ތެލުގެ އަގު ދަށްކުރުމަށް އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ، ނިންމުމަށް ޒެލެންސްކީގެ ފާޑުކިޔުން

Oct 10, 2026, 7:36 AM
އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށް ރަޝިއާއިން ޑީސަލް އެތެރެކުރުމުގެ އެއްބަސްވުމެއް ހަދައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ވިދާޅުވި ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ 300,000 ޓަނުގެ ޑީސަލް ވަގުތުން އެމެރިކާ އަދި ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދިނުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ނޮވެމްބަރު މަހު 500,000 ޓަނު، އަދި ފަހުން އިތުރު 1 މިލިއަން ޓަނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން 'ޓްރުތް ސޯޝަލް' ގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުގެ ހާލަތަށް ބަލައި ކުރު މުއްދަތެއްގެ ތެރޭގައި އިތުރު 3 މިލިއަން ޓަނުގެ ޑީސަލް ފޯރުކޮށްދޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ޓްރެޝަރީއިން ވަނީ ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އޭޕްރީލް 7 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލުމުގެ ވަގުތީ ލައިސަންސެއް ދޫކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ބޭންކުތަކުގައި ހުރި ރަޝިއާގެ އެހެނިހެން މުދާތަކާއި ފައިސާ އަދިވެސް ހުރީ ހިފެހެއްޓިފަ އެވެ.

ޔޫކްރެއިން އަދި އިނގިރޭސިވިލާތުގެ ކަންބޮޑުވުން

މި ނިންމުމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ޕޫޓިންއަށް ދެވުނު ހަދިޔާއެކެވެ. އަދި މިއީ ހުއްޓުމަކަށް ގެންނަންޖެހޭ ހަނގުރާމައެއް ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އެގައުމުގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި، ޔޫކްރެއިނަށް ބޭނުންވާ އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރާނެ ކަމަށެވެ. އަދި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނެކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ.

މާހިރުންގެ ބަސް އަދި ސިޔާސީ މަގުސަދު

މިކަމާ ގުޅޭގޮތުން މާހިރުން ބުނާ ގޮތުގައި ޓްރަމްޕް އިއުލާންކުރެއްވި އަދަދުތަކަކީ އެމެރިކާގެ ޑިމާންޑާ އަޅާބަލާއިރު ނިސްބަތުން މަދު އަދަދުތަކެކެވެ. ފުރަތަމަ ގެންނަ 300,000 ޓަނަކީ ގާތްގަނޑަކަށް 2.25 މިލިއަން ފީފާއެވެ. ނަމަވެސް އެމެރިކާގައި ދުވާލެއްގެ މައްޗަށް 3.8 މިލިއަން ފީފާގެ ޑީސަލް ބޭނުންކުރެއެވެ. އެހެންކަމުން މީގެ ސަބަބުން އެމެރިކާގެ ޕަމްޕުތަކުގައި ތެލުގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެކަމަށް އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓުން ލަފާކުރެއެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ކުރިއަށް އޮތް ކޮންގްރެސްގެ މިޑްޓަރމް އިންތިހާބުގެ ކުރިން އިންފްލޭޝަން ދަށްކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެކެވެ.

ފެބްރުއަރީ މަހު ފެށުނު އީރާނު ހަނގުރާމައާއެކު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ލޮޅުންތަކުގެ ސަބަބުން އެމެރިކާގައި ޑީސަލް ގޭލަނެއްގެ އެވްރެޖް އަގު މިހާރު ހުރީ 6.28 ޑޮލަރުގައެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން އާންމުންގެ މެދުގައި ޓްރަމްޕްގެ ސަރުކާރަށް އޮތް ތާއީދަށް ވަނީ ނުރަނގަޅު އަސަރުތަކެއް ކޮށްފައެވެ.

ޔޫކްރެއިނުން ދާދި ފަހުން ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ރަޝިއާގެ ޑީސަލް އުފެއްދުން ވަނީ 30 ޕަސެންޓު ދަށަށް ގޮސްފައެވެ. ޓްރަމްޕް ވަނީ ތެލުގެ އަގު އުފުލުމުގެ ޒިންމާ މި ހަމަލާތަކުގެ ބޮލުގައި އަޅުވައިފައެވެ. ނަމަވެސް ޒެލެންސްކީ ވަނީ އެ ހަމަލާތައް ދިފާޢުކުރައްވައި، އެއީ ރަޝިއާއިން ޔޫކްރެއިންގެ އުމްރާނީ ވަސީލަތްތައް ހަލާކުކުރަމުންދާތީ ދިން ރައްދު ހަމަލާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މި އެއްބަސްވުމަކީ އެމެރިކާގެ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ސަބަބަކީ ދާދި ފަހުން އެމެރިކާގެ ކޮންގްރެސްއިން ވަނީ ރަޝިއާގެ ތެޔޮ އެތެރެކުރާ ގައުމުތަކާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފްތައް ތަޢާރަފުކުރުމުގެ ބިލެއް ފާސްކޮށް، ޚުދު ރައީސް ޓްރަމްޕް އެ ބިލްގައި ސޮއިކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox