ނެޓްވޯކްތަކަށްވުރެ ބޮޑު ގުޅުމެއް: ދިރާގުން ރާއްޖޭގެ މުޖުތަމައުތައް ބާރުވެރިކުރުވަނީ ކިހިނެއް؟

ދިރާގު ހެޑް އޮފީސް

ދިރާގު ހެޑް އޮފީސް

ދިރާގުން މުޖުތަމައަށް ކުރާ އަސަރު ހަމައެކަނި އެންޓަނާ ތަކާއި ކޭބަލްތަކުން މިންކުރެވޭކަށް ނެތެވެ. އެ ކުންފުނީގެ ހިދުމަތުގެ މުހިންމުކަން، ދުވުމުގެ މުބާރާތްތަކުގެ ނިންމާ ރޭހުންނާއި، ސްކޫލްތަކުގެ ފަތާ މުބާރާތްތަކުގެ އިތުރުން، ރަށްރަށުގައި ދިރިއުޅޭ އާއިލާތަކުން ބޭރުގައު ތިބި ގާތްތިމާގެ މީހުންނަށް ކުރާ ފުރަތަމަ ވީޑިއޯ ކޯލުން ވެސް އިހުސާސްކުރެވެއެވެ. މުޅި ރާއްޖޭގައި، މީހުން އެއްބައިވަންތަކޮށްދޭ ކޮންމެ ދުވަހެއްގެ އާންމު ކަންކަމުގެ ތެރެއިން އެ ކުންފުނީގެ ހިއްސާ ފެންނަން އެބައޮތެވެ.

އެންމެނަށް ހަމަހަމަ ފުރުސަތު

ޑިޖިޓަލް މުސްތަގުބަލެއްގެ ފައިދާ އެންމެ ފުރިހަމައަށް ކުރާނީ، އެކަމުގައި އެންމެންގެ ބައިވެރިވުން އޮވެގެންނެވެ. މީހަކު ހުރި ތަނަކަށް، އުމުރަކަށް، ނުކުޅެދުންތެރިކަމަކަށް ނުވަތަ އާއިލީ ފަސްމަންޒަރަކަށް ބެލުމެއްނެތް ގޮތެއްގައި، ގައުމީ ކުރިއެރުމުގައި ބައިވެރިވެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދެނީ ޑިޖިޓަލް ވަސީލަތްތައް އެންމެންނަށް ފޯރުކޮށްދީގެންނެވެ.

ދިރާގުގެ އިންފްރާސްޓްރަކްޗާ ބިނާކޮށްފައިވަނީ އެ މަގްސަދު ހާސިލުކުރުމަށެވެ. މުޅި ރާއްޖެއަށް ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑާއި 100 އިންސައްތަ މޯބައިލް ކަވަރޭޖުގެ ސަބަބުން، ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތުމުން ކުރިމަތިވާ ދަތިތަކަށް ހައްލު ލިބި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މުޖުތަމައަކަށް ވެސް ޑިޖިޓަލް ހިދުމަތްތައް ވަނީ ގާތްކޮށްދީފައެވެ.

ކަވަރޭޖަށްވުރެ ފުޅާ ހިދުމަތެއް

ދިރާގުން ދެކޭގޮތުގައި މުވާސަލާތީ ގުޅުމަކީ ހަމައެކަނި ފެށުމެކެވެ. ޑިޖިޓަލް ވަސީލަތްތައް އެންމެންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރޭގައި، ޑިޖިޓަލް ކަންކަމަށް އަހުލުވެރިކުރުވުމާއި، ތައުލީމާއި ހުނަރު ތަރައްގީކުރުމުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ ބޭނުމަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި އިތުބާރާއެކު މާނަހުރި ގޮތެއްގައި ބައިވެރިވުމަށް ރައްޔިތުންނަށް އެހީތެރިވުމެވެ.

ގައުމެއް ފުރިހަމައަށް ގުޅާލެވިފައިވާ ކަމަށް ބެލެވެނީ ހަމައެކަނި ނެޓްވޯކް ކަވަރޭޖަކުން ނޫނެވެ. އެއީ މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމަށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި ބާރުވެރިކަން ލިބިފައިވާ މިންވަރުގެ މައްޗަށެވެ.

މުޖުތަމައުތައް ބަދަހިކުރުން

ދިރާގުން މުޖުތަމައުގެ ކުރިއެރުމަށް ކުރާ މަސައްކަތްތައް ބިނާވެފައިވަނީ އެ ފަލްސަފާގެ މައްޗަށެވެ. މީގެ ތެރޭގައި ތައުލީމާއި، ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދިނުމާއި، ސިއްހަތާއި ދުޅަހެޔޮކަމާއި، މުޖުތަމައު ތަރައްގީކުރުމާއި، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ހިމެނެއެވެ. މުޅި ރާއްޖޭގައި އެ ކުންފުނީގެ ހިދުމަތް އޮތުމުން، ވެރިރަށް މާލޭގެ އިތުރުން އެހެން ރަށްރަށުގެ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ހިއްސާވުމުގެ ފުރުސަތު ދިރާގަށް ލިބިގެންދެއެވެ.

ކޮންމެ އުމުރަކަށް އަދި ކޮންމެ ގާބިލިއްޔަތަކަށް ކުޅިވަރު

ކުޅިވަރަކީ މީގެ އެންމެ ސާފު އެއް މިސާލެވެ. ކޮންމެ އަހަރަކު ވެސް ދިރާގުން އަންނަނީ ފުޓްބޯޅަ، މޫދުގައި ފަތާ މުބާރާތްތައް، ދުވުން، ޓެނިސް، ނެޓްބޯޅަ، ބާސްކެޓްބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ އަދި އީ-ސްޕޯޓްސް ފަދަ ތަފާތު ކުޅިވަރުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިހާ ގިނަ ކުޅިވަރުތަކަށް އެހީތެރިވަނީ ގަސްދުގައެވެ. އޭގެ ސަބަބުން ތަފާތު އުމުރުފުރާތަކުގެ، ތަފާތު ޝައުގުވެރިކަން ހުންނަ އަދި ތަފާތު ގާބިލިއްޔަތު ހުންނަ މީހުންނަށް މުބާރާތްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދެއެވެ.

މުޅި ގައުމު ބައިވެރިވާ ދުވުމުގެ ތަޖުރިބާ

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މި މަސައްކަތުގެ ނަތީޖާ ފެންނަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ މިހާރު ހަމައެކަނި ކުޅިވަރު ހަރަކާތެއް ނޫނެވެ. މިއީ އާއިލާތަކާއި، ސްކޫލްތަކާއި، އޮފީސްތަކާއި، ދުވުންތެރިންގެ މުޖުތަމައު އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް އެއްތަނަކުން ބައްދަލުވާ ގައުމީ ތަޖުރިބާއެކެވެ.

މި ދުވުމުގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރު ލިބި، މުޖުތަމައުގެ ގުޅުންތައް ބަދަހިވެގެންދެއެވެ. ގިނަ ބައިވެރިންނަށް މިއީ ދުވުން ނިމުމަށްފަހު ވެސް، ގިނަ ދުވަސްތަކެއް ވަންދެން ހަނދާނުގައި ހުންނާނެ އުފާވެރި ތަޖުރިބާތަކެއް ލިބިގެންދާ ހަރަކާތެކެވެ.

ކަނޑުފަޅުތައް ހިމާޔަތްކުރުން

މުޖުތަމައުގެ ދުޅަހެޔޮކަން ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށެވެ. ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމަށް ދިރާގުން ހިންގާ ތިމާވެށީގެ ހަރަކާތްތަކުގެ ސަބަބުން، ދިވެހިންގެ ދިރިއުޅުމާއި އާމްދަނީ ބިނާވެފައިވާ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް މުޖުތަމައުތަކަށް އެހީތެރިކަން ލިބެއެވެ. ކަނޑާއި ފަޅުގެ މައްޗަށް ދިރިއުޅުން ބިނާވެފައިވާ ގައުމެއްގައި، ތިމާވެށި ހިމާޔަތްކުރުމަކީ މުޖުތަމައުތައް ރައްކާތެރިކުރުމުގެ ބައެކެވެ.

ދިރިއުޅުން އާރާސްތުކުރުން، އެކަކުވެސް ބާކީނުކޮށް

ދިރާގުގެ މަގްސަދަކީ ދިރިއުޅުން އާރާސްތުކޮށްދިނުމުގައި އެކަކުވެސް ބާކީނުކުރުމެވެ. އޭގެ މާނައަކީ ޑިޖިޓަލް ވަސީލަތްތައް އެންމެންނަށް ލިބޭ މުޖުތަމައުތަކެއް ބިނާކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށާއި، ބަދަހި ގުޅުންތަކެއްގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލަކަށް އިންވެސްޓްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox