ރަހަ މީރު، ފެންވަރު ރަނގަޅު "ޖޮމާރާ" ކަދުރު އެމްއެޗްއޭއިން

ރަހަ މީރު، ފެންވަރު ރަނގަޅު "ޖޮމާރާ" ކަދުރު އެމްއެޗްއޭއިން

ކަދުރަކީ އޭގެ ގުދުރަތީ ފޮނިކަމާއި ސިއްހީ ފައިދާތަކުގެ ސަބަބުން, ހާއްސަކޮށް މުސްލިމުންގެ ސުފުރާތަކުން ދުވަހަކުވެސް ފިލައިގެން ނުދާ މުހިންމު ބާވަތެކެވެ. ކަދުރުގެ ވިޔަފާރިއާއެކު ފެންވަރު ރަނގަޅު އިތުބާރު ކުރެވޭ މަރުކާތަކަށް މީހުން ލޯބިކުރެ އެވެ. މީގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ މަރުކާއެއް ކަމުގައިވާ "ޖޮމާރާ"ގެ ޕްރީމިއަމް ކަދުރުގެ ތަފާތު ރަހަތަކާއި އޯގަނިކް ބާވަތްތައް މި ފަހަރު ވެސް އެމްއެޗްއޭއިން ވަނީ ގެނެސްފަ އެވެ.

އެމްއެޗްއޭ އިން ބުނި ގޮތުގައި މިހާރުވެސް ސްޓޮކްގައި ހުރި ޖޮމާރާގެ އުފެއްދުންތަކުގެ ތެރޭގައި؛

  • އޯގަނިކް ކަދުރު: މަޖޫލް، ޚިދުރީ، ސަގާއީ އަދި އަޖުވާ ކަދުރުގެ އެކި ސައިޒުގެ ޕެކެޓް.
  • ގިފްޓް ބޮކްސް: ހަދިޔާ ކުރަން ފަސޭހަ، އަލްމަންޑް އާއި ޕިސްޓާޗިއޯ ފަދަ ތަކެތި އަޅާފައިވާ ޕްރީމިއަމް ފިލްޑް ޑޭޓްސް ބޮކްސް.
  • ކަދުރު ޗޮކްލެޓާއި ސިރަޕް: ޖޮމާރާ ބްރޭންޑުގެ ޕްރީމިއަމް ޑޭޓް ޗޮކްލެޓާއި އޮރިޖިނަލް ޑޭޓް ސިރަޕް.
  • ޑޭޓް ބައިޓްސް: އޮރެންޖް، ކޮކޯނަޓް އަދި ފިގް ފަދަ ތަފާތު ރަހަތަކުގެ ކަދުރު ބައިޓްސް.

އެމްއެޗްއޭ އިން ބުނީ މިހާރު އެ ކުންފުނިން ލިބެން ހުރި މުދަލުގެ ބާވަތްތައް ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ހުރިހާ ބާވަތަކުން ވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުތަކެއްގައި މުދާ ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.

"މިއީ ކަސްޓަމަރުން ވިޔަފާރިކޮށްލަން އެންމެ ރަނގަޅު ވަގުތު. އަޅުގަނޑުމެންގެ މަގްސަދަކީ ކަސްޓަމަރުންނަށް ބޭނުންވާ ތަފާތު ގިނަ ބާވަތްތައް، ހެޔޮ އަގުގައި އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަގު ފަހިކޮށްދިނުން،" އެމްއެޗްއޭ އިން ބުންޏެވެ.

ކަދުރަކީ އޭގެ ސިއްހީ ފައިދާ ގިނަ، ހަކަތަ ލިބިދޭ މުހިންމު ކާނާއަކަށް ވާއިރު، ޖޮމާރާ ފަދަ އިތުބާރު ހުރި ބްރޭންޑެއްގެ އުފެއްދުންތައް ލިބެން ހުރުމަކީ ލިބޭނެ ބޮޑު ފަސޭހައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox