ބީއެމްއެލް މެދުވެރިކޮށް ފޮނުވާ ޓީޓީ ދެތިން ހަފްތާ ލަސްވެ، ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކެއް

ބީއެމްއެލްގެ ސީއީއޯ ޝަރީފު: ޓީޓީތައް ހެދުމުން ޕ--- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ ސީއީއޯ ޝަރީފު: ޓީޓީތައް ހެދުމުން ޕ--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފޮނުވާ ޓީޓީތައް ޕްރޮސެސްވުމަށް ދެތިން ހަފްތާ ހޭދަވެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިތަކުން އަދަދު ނޫހާ ހިއްސާކޮށްފި އެވެ. 

އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ޓީޓީކަށް ބޭނުންވާ ފައިސާ ހަމަކޮށް ޓީޓީކުރުމުން ޕްރޮސެސްކުރަން 15 ދުވަހާއި 20 ދުވަސްވެސް އެބަ ނަގާ ކަމަށެވެ. ޓީޓީތައް ޕްރޮސެސްވުން ލަސްވުމާ ގުޅިގެން ވިޔަފާރިތަކުން ގެންނަން ބޭނުންވާ މުދާތައް ގެނައުމުގައި ލަސްވެގެން، ގެއްލުންތައް ވަމުންދާ ކަމަށް އެ ވިޔަފާރިތަކުން ބުނެ އެވެ. 

"ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ޕްރޮސެސިން ގައި ހުރިކަމަށް ބުނެ ދެތިން ހަފްތާ ވަންދެން ހިފަހައްޓަމުންދާތީ، ވިޔަފާރިތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައި،" އެކްސްގައި ވިޔަފާރިވެރިޔަކު ބުންޏެވެ. 

މީގެއިތުރުން އެ ވިޔަފާރިވެރިޔާ ބުނީ  ބައެއް ޓީޓީތަކަށް އެއްވެސް ވަރަކަށް ޑޮލަރު ސަޕޯޓު ނުލިބޭތީ، އެކަމުގައި ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން ކަޅު ބާޒާރުން އަގުބޮޑުކޮށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ޑޮލަރު ތާށިކަމާ ހުރެ ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ. 

އިމްޕޯޓް މުދާ ބޭރުން ގެންނައިރު ފޭކް ޓީޓީ ހަދައިގެން ބޭންކުތަކުން ދޫކުރާ ބޭރު ފައިސާގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ހާއްސަ މަސައްކަތްތަކެއް ފައްޓާފައިވާ ކަމަށް އެމްއެމްއޭއިން އޮގަސްޓް 25، ގައި ވަނީ ބުނެފަ އެވެ.  އޭގެއިތުރުން ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަންވެސް ފިޔަވަޅުތައް އަޅާފަ އެވެ. 

ވިޔަފާރިތަކުން ޑޮލަރުން ހަދާ ޓީޓީގެ 50 ޕަސަންޓު ރަސްމީ ރޭޓުގައި މިހާރު ލިބޭ ކަމަށް ރައިސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ނަމަވެސް، އެއްވެސް ސަޕޯޓަކާ ނުލައި ވިޔަފާރިތަކުން އަމިއްލައަށް ހަދާ ޓީޓީތައްވެސް ޕްރޮސެސްނުވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. 

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ މީގެކުރިން ދުވަހަކު ނުއުފުލޭ މިންވަރަށް ބޮޑުވެފަ އެވެ.  ނަމަވެސް ބީއެމްއެލްގެ އިތުރުން ސަރުކާރުން ދަނީ ޑޮލަރުގެ ތާށިކަން ރާއްޖެއަށް ދިމާނުވާ ކަމަށް ދައްކައި އަޮޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ ސައިޓުތަކުން ވިޔަފާރި ނުކުރެވޭކަމުގެ ޝަކުވާތައް ބޮޑެވެ. އޭގެއިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށްދާ މީހުންނާއި އަމިއްލަ އެހެން ފަރުދުންނަށްވެސް ކާޑުތައް ބޭނުންކޮށްގެން ވިޔަފާރި ނުކުރެވޭ ކަމުގެ ޝަކުވާތައް ބޮޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox