އެމްއެޗްއޭ އިން "ދަ ބެރީ ކޮމްޕެނީ" ގެ 100 ޕަސެންޓު ފްރުޓް ޖޫސް ތައާރަފުކޮށްފި

Sep 4, 2026, 8:09 AM
އެމްއެޗްއޭ އިން "ދަ ބެރީ ކޮމްޕެނީ" ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

އެމްއެޗްއޭ އިން "ދަ ބެރީ ކޮމްޕެނީ" ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

އެމްއެޗްއޭ އިން "ދަ ބެރީ ކޮމްޕެނީ" ގެ 100 އިންސައްތަ ފްރުޓް ޖޫސް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

"ދަ ބެރީ ކޮމްޕެނީ" ގެ އުފެއްދުންތަކަކީ މީގެ ކުރިން ވެސް ރާއްޖޭން ލިބެން ހުރި ތަކެތި ކަމަށްވީ ނަމަވެސް، އަލަށް މި ތައާރަފުކުރި ޖޫހަކީ މުޅިން ތަފާތު އުފެއްދުމެކެވެ. މިއީ އެއްވެސް ވަރަކަށް ހަކުރު ނާޅައި، ހަމައެކަނި މޭވާގެ ގުދުރަތީ ތާސީރުން ތައްޔާރުކޮށްފައިވާ ޖޫހެކެވެ.

މި އުފެއްދުންތައް މިހާރު 250 މިލިލީޓަރުގެ ބިއްލޫރި ފުޅިއާއި އެއް ލީޓަރުގެ ޕެކެޓުގައި ބާޒާރުން ލިބެން އެބަ ހުއްޓެވެ.

އާންމުކޮށް ބާޒާރުގައި ހުންނަ ފްރުޓް ޑްރިންކްސް ނުވަތަ ޖޫސްތަކުގައި ފެނާއި، ހަކުރު ނުވަތަ އިތުރަށް ފޮނިކުރުމަށް މާއްދާތައް އަޅައެވެ. ނަމަވެސް 100 ޕަސެންޓުގެ ފުޓް ޖޫހުގެ ގޮތުގައި ބެލެވޭ އުފެއްދުންތަކުގައި ހިމެނޭނީ ހަމައެކަނި މޭވާގެ ދިޔައެވެ.

"ދަ ބެރީ ކޮމްޕެނީ" ގެ މި އާ ރޭންޖުގައި މޭވާގައި ގުދުރަތީ ގޮތުން ހުންނަ ހަކުރު ފިޔަވައި އިތުރު އެއްވެސް ހަކުރެއް ބޭނުންކޮށްފައެއް ނުވެއެވެ. ކާބޯތަކެތީގައި ހިމެނޭ މާއްދާތަކަށް މިހާރުގެ ކަސްޓަމަރުން ދޭ ސަމާލުކަން އިތުރުވަމުންދާއިރު މިއީ ބޭނުންތެރި އުފެއްދުމެކެވެ. 

އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ހާލިދު އަލް-ޔާފީ 2007 ވަނަ އަހަރު މި ކުންފުނި އުފެއްދީ، ސުޕަމާކެޓްތަކުން އާންމުކޮށް ފެންނަ އޮރެންޖާއި، އާފަލު އަދި އަލަނާސި ޖޫހާ ތަފާތު އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ މަގުސަދުގަ އެވެ.

ކުންފުނި ފެށި ދުވަސްވަރު "ދަ ބެރީ ކޮމްޕެނީ" ގެ ނަން ހުށަހެޅީ ބާނީގެ މަންމަ އެވެ. އެ ނަން އިހުތިޔާރުކުރީ، ފުރަތަމަ ބެރީގެ ބާވަތްތަކުން ވިޔަފާރި ފެށި ނަމަވެސް، ކުރިމަގުގައި އެހެނިހެން މޭވާގެ ބާވަތްތަކަށް ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތުމުންނެވެ.

މިއަދު ދެ ދަހަރެއްހާ ދުވަސް ފަހުން، އެ ކުންފުނިން ދަނީ އެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭ ތަފާތު މޭވާތައް ބޭނުންކޮށްގެން ޖޫސް އުފައްދާއިރު، ފުރަތަމަ ބްލޫބެރީ، ރާސްބެރީ އަދި ބްލެކްބެރީ ފަދަ ބާވަތްތަކުން ފެށި ނަމަވެސް، ފަހުން ވަނީ އަސާއީ، ގޯޖީ އަދި އެރޯނިއާ  ފަދަ މޭވާތަކަށް އިތުރުކޮށްފަ އެވެ.

އަދިވެސް މައިގަނޑު އުފެއްދުމަކީ ބެރީގެ ބާވަތްތައް ކަމުގައި ވިޔަސް، "ދަ ބެރީ ކޮމްޕެނީ" އިން މިހާރު ދަނީ ޕީޗް، މޮރިންގާ (މުރަނގަ) އަދި މާޗާ ފަދަ ތަކެތި ބޭނުންކޮށްގެން އާ ތަޖުރިބާތަކެއް ކުރަމުންނެވެ. ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގައި ވިއްކަމުންދާ މި އުފެއްދުންތައް ތައްޔާރުކުރަނީ ޖޯޖިއާގަ އެވެ. 

އަލަށް ތައާރަފުކުރި 100 ޕަސެންޓު ފުރުޓު ޖޫހުގެ އިތުރުން، "ދަ ބެރީ ކޮމްޕެނީ" ގެ މަގްބޫލު 330 މިލިލީޓަރުގެ ޓެޓްރާ ޕެކް ރޭންޖު، 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލުން ރާއްޖެ ގެންނާނެ ކަމަށް އެމްއެޗްއޭ އިން  ބުނެ އެވެ.

މި އާ އުފެއްދުންތައް ތައާރަފުކުރުމަކީ، ރާއްޖޭގެ ބާޒާރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބުއިންތައް އިތުރުކޮށް، ތަފާތު ފްލޭވާތަކާއި ސައިޒުތަކުގެ އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެމްއެޗްއޭ އިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox