ކުރީގެ އެންމެ އިސް އެއް ފާދިރީ ރޭޕްގެ ކުށުގައި ޖަލަށް
އޮސްޓްރޭލިއާގެ ކެތޮލިކް ފައްޅީގެ ކުރީގެ އިސް ފާދިރީ ކްރިސްޓޮފާ ސައުންޑާސް، ދެ ޒުވާނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަ އަހަރާއި ބައިގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ރޭޕްގެ ދައުވާއަކާއި ބަދުއަޚުލާގީ އަމަލު ހިންގުމުގެ 12 ދައުވާއެއް ސާބިތުވެފައިވާއިރު، މިއީ މިފަދަ ބޮޑު ކުށެއް ސާބިތުވި ފައްޅީގެ އެންމެ އިސް އެއް ލީޑަރެވެ.