މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

Oct 15, 2026, 10:38 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ރައީސާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ބައިވެރިވެ، އެ ގައުމުގެ އިމިގްރޭޝަން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން މި މަސް ނިމުމުގެ ކުރިން ގައުމުން ބޭރުވުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަންގައިފި އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 43 އަހަރުގެ އިމްރާން ޚާނަކީ އެމެރިކާގެ ރައްޔިތެކެވެ. އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން ބޭރު ގައުމުތަކުގެ ރައްޔިތުން ސިޔާސީ މުޒާހަރާތަކުގައި ބައިވެރިވުމަކީ އިމިގްރޭޝަނާއި ވިސާގެ ގަވާއިދުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނި ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިންޑިއާއިން ފުރައިގެން ދިއުމަށް އިމްރާން ޚާނަށް މިހާރު ވަނީ މުހުލަތެއް ދީފަ އެވެ.

Advertisement

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު މުމްބާއީގައި ބޭއްވި މުޒާހަރާއެއްގައި އިމްރާން ޚާން ބައިވެރިވީ، ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ފައިދާވާ ގޮތަށް ގެނައި ބަދަލުތަކެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، އިލެކްޝަން ކޮމިޝަނުގެ ޗީފް ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލުމަށެވެ.

މުޒާހަރާ ބޭއްވި ދުވަހު، ފުލުހުންގެ ވޭނެއްގެ ތެރޭގައި ހުރި ފޮޓޯއަކާއެކު އިމްރާން ޚާން އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ މިދަނީ "ބުރުޖަހާލަން" ކަމަށެވެ.

އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިމްރާން ޚާން ގާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ މުމްބާއީގެ ފުލުހުންގެ އިދާރާއަކަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން، އިންޑިއާގައި އުޅޭ ބޭރު ގައުމުތަކުގެ މީހުން މޮނިޓާކޮށް ބަލަހައްޓާ ފެޑަރަލް އެޖެންސީއެއް ކަމަށްވާ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީހުން ވަނީ އޭނާ ގައުމުން ފުރުމަށް އަންގައި ނޯޓިސް ފޮނުވާފަ އެވެ.

މަޝްހޫރު އެކްޓަރު އާމިރު ޚާންގެ އާއިލާއަށް ނިސްބަތްވާ އިމްރާން ޚާން ވަނީ 2008 އިން 2015 އާ ދެމެދު ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ފަހު، ކުއްލި ގޮތަކަށް ފިލްމީ ދާއިރާއާ ދުރަށް ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox