ރާއްޖޭގެ ހޯލްސޭލް ވިޔަފާރީގައި އެންމެ އިތުބާރުހުރި އެއް ނަން ކަމަށްވާ އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑް އިން، ފާއިތުވި 50 އަހަރަށްވުރެ ގިނަ ދުވަހު ފޯރުކޮށްދެމުން އައި ހޯލްސޭލް ހިދުމަތްތައް އޮންލައިންކޮށް، އިންގިލާބީ ފަސޭހަކަމެއް ގެނެސްދީފި އެވެ.
މި އާ ޕްލެޓްފޯމާއެކު، ކިރުގެ ބާވަތްތަކާއި، ގަނޑުކުރި ކާބޯތަކެއްޗާއި، ތަފާތު ބުއިންތަކުގެ އިތުރުން ފޮނިކާއެއްޗެއްސާއި އާންމުކޮށް ބޭނުންކުރާ އެތައް ސަތޭކަ ބާވަތެއްގެ ހޯލްސޭލް މުދާ މިހާރު އެއް ތަނަކުން ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.
ވަގުތުން ސްޓޮކް ބަލާލުމާއި ފަސޭހައިން އޯޑަރުކުރުން
އެމްއެޗްއޭ އިން ތައާރަފްކުރި ޑިޖިޓަލް ޕްލެޓްފޯމުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ތަކެތީގެ ސްޓޮކް ހުރި މިންވަރު ވަގުތުން (ރިއަލް-ޓައިމްގައި) ބަލާލެވުމެވެ. މީގެ އިތުރުން، އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯލްސޭލް އޯޑަރުތައް އޮންލައިންކޮށް ނިންމާލުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
"އެމްއެޗްއޭގެ ވިޔަފާރީގެ މައިގަނޑު އަސާސަކީ ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހު އަޅުގަނޑުމެން ކުރަމުން އައި ހޯލްސޭލް ވިޔަފާރި. މި ވިޔަފާރި އޮންލައިން ކުރުމަކީ ހަމައެކަނި ވެބްސައިޓެއް އިފްތިތާހު ކުރުމެއް ނޫން، މިއީ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ބަދަލެއް،" އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ދުރު ރަށްރަށުގައި ހިންގާ ވިޔަފާރިތަކަށް ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. އަދި މިއަދު ފެށި މި ހިދުމަތަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
50 އަހަރުގެ އިތުބާރާއެކު ވަރުގަދަ ލޮޖިސްޓިކްސް ނިޒާމެއް
1972 ވަނަ އަހަރު އުފެދުނު އެމްއެޗްއޭ އިން ވަނީ ފާއިތުވި ފަސް ދަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މުދާ ފޯރުކޮށްދެވޭނެ ވަރުގަދަ ލޮޖިސްޓިކްސް ނިޒާމެއް ގާއިމްކޮށްފައެވެ.
އަލަށް ތައާރަފްކުރި ޑިޖިޓަލް ޕްލެޓްފޯމް މި ނިޒާމާ ގުޅާލުމުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އިތުބާރާއެކު މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އެމްއެޗްއޭ އިން ދެކޭގޮތުގައި މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީ ކުރުމަށް ފެށި ފުރަތަމަ މަރުހަލާއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ގުދަންތަކާއި ރީޓެއިލް ފިހާރަތަކުގެ ހިދުމަތްތައްވެސް ޑިޖިޓަލްކޮށް އިތުރަށް ތަރައްގީ ކުރުމަށް ވަނީ ރޭވިފައެވެ.
މުދަލަށް އޯޑަރުކުރެއްވުމަށް:
ކަސްޓަމަރުންނަށް މިހާރު އެމްއެޗްއޭގެ އޮންލައިން ފިހާރަ މެދުވެރިކޮށް ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ އެވެ.
މީގެ ބައިގަރުނު ކުރިން، 1972 ވަނަ އަހަރު އުފެދުނު އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑަކީ ރާއްޖެއަށް އާންމުކޮށް ބޭނުންކުރާ މުދާ އެތެރެކޮށް، ހޯލްސޭލް އަދި ރީޓެއިލްކޮށް މުދާ ފޯރުކޮށްދޭ ކުންފުންޏެކެވެ. ދުނިޔޭގެ މަގުބޫލު ބްރޭންޑްތަކުގެ މުދާ ރާއްޖޭގެ މީހުން ދިރިއުޅޭ 200 އަށްވުރެ ގިނަ ރަށަށް ފޯރުކޮށްދެމުންދާ އެމްއެޗްއޭގެ އަމާޒަކީ، ފެންވަރު ރަނގަޅު މުދާ މުޅި ރާއްޖެއަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.










