އެމްޑީޕީގެ ކޮންގްރެސްގައި ޕީއެންސީގެ ފަރާތުން ބައިވެވަޑައިގަންނަވަނީ ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ހުޅުވަން މިރޭ ބާއްވާ ޖަލްސާގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ނައިބުރައީސް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްކަން އެނގިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ޕީއެންސީއަށް ދައުވަތު ފޮނުވުމުން އެ ދައުވަތު ގަބޫލުކޮށް ކޮންގްރެސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން ފޮނުވުމަށް ހަމަޖެހިފައިވަނީ ޝިޔާމް އެވެ. 

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ޝިޔާމް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ނިމިދިޔަ ޕީއެންސީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާއަށް އެމްޑީޕީއަށް ދައުވަތު ދިނުމުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

އެމްޑީޕީގެ ކޮންގްރެސް މިރޭ ހުޅުވުމަށްފަހު މާދަމާ މެންދުރުފަހުން ފެށިގެން ރޭގަނޑަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންވެސްޓްމަންޓް ފޯރަމެވެ. އެއަށްފަހު ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

މިގޮތުން ހޮނިހިރު ދުވަހު އަސާސީ ގަވާއިދަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ބަހުސްކޮށް، އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތައް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެއިތުރުން ބޮޑު ބަދަލާ ގުޅޭ ގަރާރާއި، ލާމަރުކަޒީ ނިޒާމާ ގުޅޭ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެމްޑީޕީގެ ކޮންގްރަސްމަނުންގެ ގޮތުގައި 986 ޑެލިގޭޓުން ތިބި ކަމަށް އެ ޕާޓީން ބުނެ އެވެ. އޭގެތެރެއިން ގިނަ ބަޔަކު މިހާތަނަށް ކޮންގްރެސްގައި ބައިވެރިވާން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

އެމްޑީޕީން ކޮންގްރެސް ބާއްވަން މާލެއިން އެއްވެސް ތަނެއް ސަރުކާރުން ހަމަޖައްސައިދީފައި ނުވާތީ އެކަމާ ގުޅިގެން އެ ޕާޓީން ވަނީ ކަންބޮޑުވުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީން ތިން ދުވަހުގެ މި ކޮންގްރެސް ކުރިއަށްގެންދަން ރާވާފައިވަނީ މާލެ ސިޓީ ހޯލްގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox