"ކެޓް އައިލެންޑް" ތަރައްގީކުރަން އެމެރިކާ ކުންފުންޏަކަށް ދޭން އުޅޭކަން ހާމަކުރަން ދެކޮޅު ހަދައިފި

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް: ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް: ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމުގެ މަޝްރޫއު އެމެރިކާ ކުންފުންޏަކަށް ދޭންއުޅޭކަން ހާމަކުރަން ފިޝަރީޒް މިނިސްޓްރީން ދެކޮޅުހަދައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ބުޅަލަށް ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމުގެ ޕްރޮޕޯޒަލަކާއި ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ޕްރޮޕޯޒަލެއް މިނިސްޓްރީއަށް ވަނީ ލިބިފަ އެވެ. އެ ދެ ޕްރޮޕޯޒަލްވެސް ހުށަހެޅީ އެމެރިކާގެ ދެ ކުންފުންޏަކުންކަން ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުނީ ޕްރޮޕޯޒަލް ހުށަހެޅީ ކުންފުނިތަކުގެ ތެރެއިން މިނިސްޓްރީން ކުރިއަށްދާން ނިންމީ ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ޕްރޮޕޯޒަލް ހުށަހެޅި އެމެރިކާ ކުންފުންޏާ އެކުގަ އެވެ.

Advertisement

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަދަދު އަށް ވިދާޅުވީ ބުޅަލަށް ހާއްސަ ތަނެއް ގާއިމުކުރުމަށް ބޭރުގެ ދެ ކުންފުންޏަކުން ތަފާތު ދެ ޕްރޮޕޯޒަލެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ޕްރޮޕޯޒަލްތައް ލިބުނީ ކޮން ގައުމެއްގެ ކުންފުނިތަކުންކަން މިނިސްޓަރު ހާމަނުކުރެއްވި އެވެ. 

މިދިޔަ ހަފްތާގައި ޝިޔާމް ވިދާޅުވީ ބުޅަލަށް ހާއްސަ ރަށް ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްރޮޮޕޯޒަލް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއީ ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ކަމަށެވެ.

"ޝައުގުވެރިކަން އެބަހުރި ހަމަ ދިވެހިރާއްޖޭގައި ހަމަ ކެޓް އައިލެންޑް އައިލެންޑެއް ތަރައްގީކުރުމަށްޓަކައި ވެސް އެބަ އޮތް ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ލިބިފައި. އެ އިވެލުއޭޝަން މަސައްކަތްތަކެއްވެސް ކުރިއަށް އެބަދޭ. އެއީ ހަމަ އިންޓަނޭޝަނަލް ޕާޓީއަކުން ޕްރޮޕޯޒްކޮށްފައި އޮތް ޕްރޮޕޯޒަލްއެއް،" ޝިޔާމް މިދިޔަ ހަފްތާގައި ވިދާޅުވި އެވެ. 

ބުޅަލަށް ޝައުގުވެރިވާ ބޮޑު ކޮމިއުނިޓީއެއް އޮންނައިރު، ރާއްޖެފަދަ ގައުމެއްގައި ބުޅަލަށް ހާއްސަ ރަށެއް ޒަމާނީ ހިދުމަތްތަކާއެކު ގާއިމުކުރުމުން އެކަމަށް ބޭރުގެ ފަރާތްތަކުގެ ޝައުގުވެރިކަންވެސް ބޮޑުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ބުޅަލަށް ހާއްސަކޮށް ހުޅުމާލޭގައި މިހާރު ތަރައްގީކޮށްފައިވާ އޮޅުހިޔާ ޝެލްޓަރުގައި 281 ބުޅާ ގެންގުޅެމުންދާއިރު، އޭގެ ތެރެއިން 35 ބުޅާ ގެނެސްފައިވަނީ މިދިޔަ މަހު އެވެ. 

އޮޅުހިޔާގެ ކެޕޭސިޓީ އިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމުމުން އޮޅުހިޔާގެ ކެޕޭސިޓީ 500 އަށް އިތުރުކުރެވޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox