ. ކަނޑުނޫކުލައިގެ ސެޓިން "ކޯރސެޓް" އެއްގައި އެހީގައި އައިލީންގެ މަތީހައްޓަށް ރީތިކޮށް ހިއްޕުވާލައިފައިހުރި އެ ހެދުމުގެ އަތާއި ފަސްބަޔަށް ހުރީ ދޫކޮށްލައިފަ އެވެ. އެ ބައިތަށް ފަރުމާކުރެވިފައިވަނީ ރީތި ވިދުމެއްހުރި ކަނޑު ނޫކުލައިގެ ލޭހަކުންނެވެ. 

އައިލީންގެ ހަނދެއްފަދަ މޫނާ ނަޒަރު ސީދާވެގެން ދިޔަހިނދު ނަދާލްގެ ހިތުގެ ތެޅުން މަޑުޖެހިލި އެވެ. އޭނާއަށް ހީވީ ވަގުތާއި ޒަމާންވެސް އެ ހިތުގެ ވިންދާއި ބައިވެރިވެ މަޑު ޖެހިލި ހެނެވެ. އައިލީންގެ ކޮންމެ ހަރަކާތެއް އޭނާއަށް ފެންނަމުންދިޔައީ ލަސްކޮށްލެވިފައިވާ މަންޒަރެއް ފަދައިންނެވެ. ބޭއިޙްތިޔާރުގައި ކަނާތް މެއާ ހަމައަށް އުފުލައިލެވުނީ އެ ހިތުން އައިލީންއަށްޓަކައި ޖަހަމުންދިޔަ ކޮންމެ ވިންދެއްގެ އިހުސާސް ކޮށްލަމުންނެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންވީ އައިލީންގެ އަތުގައި ހިފާލައިގެން އައި ހަމްނާ ކަރުކެހިލި އަޑު އިވުމުންނެވެ. 

"ޝީޒް އޯލް ޔުއަރޒް" ހަމްނާ އައިލީންގެ އަތް ނަދާލްގެ އަތުތެރެއަށް ލައިދެމުން ބުންޏެވެ. އަދި އެތަނުގައިހުރި މަލަކް ގޮވައިގެން ޓެރެހަށް އެރުމަށް ހިނގައިގަތެވެ. 

"ޖަސްޓް.. ވާއު!" ހެދުމާ ގުޅޭހެން އެރެއަށް ހާއްސަކޮށް ކޮށްފައިވާ މޭކަޕާއެކު އިތުރުވެފައިވާ އައިލީންގެ ރީތިކަމަށް ކުރާނެ ތައުރީފެއް ނަދާލްގެ ދުލަކަށް ނައެވެ. 

"ތެންކްޔޫ" ނަދާލްގެ ތޫނު ނަޒަރުގެ ސަބަބުން ލަދުގަނެފައިހުރެ އައިލީން އިސްޖަހައިލި އެވެ.

"ނާވަސް؟" އައިލީންގެ ގަނޑުފެން ކޮޅެއްހާ ފިނި އަތުގައި ހިފައިލަމުން ނަދާލް އަހައިލި އެވެ. "ވައި؟ ދަ ވެޑިންގް އިޒް ޖަސްޓް އަ ފޯރމަލިޓީ. ޔޫ އަރ އޮލްރެޑީ މައި ވައިފް" ނަދާލް ހަނދާން ކޮށްދިނެވެ. 

"ނަދާލް ތިހެން ބަލާތީއެއްނު" އައިލީން އިސް އުފުލާލުމަކާނުލައި ޖަވާބު ދިނެވެ.

"ދިސް އިޒް ގޮނަ ބީ ދަ ލޯންގެސްޓް ޓޫ އަވަރޒް އޮފް މައި ލައިފް" ނަދާލް އައިލީންގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލި ޖުމްލައާއެކު އައިލީންގެ ދެކޮލުގައިވާ މަޑު ފިޔާތޮށި މޭކަޕްގެ މައްޗަށް ރަތްކުލަ ފާއްދައިލާކަށް ސިކުންތެއްވެސް ނުނެގި އެވެ. 

"ހެހެ. ދަ މޭކަޕް އާރޓިސްޓް ޝުޑް ހޭވް ސްކިޕްޑް ދަ ބްލަޝް.. ނައު ޔޫ ލުކް ލައިކް އަ ޗެރީ ޓޮމާޓޯ" ނަދާލް ބުންޏެވެ. 

"ވަޓް ރިއަލީ؟ ދެން އަޅެ" އައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނަސީބަކުން ނަދާލްގެ އެ ޖުމްލަ ވީ އައިލީން ހަމައަކަށް އެޅިލަން ލިބުނު ފުރުސަތަކަށެވެ. ނަދާލް އެ ފުރުސަތުގެ ބޭނުން ހިފައި އައިލީން ގޮވައިގެން ޓެރަހަށް އެރުމަށް ހިނގައިގަތެވެ. 

"އަދި ހަނދާން ނެތިފައޭ މިހިރީ. ދެންމެ މިތާހުރީ ކޮންކުއްޖެއްތަ؟ ހަމްނާ؟ އަހަރެން އެބަޖެހޭ ފަހުންވިޔަސް ހަމްނާއަށް ތެންކްޔޫ ގިފްޓެއް ފޮނުވަން.. ލޫނާ ހަނދާން ކޮށްދެއްޗޭ؟" ނަދާލް ބުންޏެވެ.

"ތެންކްޔޫ ގިފްޓް؟" އައިލީން އަހައިލި އެވެ. 

"ހްމްމް. ޝީ ހޭޒް ބީން އަ ރިއަލް ވަން. އެކުއްޖާއާ ނުޖެހުންނަމަ ލޫނާ އަހަރެންނާއެކު އޭރު ޑޭޓަކަށްވެސް ނުދިޔައީހެއްނު" ނަދާލް ބުނެލި އެވެ. 

އެ ވާހަކަތަކުގައިހުރެ ޓެރަހުގެ އޮޅިގަނޑު ހުރަސްކޮށް ބެކްޑްރޮޕް ކައިރީގައި ހުއްޓިލެވުނު އިރެއްވެސް އައިލީންއަކަށް ނޭނގެ އެވެ. އެއީ ނަދާލް އައިލީންގެ ހާސްކަން ފިލުވައިލުމަށްޓަކައި ބޭނުންކުރި އުކުޅެކެވެ. އޭނާ އެ މައުލޫ ހުއްޓައިލީ ހަފްލާއަށް އައިސްއުޅޭ މެހެމާނުން އެމީހުންގެ ގާތަށް އައިސް މަރުހަބާ ކިޔަން ފެށުމުންނެވެ. އެއިން ކޮންމެ މީހެއްގެ ދުލުންވެސް އެމީހުންނަށްޓަކައި އޮހެމުންދިޔައީ ތައުރީފެވެ. 

"މާޝާﷲ. ވަރަށް ފުރިހަމަ!" ޒީނިޔާވެސް މިރޭ އައިލީންގެ ގާތަށްގޮސް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. އޭގެ ހިތްހެޔޮކަމާމެދު ސުވާލު އުފައްދާކަށް އައިލީން ނޫޅުނެވެ. އައިލީންގެ ދެލޯ އުފަލުން ފެންކަޅިވި އެވެ. ނަމަވެސް ދެންތިބި މެހެމާނުންނާ ޖެހެންވާއިރަށް އައިލީންގެ މޫނުމަތިން އެ އަސަރުތައް ފޮރުވައިލި އެވެ. ހިނިތުންވެލައި އެ މެހެމާނުންނަށް ޝުކުރު އަދާކުރަމުންދިޔަ އެވެ. އެއިން މީހަކު ދުރަށް ޖެހިލައި ހުސް ވަގުތުކޮޅެއް ލިބޭ ކޮންމެ ފަހަރަކު ނަދާލް އަނެއްކާވެސް އެހެން މައުލޫއެއް ފަށަ އެވެ. ބޭނުމަކަށްވީ ހަފްލާ ނިމެންދެން އައިލީން ހާސްކަމެއްގެ ތެރެއަށް ދިޔަނުދީ ކޮންޓްރޯލް ކުރުމެވެ. އެ ހަލަބޮލިކަމުގެ ތެރޭގައިވެސް އޭނާގެ ސަމާލުކަން ހުސްކޮށްލެވިފައިވަނީ އައިލީންއަށެވެ. އައިލީންގެ މޫނަށް އަރަމުންދިޔަ ކޮންމެ ރުލަކަށް، ލޮލަށް ވެރިވަމުންދިޔަ ކޮންމެ އަސަރަކަށް އަދި ހަރަކާތްތަކަށް އަންނަމުންދިޔަ ކޮންމެ ބަދަލަކަށް އޭނާ ދިޔައީ ފަރުވާތެރި ވަމުންނެވެ. ވަކި ހިސާބަކުން އައިލީންއަށްވެސް ނަދާލް މިރޭ އާދަޔާހިލާފަށް "އަނގަ ގަދަވެގެން" އުޅޭކަން ފާހަގަވާން ފަށައިފި އެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުވެސް ރޭކައިލާން ފަށައިފި އެވެ. 

"ނަދާލް.. އައިމް ފައިން! ޔޫ ކޭން އެންޖޯއީ ދި ޕާޓީ" އައިލީން އެންމެފަހުން ބުނެލި އެވެ. 

"ހައު ކުޑް އައި ނޮޓް؟ މައި ބިގެސްޓް ޖޯއީ އިޒް ރައިޓް ބިސައިޑް މީ" ނަދާލް ދެމީހުންގެ ގުޅިފައިވާ އަތް އުފުލާލައި އައިލީންގެ އަތުގައި ބޮސްދިނެވެ. 

ޓެރަހުގެ ކަނެއްގައި ކޯކު ތަށްޓެއް ހިފައިގެންހުރި އިވާންގެ ތުންފަތަށް އެ މަންޒަރު ފެނި ހިނިތުންވުމެއް ވެރިވި އެވެ. އޭނާ ފޯނު ނަގައި ގުޅައިލީ މީގެ އިރުކޮޅެއް ކުރިން އޭނާގާތު ހުރި ޝާވިން އަށެވެ. މި އަންނަނީއޭ ބުނެފައިދިޔަ މީހާ ފަނަރަ މިނަޓުވެގެން ދިޔައިރުވެސް ހަބަރެއްނުވި އެވެ. 

"ހަލޯ؟ އޭ ކޮންތާކު؟" ޝާވިން ފޯނަށް ޖަވާބުދިނުމާއެކު އިވާން އަހައިލި އެވެ.

"ތިރީގަ މިތިބީ.. މަތީގަ މާ މީހުން ގިނަވާން ފެށީމަ މަލްއަކަށް އެހާ ކަމަކު ނުދިޔަ" ޝާވިންގެ ޖަވާބު ލިބުނެވެ. 

"އޯކޭ.. އެބަދަން" އިވާން ފޯނު ކަނޑައިލި އެވެ. އެންމެ ކައިރިން ޖެހުނު މޭޒުމަތީގައި ކޯކުތަށި ބެހެއްޓުމަށްފަހު ޓެރަހުން ނުކުތުމަށް ހިނގައިގަތެވެ. ހަގީގަތުގައި އޭނާވެސް ހުރީ އެ ޕާޓީގައި ފޫހިވެފަ އެވެ. އައިލީންއާއި ނަދާލްއަށް މަރުހަބާ ކިޔައި ނިމުމުން ދެން އިތުރަށް އެ ޕާޓީގައި ހުންނަންވީ ސަބަބެއް އޭނާއަކަށް ނުފެނުނެވެ. 

ފޯނަށް ގެއްލިފައިހުރެ ލިފްޓާ ހަމައަށްދާން ހުންނަ ހައެއްކަ ހަރުފަތް ގިރާކުރަނިކޮށް ސިޑިން މައްޗަށް ދުވެފައި އައި އަންހެންކުއްޖެއްގެ ގައިގައި އިވާން ލައިގަތެވެ. އޭނާ ހުށިޔާރުކަމާއެކު ހަށިގަނޑުގެ ކޮންޓްރޯލް ހޯދައިލި ނަމަވެސް އެ ކުއްލި ޖެހިގަތުމުގެ ސަބަބުން އެކުއްޖާ އަރިއަޅާލައި ވެއްޓެންދިޔަ އެވެ. އިވާންއަށް އެކުއްޖެއްގެ އުނަގަނޑުގައި އެއް އަތް އަޅުވައިލަމުން ސިޑިމަތީގައި ހަމަޖައްސައިލެވުނީ ހަމަ ކިރިޔާ އެވެ. ރަނގަޅަށް އެކުއްޖަކީ ކާކުތޯ ބަލައިލެވުނުހިނދު އިވާން ހިތް އަވަސްވެލި އެވެ. ސިހުން އެކުލެވިފައިވާ ބޮޑު ދެލޮލުން އޭނާއަށް ބަލަހައްޓައިގެން ހުރީ މައިރާ އެވެ. ގަދަ "ސްމޯކީ" މޭކަޕެއްކޮށް ކަޅުކަންގަދަ އަނދުނަކުން ފަވާލެވިފައިވާ މައިރާގެ ދެލޮލުގައި މިރޭ ވަނީ ކުރިއަށްވުރެވެސް މާ ގަދަ ސިހުރެކެވެ. އެ ސިހުރުން ސަލާމަތްވުމަށްޓަކައި ނެތް ހިތްވަރެއްލަމުން އެ ދެލޮލާ ނަޒަރު ވަކިކޮށްލުން ވެގެންދިޔައީ އޭނާއަށް ހެދުނު މާ ބޮޑު ގޯހަކަށެވެ. ލޭ ރަތްކުލައިން ފަވާލެވިފައިވާ މައިރާގެ ތުންފަތަށް ނަޒަރު ހުއްޓުނުހިނދު އޭނާގެ އަރުތެރެ އެކީ ހިކިގެންދިޔަ އެވެ. އެވަގުތު މައިރާ އިސްނަގައި އޭނާއާ ދުރަށް ޖެހިލުންވީ އިވާންގެ ނަސީބަށެވެ. 

"ސޮ..ސޮރީ" މައިރާ ލައިގެންހުރި ހެދުމުގެ ދެ އަރިމަތީގައި ހިފައި ރީތިކޮށްލަމުން މަޢާފަށް އެދުނެވެ.

އިވާންގެ ނަޒަރު މައިރާގެ މޫނުން ވަކިވެ ހެދުމަށް ދަތުރު ކޮށްލި އެވެ. ތަނބިކަށްޓާ ހަމައަށްހުރި އެ ހެދުންވަނީ މައިރާގެ ރީތި ބައްޓަމަށް ހިފައިލާނެހެން ފަލަމަސްގަނޑާ ހަމައަށް ބާރުކޮށްލެވިފަ އެވެ. ހެދުމުގެ ކަނާތު އަތުކުރިއާ ހަމައަށް ދިގުކޮށް އޮތް ނަމަވެސް، ވައަތް އެއްކޮށް ކަނޑައިފައިވުމުން މައިރާގެ އޮމާން ކޮނޑާއި ކަނދުރާ އޮތީ ހާމައަށެވެ. އެބައި ކޮންމެވެސް ވަރަކަށް ފޮރުވާލުމަށްޓަކައި ފަހަތަށް ދަތިޖަހާފައިވާ އިސްތަށިގަނޑުން ބައެއް ކުރިއަށް ގެނެސް ވައަތް ފަރާތު ކޮނޑުމަތިން ވައްޓާލާފައި ވެއެވެ. 

މައިރާ އެތަނުން ހިނގައިގަންނަން ބޭނުންވެގެން އުޅޭހެން ހީވުމުން އިވާން ފަރާތަކަށް ޖެހިލައި ޖާގަ ދިނެވެ. ސިޑިން މައްޗަށް ދާން ފައި ނެގުމާއެކު ހެދުމުގެ ފަލަމަސްގަނޑާ ހަމައަށް ފަޅާލާފައި އޮތް ހިސާބަށް މައިރާގެ ފައި ކަޝްފުވެގެންދިޔަ އެވެ. އިވާން ކަތުރު ކަށިގަނޑަށް ބާރެއްލަމުން ނޭވާ ހިފަހައްޓައިލި އެވެ. މުށްކަވައިލައި ޖީބަށް ޖަހައިލީ އެ ދެއަތުން ގޯހެއް ހެދިދާނެކަމުގެ ބިރުގަ އެވެ. ދެލޯ މަރައިލީ ދެންމެ ފެނުނު މައިރާގެ ތަސްވީރު ސިކުނޑިން ފޮހެލުމަށެވެ. ދެލޯ ހުޅުވައިލެވުނުއިރު މައިރާ ފެންނާކަށް ނެތެވެ. ޝާވިން މެސެޖު ކޮށްލުމުން ތިރިއަށް ދާން އުޅެފައިވެސް ހިޔާލު ބަދަލުވުމުން އޭނާ އަނެއްކާގޮސް ވަނީ ޓެރަހަށެވެ. އެ ޕާޓީގައި ހުންނަންޖެހޭ ސަބަބެއް އޭނާއަށް އެންމެފަހުން ލިބުނީ ކަހަލަ އެވެ. ކުރިންވެސް ހުރި އަނދިރި ކަނުގައި މަޑުކޮށްލަމުން އޭނާގެ ދެލޯ ހޯދައިލީ މައިރާ އެވެ. އެ ޕާޓީގައި މައިރާ ދާހާ ތަނަކާއި ކުރާހާ ކަމަކާއި ވާހަކަ ދައްކަމުންދިޔަ ކޮންމެ މީހެއް އަދި އެމީހުން މައިރާއަށް ދެމުންދިޔަ ކޮންމެ ނަޒަރަކަށް އޭނާ ދިޔައީ ފާރަވެރި ވަމުންނެވެ.

****************

"ވަން އަވަރ ލެފްޓް" ނަދާލް އައިލީންގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލި އެވެ. 

"ނަދާލް!" އައިލީން ދެދަތްޕިލަ ޖައްސާލައިގެންހުރެ ހިނިތުންވެލި އެވެ. 

"ކާންޓް ހެލްޕް އިޓް. މިރޭ ލޫނާ ހާދަހާއޭ ލޯބީ" ނަދާލް ބުންޏެވެ. އޭރު ޕާޓީއަށް އައި ދެމަފިރިއަކު އެމީހުންގެ ގާތަށް ހުއްޓިލަނީ އެވެ. އެއީ އައިލީން ކިޔަވަންހުރި ގޭގައި އުޅުނު ދެމަފިރިންނެވެ. އައިލީންގެ މޫނު ވަގުތުން އުޖާލާވި އެވެ. 

"ހައި ލީން.. ދެން ގޮސްލީ އިނގޭ.. މާޝާﷲ. އަހަރެން ހީކުރިވަރަށްވުރެވެސް ބޮޑަށް ހެދުން ލީންއާ ގުޅޭ!" ޝައިނާ އައިލީންގެ އަތުގައި ހިފައި އައިލީންއަށް ތައުރީފު ކޮށްލި އެވެ.

"ހުރިހާވެސް ޝުކުރެއް ސިސްއަށް.. ތެންކްޔޫ ސޯ މަޗް އެހާ ޝޯރޓް ނޯޓިސްއެއްގަ ފަހާދިނީމަ" އައިލީން ބުންޏެވެ. 

"ކޮންގްރެޓްސް އަގައިން ލީން.. ކޮންގްރެޓްސް ބްރޯ" ޝައިނާއާއެކު އައި ރާހިލް ކުރިއަށް ޖެހިލައި ނަދާލްއާ ސަލާންކޮށްލި އެވެ. 

"ތޭންކްސް މޭން" ނަދާލް އެ ސަލާން ރައްދު ކޮށްލަމުން ބުންޏެވެ. 

"ލީން މިރޭ ހުރީ ހާދަ އުފާވެފައޭ ދޯ؟ ކުރީގެ ވެޑިންގްއަށްވެސް އަހަރުމެން ދިޔައީމެއްނު.. މިރޭ މާ އުފާވެފަހެން ހީވޭ ދޯ" އައިލީންމެން ތިބި ދިމާލުން ދުރަށް ހިނގައިގަންނަމުން ޝައިނާ ރާހިލްއަށް އިވޭ ވަރަށް ބުނެލި އެވެ.

"ހްމްމް.. މީނަ ހީވޭ ރަނގަޅުވާނެހެން. ހީޒް ގޮޓް އަ ގުޑް ހޭންޑްޝޭކް" ރާހިލް ޝައިނާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން މީހުންގަނޑުގެ ތެރެއިން ކުރިއަށްދިޔަ އެވެ. 

"ވަޓް؟ ރާހިލް އަރ ޔޫ ރިއަލީ ޖަޖިންގް ސަމްވަން ބައި އަ ހޭންޑްޝޭކް؟" ޝައިނާއަށް ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ.

"މައި ލަވް.. ޔޫ ކޭން އޯލްވޭޒް ޖަޖް އަ މޭން ބައި ހިޒް ހޭންޑްޝޭކް!" ރާހިލް އާދައިގެ ރާގެއްގައި ބުންޏެވެ. 

"މައި ގޯޑް! ޔޫ އަރ އިންސަފަރަބަލް!" ޝައިނާއަށް ކަޅި އަނބުރައިލެވުނެވެ.

އެ ދެމަފިރިން ޓެރަހުގެ ދޮރުން ނުކުތް ވަގުތު ޕާޓީއަށް ވަދެގެން އައި މެހެމާނަކު ފެނި ޕާޓީ ހަލަބޮލި ވެލައިފި އެވެ. ފެންނަމުން ދިޔައީ ކޮންމެ މީހަކުވެސް ކައިރީގައި އިން މީހާގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލާ މަންޒަރެވެ.

"ފަރުހާން ފައުޒީ؟ ލޫނާގެ ފެމިލީތަ އެއީ؟" ނަދާލްގެ ދެ ބުމަވެސް ގޮށް ޖެހުނެވެ. 

"އިވާންގެ ދޮންބައްޕަ އެއީ.. ދައްތައަށް ދައުވަތު ދިނީމަ އެ އައީ ބޭބެ ގޮވައިގެން" އައިލީން ހާސްވީ ނަދާލް ހިތްހަމަނުޖެހުނީ ކަމުގައި ހީކުރަމުންނެވެ. ނަމަވެސް ނަދާލް "އެހެންހޭ" ބުނެލާފައި އެ މައުލޫ އޮއްބައިލި ގޮތުން އޭނާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. 

ޕާޓީގެ ތެރޭގައި ފަރުހާން ދަންނަ މީހުންގެ ގިނަކަމުން ނިސްރީނަށް ޖެހުނީ އައިލީންމެންނާ ސަލާން ކޮށްލުމަށްފަހު ފަރުހާންއާ ވަކިވެލާށެވެ. ފަރުހާން އޭނާގެ އެކުވެރިންނާ ވާހަކައިގައި ޖެހުމުން އޭނާގޮސް ނުސްރާމެން ތިބި މޭޒުދޮށުގައި އިށީނދެލި އެވެ. އެއާއެކު އީވީއަށް ނީކާ ފެނިގެން ސަކަރާތުގެ ތެރެއަށް ގެއްލުނެވެ. 

"މައި؟ އަޅޭ ރީތިކަން ބަލަ! ކާކުތަ ހެދުން ފެހީ؟" މައިރާހެ ގައިގައި ކުޑަކޮށް ބައްދައިލަމުން ނިސްރީން ފެށީ އޭނާއަށް އެންމެ ކަމުދާ ފެޝަންގެ މައުލޫ އެވެ. 

"މިއީ އަޅުގަނޑު ގްރެޖުއޭޝަންއަށް މެލޭއިން ފެހި ހެދުމެއް. އެހާ ކުއްލިއަކަށް ވެޑިންގް ބޭއްވީމަ ކިހިނެއް ހެދުމެއް ފަހާނީ ދޯ؟ ދައްތަ ބަލާލަ ނިކަން ރީތިކަން" މައިރާވެސް ނިސްރީން ލައިގެންހުރި ކަޅުކުލައިގެ ޕާކިސްތާން ހެދުމަށް ބަލައިލަމުން ބުންޏެވެ. 

"ދައްތަވެސް މިއީ ހަމަ އަތުގަ އޮތް ހެދުމެއް. ތި ބުނާހެން ލީންމެން މާ ކުއްލިއަކަށް ވިއްޔާ ކަންކަން ނިންމާލަނީ.. ނުސް.. ކޮބާ ކިހިނެއްތަ؟ މާޒި.. ރަނގަޅުތަ؟ މަލަކް ނޫޅޭތަ؟" ނިސްރީން އެތަނުގައި ދެންތިބި މީހުންނަށް ގޮވައިލި އެވެ. 

ނިސްރީން ދުރަށް ޖެހިލުމުން މައިރާ ލަސްނުކޮށް އޭނާ ހިފަހައްޓައިގެންހުރި ކްލަޗްގެ ތެރެއިން ވައިބްރޭޓްވަމުންދިޔަ ފޯނަށް ބަލައިލި އެވެ. ނުނަގައި ވާން ނެތް ކޯލެއް ކަމުން އޭނާ ދުރު ފިޔަވަޅުތަކެއްގައި ހިނގައިގަތީ ޓެރެހުގެ ދޮރުން ބޭރަށެވެ. އެހިސާބުން ޕާޓީގައިހުރި އިވާންގެ ލޯމަތިން މައިރާ ގެއްލުނެވެ. އޭނާ ފޫހިކަމާއެކު އައިލީންމެން ތިބި ދިމާލަށް މޫނު އަނބުރައިލި ވަގުތު ފެނުނީ ކައިރި މޭޒެއްގައި އިން ފަރުހާނެވެ. އިސާހިތަކު އޭނާގެ ފޫހިކަން އިތުރުވި އެވެ. ޕާޓީ ދޫކޮށް ދާން ކުރި ހިޔާލު މެދުކަނޑައިލަން ޖެހުނީ އައިލީން އައިސް އޭނާގެ ގާތަށް ހުއްޓިލުމުންނެވެ. އެއީ ދެމަފިރިން މެހެމާނުންނަށް މަރުހަބާ ކިޔުމުން ހުސް ވަގުތުކޮޅެއް ނެގި ވަގުތެވެ.

"ހޭއި ކޮންގްރެޓްސް.. ހާދަ މޭކަޕެއް ކޮށްލާފައޭ ދޯ މިރޭ" އައިލީން އެއްޗެކޭ ބުނުމުގެ ކުރިން އިވާންގެ މޫނުމަތިން ފޫހިކަމުގެ އަސަރު ފިލުވައިލި އެވެ.

"ތޭންކްސް" އައިލީން ބުނެލީ އަސަރެއް ނެތް ގޮތަކަށެވެ.

"ކިހިނެއްވީ މާ މޫޑު އޮފް ވީ؟ ލީން މިރޭ އުފާވެފަ ހުރިތަން ފެނުނީމަ އަހަރެން އަދި މިހިރީ ވަރަށް އުފާވެފަ. އޭ. އޭނަ ދިޔައީމަ މައްސަލައަކީ؟ ގޮވާލަންވީތަ؟" ޒެފަންއާ ވާހަކަދައްކަން ދުރުގައިހުރި ނަދާލް ދައްކައިލަމުން އިވާން ލާނެތް ރާގެއްގައި އަހައިލި އެވެ.

"ޕިސް! އަހަރެން ބޭނުންވާ ގޮތެއް ނޫނޭ ތިއީ" އައިލީންއަށް ޝަކުވާގެ ރާގެއްގައި ބުނެވުނެވެ. 

"އޯކޭ އޯކޭ ހަމަޖެހޭ. ނޫޅެމޭ ގޮވާކަށް" އިވާން ބުންޏެވެ. 

"ނޫން.. ނަދާލްގެ ވާހަކައެއް ނޫން މިބުނީ.. އިވާންބެގެ ވާހަކަ. އަހަރެން ބޭނުންވާ ގޮތެއް ނޫނޭ އަބަދު އަހަރެންގެ ނޫނީ ޝޯންގެ އުފަލެއްގަ ބައިވެރިވެވޭތީ އިވާންބެ އުފާވެފަ ހުރުމަކީ" އައިލީން ބުންޏެވެ. "އިވާންބެގެ އަމިއްލަ އުފާތައްވެސް ހާސިލުކުރަން މަސައްކަތް ކޮށްބަލަ. އަމިއްލަ ނަފްސަށް އެ ފުރުސަތު ދީބަލަ"

"ޕިސް ލީން.. ދެން ކޮންކަހަލަ ވާހަކައެއް ތި ފެށީ؟ އެވެސް މިރޭ މިތާނގަ" އިވާން ހިތްހަމަ ނުޖެހުނެވެ. 

"މައްސަލައެއް ނެތް.. މިރޭ މިތާނގަ މި މައުލޫ ނުނަގާނަން. އެކަމަކު އަހަރެން.. އަހަރެން މި އައީ އަސްލު އިވާންބެއަށް މީތި ދޭންވެގެން" އައިލީންގެ މުށުން އިވާންގެ މުށުތެރެއަށް ލައިދިނީ ރަން އަނގޮޓި އެކެވެ.  އެތަނުގައިވި ފަނޑު އަލީގެ ތެރެއިންވެސް އިވާންއަށް އެ އަނގޮޓި ވަކިކުރަން އެނގުނެވެ.

"މިއީ.."

"ހްމްމް. މާމަ ގެންގުޅުނު އަނގޮޓިއެއް ތިއީ.. މާމަ ނިޔާވެގެން ރަށަށް އައި ދަތުރުގަ މަންމަ ދިޔައީ މާމަގެ ހުރިހާ ރަނެއް ހިފައިގެން. ލީންއަށް ލިބޭވަރުވީ ތި އަނގޮޓި އެކަނި. އެއީވެސް ހަމަ ނަސީބަކުން" އައިލީން ވާހަކަ ދައްކަމުންދިޔައިރު އިވާން އެ އަނގޮޓި އިނގިލިތަކުގެ ކުރީގައި އަނބުރަމުންދިޔަ އެވެ. "ލީން ހަނދާންވޭ މާމަ އަބަދުވެސް ބުނާ އަޑު އިވާންއާއި އިދާންގެ ތެރެއިން މާމައަށް ފުރަތަމަ ޅީދަރިފުޅެއް ގެނެސްދޭ މީހަކަށޭ ތި ދޭނީ. އެހެންވީމަ ލީންއަށް މިހާރު ވިސްނެނީ މަންމަ އަތުން އޮޅިގެން ވެއްޓިގެން ކަމަށްވިޔަސް.. ލީންއަށް ތި އަނގޮޓި ލިބުނީ އިވާންބެގެ ނަސީބުން ކަމަށް"

"ހެހެހެ. މާމަވެސް ކިޔާ އެއްޗެހި ދޯ.. މި އަނގޮޓި ލީންގެ އަތުގަ ބާއްވާ" އިވާން އެ އަނގޮޓި އައިލީންއަށް ރައްދުކުރި އެވެ. 

"މިއޮތީ ލީންގެ އަނގޮޓި" އައިލީން އެ އަނގޮޓީގައި ހިފަން އިންކާރު ކުރަމުން އޭނާގެ އަތުގައި ނަދާލް އަޅުވައިދީފައިވާ އަނގޮޓި ދައްކައިލި އެވެ. "ތި އަނގޮޓީގެ ހައްގުވެރި ފަރާތަކީ އެހެން މީހެއް" އޭނާ ބުންޏެވެ.

"އެމީހަކު ފެނުނު ދުވަހަކުން އަހަރެން ލީންގާތު ބުނާނަން" އިވާންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވި އެވެ. 

"ޔަގީންތަ އަދި އެމީހަކު ނުފެންނަކަން؟ މިރޭ މި ހަފްލާގަ ހަމަ ގައިމުވެސް ޒުވާން ރީތި އެންމެ އަންހެން ކުއްޖެއް ނޫން އުޅުނީ.. އެކަމަކު އިވާންބެގެ ލޯ ހޯދީ ހަމަ އެންމެ ފަރާތެއް" އައިލީންގެ ޖުމްލައާއެކު އިވާންއަށް ލިބުނީ ސިހުމެކެވެ. އޭނާ އެހާ ސިއްރުން އުޅުނީމަވެސް އައިލީންއަށް ފަޅާއެރީތާ އެވެ.

"ނޯ ލީން ދެޓްސް ނޮޓް-"

"އިވާން!" އައިލީން އިވާންގެ ވާހަކަ މެދުކަނޑައިލި އެވެ. "އެނގޭ މައިއަށް ވަރަށް ބޮޑު މިސްޓޭކެއް ހެދުނުކަން… އެކަމަކު ތިކަހަލަ ހެޔޮހިތެއްގެ ވެރިއަކަށް މީހަކުދެކެ ތިވަރަށް ލޯބިވެވޭނީ އެމީހަކަށް ކޮންމެވެސް ގޮތަކުން ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވުނީތީ.. ސޯ ޔެސް.. ޝީ މެއި ނޮޓް ބީ ދަ ބެސްޓް ޕާރސަން.. ބަޓް ޝީ އިޒް ޔޯރ ޕާރސަން.. އެންޑް ޔޫ ޑޫ ނޮޓް ފައިންޑް ޔޯރ ޕަރސަން ޓްވައިސް އިން ވަން ލައިފްޓައިމް. އައި މީން.. ވަޓް އަރ ދަ އޮޑްސް ރައިޓް؟"

އައިލީން ހަނދާންކޮށްދިނީ މީގެ ދުވަސްކޮޅެއް ކުރިން އިވާން އޭނާއަށް ދިން ނަސޭހަތެކެވެ. އެއާއެކު ޕާޓީގެ ހަލަބޮލިކަމާ އެކުގައިވެސް އެ ދެމެދަށް ވެރިވެގެންދިޔައީ ހިމޭން ކަމެކެވެ. އައިލީން އިވާންގެ ރައްދަކަށް މަޑު ކުރަމުންދިޔައިރު އިވާން ހުރީ ހަމަ ރަނގަޅަށްވެސް ބަސްހުއްޓިފަ އެވެ. އެ ހިމޭންކަމަށް ނިމުމެއް އައީ ނަދާލް އައިލީން ބަލައި އައުމުންނެވެ. 

"ލޫނާ؟ ލެޓްސް ގޯ  ބެކް ބޭބް- ދެމީހުން ކިހިނެއް ވެފަ ތި ތިބީ؟" އެދެމެދުގައި އޮތް ނުތަނަވަސްކަން ނަދާލްގެ ހަވަނަ ހިއްސު ދެނެގަތެވެ. 

"މީނަ ކައިރިން ދޯ ލީން ތި ހުރިހާ މެނިޕިއުލޭޝަން ޓެކްނިކެއް ތި ދަސްކުރަނީ؟" އިވާންގެ އަތުގެ ބޮޑުވައި އިނގިލިން ނަދާލްއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. 

"މިހާރު އަހަރެން ކީއް ކުރީ؟" ނަދާލް ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގަ އެވެ.

"ނޫން. މީހަކު އަހަރެންނަށް ދިން ވަރަށް މުހިއްމު ނަސޭހަތެއް.. އޭގެ ބޭނުން ޖެހިފައިވާ އެހެން ފަރާތަކަށް ރައްދު ކޮށްދިނީ" އައިލީން މައުސޫމު ގޮތަކަށް ހިނިތުންވެލި އެވެ.

އިވާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބަލައިލީ ނަދާލްއަށެވެ. "ޔޯރ ވައިފް އިޒް ނޮޓް ދަ އޭންޖަލް ޔޫ ތިންކް ޝީ އިޒް" އޭނާ އަވަސް ފިޔަވަޅުތަކެއްގައި ޕާޓީއިން ނުކުތުމަށް ހިނގައިގަތެވެ. 

އެ މަންޒަރު ބަލަންހުރި އައިލީންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ނަދާލް ބުމަ އަރުވައިލުމުންވެސް "ކަމެއް ނުވެއޭ" ބުނާފަދަ މޭރުމަކުން ބޯ ހޫރައިލުމަށްފަހު ނަދާލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. 

****************

 ލިފްޓުގައިހުރި އިވާން އިނގިލިތަކުގެ ކުރިން ހިފަހައްޓާލައިގެންހުރި އަނގޮޓިއަށް މާނަފުން ނަޒަރަކުން ބަލައިލުމަށްފަހު އެ އަނގޮޓިއާއެކު އެއް އަތް ޖީބަށް ކޮށްޕައިލިއެވެ. ފިކުރުބޮޑުވެފައިވާ މީހަކު ފަދައިން އަނެއް އަތް މޫނުގައި ހިންގައިލިއިރު އޭނާގެ ނިތަށް ވަނީ ރޫ ގިނަވެލައިފަ އެވެ. އިމާރާތުގެ ދެވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓައިލި އިރުވެސް ކުރެވޭ ނުކުރެވޭ ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެނގޭހާވެސް އެއްޗަކީ މިރޭ އޭނާ ކަންތައް ކުރަމުންދިޔައީ ހިތުގެ ގޮވައިލުމާ އެއްކޮޅަށް ކަމެވެ.

މައިރާ ދިރިއުޅޭ އެޕަރޓްމެންޓްގެ ދޮރުގައި ދެ ފަހަރަކު ޓަކި ދިން އިރުވެސް ޖަވާބެއް ނުލިބުނެވެ. އެންމެން ތިބީ ޕާޓީގައިކަން ކަށަވަރު ކުރެވޭތީ އިވާން އެ ދޮރު ހުޅުވައިލި އެވެ.  ފަޅުކޮށް ހުރި އެޕަރޓްމެންޓްގެ ތެރެއިން ފަނޑުކޮށް ނަމަވެސް އިވެމުންދިޔައީ ހަމައެކަނި މައިރާގެ އަޑެވެ. އާނއެކެވެ. މިރޭ އޭނާގެ ނަސީބުވެސް ހިފާފައި ހުރީ ހިތުގެ ގޮވައިލުމާ އެއްކޮޅަށެވެ. މައިރާއާއި އޭނާއާ ދެމެދުގައިވި ހުރިހާ ހުރަހެއް ނައްތައިލަން އެ ނަސީބުވެސް އެހީވަމުން ދިޔަކަހަލަ އެވެ.

އިވާން ލުއި ފިޔަވަޅުތަކެއްގައި އެ އަޑު އަންނަމުންދިޔަ ދިމާލަށްގޮސް ހުއްޓުނެވެ. ހުރެވުނީ މައިރާގެ ކޮޓަރީގެ ބޭރުގަ އެވެ. މައިރާ ދިޔައީ ކޮންމެވެސް މީހަކާ އިނގިރޭސިބަހުން ވާހަކަތަކެއް ދައްކަމުންނެވެ. އިތުރު މީހެއްގެ އަޑު ނީވޭތީއާއެކު އިވާންއަށް އެއީ ފޯނު ކޯލެއްކަން ޔަގީން ކުރެވުނެވެ. އޭނާ އެ ކޮޓަރީގެ ދޮރުން އެތެރެއަށް ދެމިގަތް ވަގުތުވީ މައިރާވެސް ކޯލު ކުރުކޮށްލި ވަގުތަށެވެ. 

"އިވާން؟ ވަޓް.. ވަޓް އަރ ޔޫ ޑުއިންގް ހިއަރ؟" މައިރާގެ ބުމަ ގޮށްޖެހުނެވެ. އޭނާގެ ސުވާލަށް ޖަވާބު ދިނުން އިވާންއަކަށް މުހިއްމެއް ނުވި އެވެ.

"ޔޫ ނޯ ވަޓް؟ އަޅާނުލާ.. އިވާން މަޑުކުރޭ! އަހަރެން ނުކުންނާނަން!" މައިރާ ކުރިއަށް ނެގި ފުރަތަމަ ފިޔަވަޅާއެކު އިވުނީ ކޮޓަރީގެ ދޮރު ތަޅުލެވުނު އަޑެވެ. އޭނާއަށް ސިހިފައި އިވާންގެ މޫނަށް ބަލައިލެވުނެވެ. އިވާން އެކަމަށް ފަރުވާލެއް ނުދީ ތަޅުން އަތް ދޫކޮށްލަމުން ޖީބަށް ޖަހައިލި އެވެ. 

"ނައު ވަޓް؟" މައިރާއަށް ވަރުބަލިކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. "ވެއަރ ސަމްތިންގް ޕްރޮޕަރ؟ ޔެސް އައި ނޯ! ނެޑްމެން މާ ކުއްލިއަކަށް ހުރިހާ ކަ-"

"ޔޫ ލުކް ބިއުޓިފުލް"

މައިރާގެ އަނގަ ބަންދުވި އެވެ. އިވާން އޭނާއަށް އެ ކުރީ ތައުރީފެއް ހެއްޔެވެ؟ ނުވަތަ އެ ޖުމްލައިގައި ފޮރުވިފައިވާ ހުޝާމަދެއް އޭނާއަށް ފަހުމު ނުވަނީ ހެއްޔެވެ؟ އެއްޗެކޭ ބުނަން އޭނާގެ ދޫ ނުކުޅެދިފައި ވަނިކޮށް އިވާން އައިސް އޭނާއާ ޖެހޭ ނުޖެހޭހާ ހިސާބުން ގާތުގައި މަޑުކޮށްލި އެވެ. އަދި ބޯ އަރިކޮށްލުމަށްފަހު އޭނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ލަސް ނަޒަރެއް ހިންގައިލީ އެ ނަޒަރުގައިވި ތޫނުކަމުން އޭނާގެ ހަތަރެސްފައި ގަނޑު ކޮށްލަމުންނެވެ. 

"މައިރާއަށް ކީއްވެތަ ހީވެފަ އޮންނަނީ އަހަރެންނަކީ އެހާ ރުޅިގަދަ މީހެކޭ. އަހަރެން ފެންނަ ކޮންމެ ފަހަރަކު މައިރާއަށް ހީވާކަހަލަ އަހަރެން ހުންނަނީ މައިރާދެކެ ހިތްހަމަ ނުޖެހިފައޭ" އިވާން އަޑުގައިވަނީ މައިރާގެ ހިތް ލަންބުވައިލާފަދަ މަޑުމައިތިރި ކަމެކެވެ. 

"އަހަ.. އަހަރެން ނުބުނަމެއްނު އިވާންއަކީ ރުޅިގަދަ މީހެކޭ" މައިރާ އުޅުނީ އިސް އޮބައިލާށެވެ. އެހެނަސް އިވާން މައިރާއަށް އެ ފުރުސަތު ނުދީ މައިރާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލި އެވެ. އެ ޖާދުވީ ސޫރަ އޭނާގެ ލޯމަތިން ގެއްލެން ބޭނުން ނުވާ ފަދައިންނެވެ.

"ތެންކްޔޫ… ދައްތަމެން ކުރިމަތީގަ އަހަރެން ދިފާއު ކޮށްދިނީމަ.. ލީންއަށް ހަގީގަތް ކިޔައިދިނީމަ.. ޝީ.. ޝީ އިޒް ވެރީ ޑިއަރ ޓު މީ.. ތެންކްޔޫ ފޯރ ބްރިންގިންގް ހަރ ބެކް ޓު މީ" އިވާން ހަމަ އެ މަޑުމައިތިރި ރާގުގައި ބުނެލި އެވެ.

"އިވާން.. އައި މެސްޑް އިޓް އަޕް ސޯ އައި.. އައި ހޭޑް ޓު ފިކްސް އިޓް" މައިރާ އެ ޝުކުރު ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ.

"ނޯ ޔޫ ޑިޑިންޓް! މައިރާއަށް އިހުތިޔާރު އޮތް މި ހުރިހާ ކަމަކީ ނުވާ ކަމަކަށް ހަދައިގެން ދުރުގަ ހުންނަން.. ލީންއާއި އަހަރެންގެ ގުޅުން އެއްކޮށް ކެނޑިގެން ދާތަން ބަލަން ހުންނަން. ދައްތަ ކީހާ އެއްޗެހި ނީވޭ ކަމަށް ހަދައިގެން އަހަރެންނާ ޝޯންގެ ފްރެންޑްޝިޕް ރިސްކް ކުރަން.. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް މައިރާ އިހުތިޔާރު ކުރީ އަހަރެން.. ޔޫ ޗޯޒް މީ.. އެވްރީ ސިންގަލް ޓައިމް" އިވާން ބުންޏެވެ.

"އެވްރީ ސިންގަލް ވަން އޮފް ދޯސް ޓައިމްސް ބިކޭމް ދަ އީޒިއެސްޓް ޗޮއިސް އައި އެވަރ މޭޑް. ވަން މޯރ ދޭން ދަ އަދަރ" މައިރާ އިވާންއާ ހަތަރުކަޅި ހަމަކޮށްލި އެވެ. އެއާއެކު ދެ މީހުންނަށް ހިނދުކޮޅަކަށް އެކެއް އަނެކެއްގެ ލޮލަށް ގެއްލިފައި ތިބެވުނެވެ. މައިރާއަށް އިވާންގެ ބެލުމުން އިހުސާސްވަމުން ދިޔައީ އިވާން އެ ލޯތްބަކަށް އިންކާރު ކުރަމުންދިޔަ ލޯތްބެވެ. އިވާންއަށް އިހުސާސްވަމުން ދިޔައީ މައިރާއާ ދިމާވި ފުރަތަމަ ދުވަހުވެސް އެ ދެލޮލުން ފެނުނު ސިހުރުވެރި ކަމެވެ. އެ ސިހުރުގައި ޖެހެވިފައިހުރެ އޭނާއަށް މައިރާއާ ގާތަށް އިތުރު ފިޔަވަޅެއް އަޅައިލެވުނެވެ. 

"ވައި ޑޫ ޔޫ މޭކް އިޓް ސޯ ޑިފިކަލްޓް ޓު ހޭޓް ޔޫ؟" އިވާންގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. އެ އަޑުގައިވި ރާޅުކަމުގެ ބާނިން މައިރާގެ މުޅި ހަށިގަނޑުގައި ތޫފާނެއް އުފައްދަމުންނެވެ. ފަހަރެއްގައި މިއީ އިވާން އޭނާއާ ކޮށްލާ ސަމާސާއެއް ކަމުގައިވެސް ވެދާނެ އެވެ. ނަމަވެސް މައިރާއަށް ދިޔައީ އެ ގާތްކަމުން ނުހަނު ފުން އަސަރެއް ކުރަމުންނެވެ. އިވާންއާ އިތުރަށް ގާތް ވެވިދާނެކަމުގެ ބިރުގައި މައިރާ ފަހަތުގައިހުރި ރީތިވާ މޭޒުގައި ދެ އަތް ވިއްދައިލި އެވެ. 

"ޑޫ ޔޫ ވޯންޓް ޓު ހޭޓް މީ؟" މައިރާ އަހައިލީ ރީތިވާ މޭޒުގައި ވިއްދާލެވިފައިވާ ދެ އަތަށް އިތުރު ބާރެއް ލަމުންނެވެ.

"ޔެސް.. ނޯ.. މެއިބީ ނޮޓް ޓުނައިޓް.." އިހުތިޔާރަކާނުލައި މައިރާގެ ރަތްކަންގަދަ ތުންފަތަށް ނަޒަރު ހުއްޓިގެން ދިޔަހިނދު އޭނާއަށް ދެތުންފަތް ތެންމައިލެވުނެވެ. "ހޭވް އައި ޓޯލްޑް ޔޫ ބިފޯރ ދެޓް ރެޑް ލުކްސް ސްޓަނިންގް އޮން ޔޫ"

"ޓޭސްޓްސް ޕްރިޓީ ގްރޭޓް ޓޫ" މައިރާ ތެޅިތެޅި އޮތް ހިތަކާއެކު، ވައި އަޑުން ބުނެލި އެވެ. އިވާންގެ ރައްދު އައިސްދާނެ ކޮންމެ ގޮތަކަށްވެސް ތައްޔާރު ވަމުންނެވެ. 

“އިޒް ދެޓް އެން އިންވިޓޭޝަން" އިވާން ހިންދިރުވައިލި އެވެ.

"ޑިޕެންޑްސް.. ވިލް ޔޫ އެކްސެޕްޓް އިޓް؟" އިވާންވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ. 

އެ ސުވާލަށް ޖަވާބުދިނުމުގައި އިވާންގެ އެންމެ ލަފުޒެއްވެސް ބޭކާރު ކުރާކަށް ގަސްތެއް ނުކުރި އެވެ. މައިރާގެ މެދުހަށީގައި ހިފައި އެދެމެދުގައިވި ހަނި ދާއިރާ ނައްތައިލީ މައިރާ އެ ދިން ދައުވަތު ގަބޫލު ކުރަމުންނެވެ. ފަސޭހަކަމާއެކު މައިރާ ބިމުން މައްޗަށް އުފުލައިލަމުން ރީތިވާ މޭޒުމަތީގައި ބޭންދި އެވެ. ހެދުމުގެ ފަޅާލެވިފައިވާ ހިސާބުން ހާމަވެފައިވާ މައިރާގެ އޮމާން ފަލަމަސްގަނޑުގައި އެއް އަތް ވަށައިލި އެވެ. މައިރާވެސް އެކަމުގައި ބައިވެރިވަމުން އިވާން ލައިގެންހުރި ގަމީހުގެ ގިރުއާން އަތަށް ބޮނޑިކޮށްލި އެވެ. އޭރު ދެމީހުންގެ ހަރަކާތްތަކުގައިވެސް ވަނީ ހިތު ވިންދުގައިވާ އަވަސް ކަމެވެ. ޒަމާންތަކެއްގެ ހަނަފަސްކަމަށްފަހު ފެން އާރަކާ ހަމައަށް ވާސިލްވެވިފައިވާ މުސާފިރުންތަކެއްފަދަ އެވެ. ނޭވާ ކޮޅަށްދާން ފެށުމުން ހަރަކާތްތައް ލަސްކޮށްލިއެއްކަމަކު ދެމީހުންކުރެ އެކަކުވެސް އެ ވަގުތުކޮޅަށް ނިމުމެއް ގެންނާކަށް ބޭނުމެއް ނުވި އެވެ. 

-      ނުނިމޭ  -

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox