އައިސީސީ "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި

Oct 10, 2026, 5:00 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) "ރޫޅާލުމަށް" ކުރާ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ކޯޓާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފި އެވެ.

އެމެރިކާގެ ސަރުކާރުގެ އިދާރާތަކުންނާއި އެ ގައުމުގެ ކުންފުނިތަކުން އައިސީސީއާ އެކު އެއްވެސް މުއާމަލާތެއް ކުރުން މަނާކުރާ މި ފިޔަވަޅުތަކަކީ އެމެރިކާގެ އިސްތިގުލާލު ދިފާއުކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި އެވެ. އަދި އައިސީސީން މަސައްކަތް ކުރަނީ އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާ އުފުލުމަށް ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ކޯޓަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އައިސީސީން ބުނި ގޮތުގައި އެމެރިކާގެ މި ނިންމުމަކީ ގާނޫނީ ސިޔާދަތަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުގެ ބިންގަލަށް ދިން ހަމަލާއެކެވެ.

އެމެރިކާގެ ސަރުކާރުން މި ފިޔަވަޅުތައް އިއުލާންކޮށްފައި މިވަނީ، ސުލްހަޔާއި ބައިނަލްއަގުވާމީ ގާނޫނުތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، އައިސީސީގެ ކުރީގެ ފަނޑިޔާރު ނަވީ ޕިއްލޭއަށް 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމިކަން އިއުލާންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

އެމެރިކާއިން މީގެ ކުރިން ވެސް ވަނީ އައިސީސީގެ 17 ފަނޑިޔާރަކަށާއި އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. ނަމަވެސް، އަލަށް އެޅި މި ފިޔަވަޅުތަކަކީ މުޅި މުއައްސަސާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކެކެވެ. މީގެ ބޭނުމަކީ އެ ކޯޓުގެ މާލީ ހިންގުން ހުއްޓުވައި، ކޯޓު އިނދަޖައްސާލުން ކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް، މި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަންކަމަށް އަމަލުކުރަން ފެށުމުގެ ކުރިން އެމެރިކާ އިން ވަނީ ހަ މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ. މީގެ މާނައަކީ އެ މުއްދަތުގެ ތެރޭގައި އައިސީސީގެ މެންބަރު ގައުމުތަކަށް އެ ކޯޓުގެ ހިންގުމަށް ބޭނުންވާ ފައިސާ ދެއްކޭނެ ކަމެވެ. ވޮޝިންޓަނުން ބުނާ ގޮތުގައި މި މުހުލަތު ދިނީ އެމެރިކާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ގައުމުތަކަށް މަޝްވަރާ ކުރުމުގެ ފުރުސަތު ދިނުމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ އެމެރިކާގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ޖިނާއީ އަދުލުގެ ނިޒާމު ގާއިމުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށެވެ. އަދި އައިސީސީއަކީ އެ ނިޒާމުގެ މުހިންމު ތަނބެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އިނގިރޭސިވިލާތާއި، ކެނެޑާ، ޑެންމާކް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިޓަލީ، ޖަޕާން އަދި ނެދަލޭންޑްސް އިން ވަނީ އައިސީސީއަށް އޮތް އެއްބާރުލުން ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ހިތާމަކުރާ ކަމަށާއި އެ ނިންމުމާ މުޅިން ދެކޮޅު ކަމަށް އެ ގައުމުތަކުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ބޮޑެތި ޖަރީމާތަކުގެ ތުހުމަތު ކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި އަނިޔާ ލިބޭ މީހުންނަށް އެހީތެރިވުމަށް އައިސީސީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް އެ ގައުމުތަކުން ވަނީ ތައުރީފުކޮށްފަ އެވެ.

ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި، ނަސްލު ނައްތާލުމުގެ ކުށްތައް ބެލުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީގައި 125 ގައުމަކުން ބައިވެރިވެ އެވެ. ނަމަވެސް، ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތައް ކަމަށްވާ އެމެރިކާ، ރަޝިއާ، ޗައިނާ، އިންޑިއާ އަދި އިސްރާއީލަކީ އެ ކޯޓުގެ މެންބަރު ގައުމުތަކެއް ނޫނެވެ.

ޓްރަމްޕްގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އައިސީސީ ހިންގަނީ އެމެރިކާގެ އިސްތިގުލާލަށް ނުރައްކާކުރާ ބައެކެވެ.

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގައި ހިންގި އަމަލުތަކާ ގުޅޭ ގޮތުން އައިސީސީން ކުރިން ކުރިއަށް ގެންދިޔަ ތަހުގީގާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އެ ގައުމުގެ އިސް އޮފިޝަލުން ހައްޔަރުކުރުމަށް ނެރުނު އަމުރުތަކާ ގުޅިގެން އެމެރިކާ އޮތީ ވަރަށް ބޮޑަށް ނުރުހިފަ އެވެ. އެހެންނަމަވެސް، އަލަށް އިއުލާންކުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްޓަކައި، އެ އަމުރުތައް އަނބުރާ ގެންދަން ޖެހޭނެ ކަމަކަށް އެމެރިކާގެ ނިންމުމުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox