ވޯޓާ ލިސްޓަށް ގެނައި ބަދަލާ ދެކޮޅަށް ދިއްލީގައި ޒުވާނުން ކުރި މުޒާހަރާއިން އެތައް ބަޔަކު ހައްޔަރުކޮށްފި

Oct 4, 2026, 9:01 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި ބަދަލުތަކާ ދެކޮޅަށް "ޖެން-ޒީ" އިސްވެ އޮވެ އުފައްދާފައިވާ ކޮކްރޯޗް ޖަންތާ ޕާޓީ އާއި އިދިކޮޅު އެހެން ޖަމާއަތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކަށް ހުރަސްއަޅައި، ހޮނިހިރު ދުވަހު ވެރިރަށް ނިއު ދިއްލީން ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

މިއީ މި މައްސަލައިގައި އެ ގައުމުގައި މުޒާހަރާ ކުރި ދެވަނަ ދުވަހެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ވޯޓާ ލިސްޓަށް ގެނައި ބަދަލުތަކަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރާ ޕާޓީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. އެހެންކަމުން، އެ މީހުން ދަނީ އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

މިއީ މި އަހަރުގެ ތެރޭގައި ޒުވާނުން އިސްވެ އޮވެ އިންޑިއާގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެންމެ ފަހުގެ ހަރަކާތެވެ. މި މުޒާހަރާތަކުގެ ސަބަބުން، މޯދީގެ 12 އަހަރުވީ ވެރިކަމުގައި މީގެ ކުރިން ކުރިމަތިނުވާ ފަދަ ބޮޑު ފިއްތުންތަކެއް ސަރުކާރަށް ވަނީ ކުރިމަތިވެފަ އެވެ.

ހޮނިހިރު ދުވަހު ގާތްގަނޑަކަށް 100 އެއްހާ މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ކަންކަމަށް ޖަހާފައި ހުރި ބެރިކޭޑްތައް ފަހަނައަޅައި ގޮސް، އަޑުއުފުލާފަ އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ފުލުހުން ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެންނެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މިނިވަން މެންބަރު ކަޕިލް ސިބަލް އާއި، ވާތުފިޔަހުގެ "އޯލް އިންޑިއާ ސްޓޫޑެންޓްސް އެސޯސިއޭޝަން" ގެ ރައީސް ނޭހާ ބޯރާގެ އިތުރުން ސިޔާސީ ހަރަކާތްތެރިން ކަމަށްވާ ޕްރަޝާންތު ބުޝާން އާއި ޔޯގެންދުރަ ޔާދަވް ހިމެނެ އެވެ.

މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދާއި އެ މީހުންގެ ވަނަވަރު ހާމަކުރުމަށް ފުލުހުން ވަނީ އިންކާރުކޮށްފަ އެވެ.

"ފުރަތަމަ އެ މީހުން ވޯޓާ ލިސްޓުން މީހުންގެ ނަންތައް އުނިކުރީ. މިހާރު އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ފުރުސަތެއް ވެސް ނުދޭ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނޭހާ ބޯރާ ރޮއިޓާސްއަށް ބުންޏެވެ.

އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ ގިޔާނޭޝް ކުމާރު، މި މުޒާހަރާތަކާ ގުޅިގެންނާއި އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާ ގޮވާލުންތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ހުކުރު ދުވަހު ވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެއްވިޔަނުދީ ހުރަސްއަޅައި، ބައެއް މީހުން ބަސްތަކަށް އަރުވައިގެން ގެންގޮސްފަ އެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އެ ސަރަހައްދާ ކައިރި ބައެއް މެޓްރޯ ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ހުކުރު ދުވަހު ހައްޔަރުކުރި ގިނަ ބަޔަކު ފަހުން ދޫކޮށްލި ނަމަވެސް، ދިއްލީގައި މީހުން އެއްވެ އުޅުން މަނާކޮށް ނެރެފައިވާ އަމުރާ ޚިލާފުވި ކަމުގެ ތުހުމަތުގައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ފުލުހުންގެ މަސްދަރަކުން މައުލޫމާތު ދެ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިދިޔަ އަހަރު މުޅި ގައުމުގައި ފެށި ވޯޓާ ވެރިފިކޭޝަންގެ މަސައްކަތުގެ ސަބަބުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ އެތައް މިލިއަން ރައްޔިތުންނެއްގެ ނަން ވަނީ ވޯޓާ ލިސްޓުން އުނިވެފަ އެވެ.

އިންޑިއާގެ އެންމެ އިތުބާރު ހުރި މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އިލެކްޝަން ކޮމިޝަނުން ބުނަނީ، މި މަސައްކަތަކީ ލިސްޓުގައި ތަކުރާރުވެފައިވާ ނަންތަކާއި، މަރުވެފައިވާ މީހުންނާއި، ވޯޓުލުމުގެ ޝަރުތު ހަމަނުވާ މީހުންގެ ނަންތައް އުނިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް، އަލަށް ވޯޓުލުމުގެ ހައްގު ލިބޭ މީހުންނާއި ވޯޓާ ލިސްޓުން ނަން އުނިވެފައިވާ މީހުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުކުރު ދުވަހު ވަނީ އޮފިޝަލުންނަށް އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox