ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކަމަށް ބުނެ ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ތިލަފުށީ ބަނދަރު ހަދާ ސަރަހައްދު: އެ ކުންފުނި ހެދި ވާހަކަ ސަރުކާރުން ހާމައެއް ނުކުރޭ -- ފޮޓޯ: އެމެރިކާ

ތިލަފުށީ ބަނދަރު ހަދާ ސަރަހައްދު: އެ ކުންފުނި ހެދި ވާހަކަ ސަރުކާރުން ހާމައެއް ނުކުރޭ -- ފޮޓޯ: އެމެރިކާ

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ކަމަށް ބުނެ ސަރުކާރުން "މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް ހަދައިފި އެވެ.

މިދިޔަ އޯގަސްޓު މަހު ރަޖިސްޓްރީ ކުރި އެ ކުންފުނީގެ ޝެއާހޯލްޑަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އަދަދު އަށް ޔަގީންވެފައި ގޮތުގައި އެ ކުންފުނި ހެދީ ތިލަފުށީގައި ބަނދަރު އަޅަން ހަމަޖެހިފައިވާ ބިން ގަންނަން ބޭނުންވާ ފައިސާ ނެތުމުންނެވެ. އަދި އާ ކުންފުނި ހެދުމުގައި އެސްޓީއޯ ބައިވެރި ކުރީ ކަރުދާހުގައި ކުންފުނި ވަރުގަދަ ކުރަން ކަމަށްވެ އެވެ. 

އެ ކުންފުނި ހެދިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ތިލަފުށީ ބަނދަރު ހެދުމުގެ ފުރަތަމަ ފޭސް ސަރުކާރުން ހަވާލު ކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލު ކުރީ ފެބްރުއަރީ، 2026، ގަ އެވެ.

ތިލަފުށީ ބަނދަރު ހެދުމުގެ ފުރަތަމަ ފޭސްގެ ދަށުން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ބަނދަރު ހެދުމުގެ ދިރާސާ އާއި ޑިޒައިންގެ މަސައްކަތެވެ. އޭގެ އިތުރުން ބަނދަރުގެ ކީވޯލް އެޅުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. 

ބަނދަރުގެ މަސައްކަތް ޗައިނާއާ ހަވާލު ކުރުމުން އެމެރިކާ އާއި އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ ވަކި ގައުމެއް އިސް ކުރުމުގެ ނިޔަތުގައި ނޫންކަން މި ފަހުން ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. 

"މި ޕްރޮޖެކްޓު އެވޯޑުކޮށްފައި ވަނީ މި ބާވަތުގެ ޕްރޮޖެކްޓުތައް އެވޯޑް ކުރުމަށް ހަމަޖެހިފައިވާ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް. އެ ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީއަށް ރިއާޔަތް ކުރުމަށްފަހު. އެ ނިންމުމަކީ ވަކި ގައުމަކާމެދު ދެކޭ ގޮތް ހާމަވާ، އަދި ވަކި ގައުމަކާ މެދު އޮތް ގުޅުމަކަށް ބަދަލެއް ވެސް އަންނާނެ ނިންމުމެއް ނޫން،" އިގްތިސާދީ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox