ބިދޭސީ ކުންފުނިތަކަށް ރާއްޖޭގައި ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ކުރުން މަނާވެއްޖެ

Oct 9, 2026, 8:31 AM
ދެ މީހަކު ފިހާރައެއްގެ ތެރޭގައި ވިޔަފާރި ކުރަނީ -- ފޮޓޯ: އަދަދު ފައިލް

ދެ މީހަކު ފިހާރައެއްގެ ތެރޭގައި ވިޔަފާރި ކުރަނީ -- ފޮޓޯ: އަދަދު ފައިލް

ބޭރުގެ ހިއްސާ އޮންނަ ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ރާއްޖޭގައި ވިޔަފާރި ކުރުން މަނާވެއްޖެ އެވެ. 

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ. 

އެއާއެކު، ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަނުކޮށް ވިޔަފާރި ކުރިއަށް ނުގެންދެވޭނެ އެވެ.

Advertisement

މިނިސްޓްރީން ބުނި ގޮތުގައި، މި ބަދަލުގެ އަސަރުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ލޯކަލައިޒްކުރުމާއި، ކުންފުނި އަލުން ބައްޓަންކުރުން ފަދަ ފިޔަވަޅުތަކުގެ އެހީގައި އުސޫލުތަކަށް ފެއްތުމަށް އެދި ހުށަހަޅާފަ އެވެ. މިހާރު އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރަސްމީކޮށް މިނިސްޓްރީއާ ގުޅިގެން އުސޫލުތަކަށް ފެއްތުމުގެ މަސައްކަތް ފަށާފައިވާ ކުންފުނިތަކުން، މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ފުރިހަމަނުވެ ހުރި ކަންކަން ނިންމަން ޖެހޭނެ އެވެ. އަދި އެ މަސައްކަތްތައް ތަރުތީބުން ނިންމުމަށްޓަކައި އެ ކުންފުނިތަކާ އެކު ސީދާ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންތިގާލީ މަރުހަލާގެ އެޕްލިކޭޝަން ހުށަހަޅާފައި ނުވާ ނުވަތަ މިނިސްޓްރީއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކުންފުނިތަކަށް، ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ރަސްމީ ނޯޓިސް ފޮނުވާނެ އެވެ. އެ ނޯޓިސްގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ހުއްދަ ނޫން ވިޔަފާރި ހަރަކާތްތައް ހުއްޓާލުން ހިމެނޭހެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިތަކުން އަޅަން ޖެހޭނެ އެވެ.

ކަނޑައެޅިފައިވާ ޝަރުތުތަކަށް ނުވަތަ މިނިސްޓްރީގެ އިރުޝާދުތަކަށް އަމަލުނުކޮށްފި ނަމަ، އެއީ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އެފަދަ ހާލަތްތަކުގައި ގާނޫނުގެ 24 ވަނަ މާއްދާ އާއި 25 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ކުރިން މިނިސްޓްރީއާ ގުޅިފައިވީ ނަމަވެސް ނުވަތަ ނޫން ނަމަވެސް، އުސޫލުތަކަށް އަމަލުނުކުރާ ކުންފުނިތަކާ މެދު ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.

ލޯކަލައިޒްކޮށްގެން (ދިވެހި ހިއްސާ ހިމަނައިގެން) މި ދާއިރާތަކުގައި ދެމިތިބެން ބޭނުންވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިލްކުވެރިކަން ބަދަލުކުރާ ގޮތަކީ އުސޫލުތަކާ އެއްގޮތްވާ ގޮތެއްކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، ހިއްސާ ބަދަލުކުރުމުގެ ނަތީޖާއަކަށް ވާންޖެހޭނީ ވިޔަފާރީގެ މިލްކުވެރިކަމާއި ހިންގުމުގައި ދިވެހިންގެ ހަގީގީ އަދި މާނަހުރި ބައިވެރިވުމެއް އޮތުމެވެ.

ހިއްސާ ބަދަލުކުރުމުގެ އާންމު ޝަރުތުތަކުގެ އިތުރުން، މިފަދަ ކުންފުނިތަކުން އިތުރު މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ. އެގޮތުން މިނިސްޓްރީން ބަލާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

- މިލްކުވެރިކަން ބަދަލުކުރި ގޮތާއި އޭގެ މިންވަރު

- ހިއްސާގެ އަގު އަދާކުރުމަށް ނިންމާފައިވާ އިންތިޒާމުތައް

- ފައިސާ ހޯދި ގޮތާއި ފައިނޭންސް ކުރި ގޮތް

- މަންފާލިބޭ ހަގީގީ މިލްކުވެރިޔާ (ބެނެފިޝަލް އޯނަރޝިޕް) އަދި ކުންފުނި ކޮންޓްރޯލްކުރާ ފަރާތް

- ހިއްސާ ބަދަލުކުރި ބޭރުގެ ފަރާތުގެ ނުވަތަ ގުޅުންހުރި ފަރާތެއްގެ އެއްވެސް މަސްލަހަތެއް ނުވަތަ ހައްގެއް އޮތްތޯ ބެލުން

- އަލަށް ގުޅުނު ދިވެހި ހިއްސާދާރުންގެ ދައުރާއި ބައިވެރިވުން

މިނިސްޓްރީން ބުނީ މިކަމުގެ މަގްސަދަކީ ލޯކަލައިޒްކުރުމަކީ ހަމައެކަނި ނަމެއްގައި ނުވަތަ ލިޔެކިޔުމެއްގައި ހިއްސާ ބަދަލުކުރުމުގެ ބަދަލުގައި، އަމަލީ ގޮތުން މިލްކުވެރިކަމާއި ބައިވެރިވުން ބަދަލުވުން ކަން ކަށަވަރުކުރުން ކަމަށެވެ. މިފަދަ ހިއްސާ ބަދަލުކުރުމުގެ އިތުރު ތަފްސީލީ އުސޫލުތައް ވަކިން އާންމުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox