ތިލަފުށީ ބަނދަރު: ޗައިނާ ކުންފުންޏާއެކު ހެދި އެގްރިމެންޓުތައް ސިއްރުކޮށް، އަގު ހާމަކުރަން ވެސް ދެކޮޅު ހަދައިފި

އެމްޕީއެލް އިން ޗައިނާ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއި ކުރަނީ: އެ އެއްބަސްވުންތައް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ -- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ޗައިނާ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއި ކުރަނީ: އެ އެއްބަސްވުންތައް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ -- ފޮޓޯ: އެމްޕީއެލް

ކާރޫބާރޫ ބޮޑު ވެރި ރަށް މާލޭގައި ހިންގާ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު އިންޑަސްޓްރިއަލް އައިލެންޑް ތިލަފުއްޓަށް ބަދަލު ކުރުމުގެ ބައެއް މަސައްކަތް ހަވާލު ކުރި ޗައިނާ ހާބާ އިންޖިނިއަރިންއާއެކު ޕޯޓްސް ލިމިޓެޑުން ހެދި އެގްރިމެންޓުތައް ސިއްރުކޮށްފި އެވެ. 

ޗައިނާ ހާބާ އިންޖިނިއަރިންއާއެކު ސޮއި ކުރި ދެ އެއްބަސްވުން ސިއްރު ކުރުމުގެ އިތުރުން، އެއްބަސްވުންތަކުގެ ވެލިއު ނުވަތަ އަގު ހާމަ ކުރަން ވެސް އެމްޕީއެލް އިން ވަނީ ދެކޮޅު ހަދައިފަ އެވެ. މި ނޫހުން ގުޅުމުން އެމްޕީއެލްގެ އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގް ވިދާޅުވީ އެގްރިމެންޓުގެ އެއްވެސް ކަމެއް ހާމަކުރެވޭނީ ލޯޔަރުންނާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. 

"އަޅުގަނޑަށް އަގުތައް ދެވޭނީ ލޯޔަރުންނާ ވާހަކަ ދައްކައިގެން،" ޝަފީގް ވިދާޅުވި އެވެ. 

ޗައިނާ ހާބާ އިންޖިނިއަރިންނާއެކު އެމްޕީއެލް އިން ފުރަތަމަ އެއްބަސްވުން ހެދީ ފެބްރުއަރީ 5، 2026، ގަ އެވެ. އެއީ ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓެވެ. އެ އެގްރިމެންޓުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ މިހާރުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ލުއި ކުރަން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމެވެ. 

ޗައިނާ ކުންފުންޏާއެކު ދެ ވަނަ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 20، 2026، ގަ އެވެ. އެ އެގްރިމެންޓުގެ ދަށުން 375 މީޓަރުގެ އިންޓަނޭޝަނަލް ކީ ވޯލްއަކާއި، 14.6 މީޓަރުގެ ކޮންޓެއިނާ ވެސެލް ކީ ވޯލްއަކާއި 820 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލްއެކެވެ. 

އޭގެ އިތުރުން، 100 މީޓަރުގެ ކީ ވޯލެއް އަޅާށާއި 6775 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަން އެމްޓީސީސީއާ ވެސް އެމްޕީއެލް އިން ވަނީ ޖޫން 1، 2026، ގައި ހަވާލުކޮށްފަ އެވެ. 

ތިލަފުށީ ބަނދަރުގެ އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހެދިއިރު، ކުރީގެ ސަރުކާރުން ސިއްރު އެއްބަސްވުންތަކެއް ހެދި ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ތިލަފުށީ ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލު ކުރި ފަހުން އެ ތަން ބެލުމަށް އެމެރިކާގެ ސީނިއާ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ މައްސަލައިގައި އިންޑިއާ ސަރުކާރުން ވެސް ކަންބޮޑުވުން ފާޅު ކުރި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ލިޔެފައި ހުއްޓެވެ. 

އެއާއެކު، ތިލަފުށީ ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލު ކުރުމަކީ ރާއްޖޭގެ ޑިޕްލޮމެޓިކް ވިސްނުން ހާމަވާ ނިންމުމެއް ނޫން ކަމަށް ބުނެ ދިވެހި ހާރިޖީ އޮފީހުން ވަނީ ބަޔާނެއް ނެރަފަ އެވެ. 

"މި ޕްރޮޖެކްޓު އެވޯޑުކޮށްފައި ވަނީ މި ބާވަތުގެ ޕްރޮޖެކްޓުތައް އެވޯޑް ކުރުމަށް ހަމަޖެހިފައިވާ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް. އެ ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީއަށް ރިއާޔަތް ކުރުމަށްފަހު. އެ ނިންމުމަކީ ވަކި ގައުމަކާމެދު ދެކޭ ގޮތް ހާމަވާ، އަދި ވަކި ގައުމަކާ މެދު އޮތް ގުޅުމަކަށް ބަދަލެއް ވެސް އަންނާނެ ނިންމުމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox