11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

Oct 19, 2026, 5:48 PM
އައިސްޕްލާންޓްތައް އަޅަން ފިޝަރީޒް މިނިސްޓްރީ އާއި މެލޭޝިއާ ކުންފުނިން ސޮއިކުރަނީ: މި ޕްރޮޖެކްޓުގެ ދަށުން އައިސް ރައްކާކުރާ ތަންތަން ވެސް ގާއިމުކުރާނެ --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އައިސްޕްލާންޓްތައް އަޅަން ފިޝަރީޒް މިނިސްޓްރީ އާއި މެލޭޝިއާ ކުންފުނިން ސޮއިކުރަނީ: މި ޕްރޮޖެކްޓުގެ ދަށުން އައިސް ރައްކާކުރާ ތަންތަން ވެސް ގާއިމުކުރާނެ --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގުފަހިކޮށްދޭން ކަމަށް ބުނެ 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރަން މެލޭޝިއާގެ ކުންފުންޏަކާ އެކީ މިއަދު ސޮއިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އަލްޓަސް އޮއިލް އެންޑް ގޭސްއާ އެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރާނެ އެވެ. މީގެ އިތުރުން 50 ޓަނުގެ އައިސް ރައްކާކުރެވޭނެ ފެސިލިޓީއެއް ވެސް ހުންނާނެ އެވެ.

Advertisement

މި އައިސްޕްލާންޓުތައް ގާއިމުކުރަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ކ. ގާފަރު، މ. މުލައް، ދ. ހުޅުދެލި، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ގއ. މާމެންދޫ އަދި ގދ. ރަތަފަންދޫގަ އެވެ. ނަމަވެސް މި މަޝްރޫއުގެ ޖުމްލަ އަގު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މި މަސައްކަތް ހަވާލުކުރި އަލްޓަސް އޮއިލް އެންޑް ގޭސް އަކީ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ހިދުމަތްދޭ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ދުނިޔޭގެ ބޮޑެތި ހަކަތަ އުފައްދާ ކުންފުނިތަކަށް ހިދުމަތްދޭ ތަނެކެވެ. މީގެ ތެރޭގައި މެލޭޝިއާގެ ޕެޓްރޮނާސް ކުންފުނި ހިމެނެ އެވެ.

އަލްޓަސް ކުންފުންޏަކީ ކަނޑުގެ އިންޖިނިއަރިން އަދި ލޮނުފެން ފިނިކުރުމުގެ ޒަމާނީ މަސައްކަތްތަކަށް ގާބިލު ކުންފުންޏެއް ވެސް މެ އެވެ.

އައިސްޕްލާންޓުތައް އިތުރުކުރުމަކީ ސަރުކާރުގެ ކުރީގެ ސިޔާސަތާ ފުށުއަރާ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމެވެ.

އެ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ދޫކުރާ ފެސިލިޓީއެއް ބޭނުންކޮށްގެން 50 ފޫޓަށް ވުރެ ބޮޑު ދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. 

"އަޅުގަނޑު އުއްމީދުކުރަން ދިވެހިރާއްޖޭގެ ހުރިހާ ދޯނިތަކެއް މި ފެސިލިޓީއަށް ގޮސް އައިހަށް ދުއްވާދުއްވުން, އެއީ ވަރަށް ގިނަ ހޭދަ, ވަރަށް ބޮޑު ހޭދައެއް އެއީ ތެލަށް ކުރާ ހޭދައަކީ އެއީ," ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެ ދުވަހު ވިދާޅުވީ މުސްތަގުބަލުގައި މުޅި މަސް ފްލީޓުގައި މި ނިޒާމު ހަރުކުރެވުމުން އެއްގަމުގައި ހުރި އައިސް ޕްލާންޓުތަކަށް ބަރޯސާވުން އެއްކޮށް ނިމުމަކަށް ގެނެވޭނެ ކަމަށެވެ.  އެހެންކަމުން އަލަށް 11 ރަށެއްގައި އައިސްޕްލާންޓު އެޅުމަކީ ސަރުކާރުން ގެންގުޅޭ ކަމަށް ބުނާ ސިޔާސަތާ ތަފާތު ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox