ނެސްލޭ ޑެއިރީ ވައިޓްނާ ސިއްހަތަށް ނުރައްކާތެރި ކަމަށް އިންޑިއާއިން ބުނެފި

Oct 5, 2026, 6:30 AM
ފޮޓޯ: މިލެނިއަމް ޕޯސްޓް

ފޮޓޯ: މިލެނިއަމް ޕޯސްޓް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ލަލިތު ހޮޓަލުން ނެގި ނެސްލޭ ކުންފުނީގެ "ލޯ ފެޓް ޑެއިރީ ވައިޓްނާ" ގެ ސާމްޕަލެއް ތަހުލީލުކުރުމަށް ފަހު، އެއީ ސިއްހަތަށް ނުރައްކާތެރި އަދި ފެންވަރު ދަށް އެއްޗެއް ކަމަށް އެ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އިދާރާއިން ހޮނިހިރު ދުވަހު ބުނެފި އެވެ.

އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ (އެފް.އެސް.އެސް.އޭ.އައި) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ލެބޯޓްރީ ތަހުލީލުތަކުން އެ ސާމްޕަލް މިންގަނޑުތަކަށް ނުފެތޭކަން ހާމަވެފައިވާ ކަމަށެވެ. އަދި އެ އުފެއްދުން ވިއްކުން ވަގުތުން ހުއްޓާލުމަށް ލަލިތު ހޮޓަލަށް މިހާރު ވަނީ އަންގާފަ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާއިން މި މައްސަލައިގެ ފުރިހަމަ ރިޕޯޓު އަދި އާންމެއް ނުކުރެ އެވެ.

ނެސްލޭ އިންޑިއާއިން ބުނި ގޮތުގައި އެ ކުންފުނީގެ އުފެއްދުމަކީ ބޭނުންކުރަން ރައްކާތެރި، އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފެތޭ އުފެއްދުމެކެވެ. އެ ކުންފުނިން އިތުރަށް ބުނީ، އެފް.އެސް.އެސް.އޭ.އައިގެ ރިޕޯޓުގައި ފޮސްފަރަސް ހުރި މިންވަރު ބަލާފައިވަނީ ކިރުގެ ބާވަތްތަކުގައި ގުދުރަތީ ގޮތުން ހުންނަ ފޮސްފަރަސްއަށް ރިއާޔަތްނުކޮށް، ހަމައެކަނި އިތުރުކުރާ ފޮސްފަރަސްގެ މިންގަނޑުން ކަމަށެވެ.

ނެސްލޭގެ ތަރުޖަމާނު ވިދާޅުވީ، މި މައްސަލައިގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، ކިރުގެ ބާވަތްތަކުގައި ގުދުރަތީ ގޮތުން ފޮސްފަރަސް ހުންނަކަން ސާބިތުކޮށްދިނުމަށް އެފަދަ އެހެން އުފެއްދުންތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ލަލިތު ހޮޓަލުން ވަކި އެއްޗެއް ނުބުނެ އެވެ.

ނެސްލޭގެ އުފެއްދުންތަކަށް އެންމެ ބޮޑު ތަރުހީބެއް އޮންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ރެގިއުލޭޓަރީ އިދާރާއިން މިދިޔަ ސެޕްޓެމްބަރު މަހު ވެސް ވަނީ ނެސްލޭގެ ތުއްތު ކުދިންގެ ކާނާގެ ސާމްޕަލެއް ފެންވަރު ދަށް ކަމަށް ނިންމައި، ސްވިޒަލޭންޑުގެ މި ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފަ އެވެ.

އެ ފަހަރު ވެސް ނެސްލޭއިން ބުނެފައިވަނީ އެ ކުންފުނީގެ އުފެއްދުންތަކަކީ ކަނޑައެޅިފައިވާ ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ފެތޭ ތަކެތި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

Newsletter

Get the latest news delivered straight to your inbox