ވަގު ޓީޓީތަކެއް ހެދި މައްސަލައިގައި 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް ބަދަލުކޮށްފި

ވަގު ޓީޓީ ފޮނުވައިގެން މުދާ ގަތް މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު

ވަގު ޓީޓީ ފޮނުވައިގެން މުދާ ގަތް މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު

ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލައި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހަސަން ޝިފާއު ގޭބަންދަށް ބަދަލުކޮށްފި އެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޝިފާއު ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތާ ގުޅޭ ކަމެއްގައި ވަގުތީ ގޮތުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަނުން ނުދެ އެވެ. 

ވަގު ޓީޓީ މައްސަލައިގައި ޝިފާއުގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ މައްސަލައެއް ވެސް ވަނީ ސާބިތުވެފަ އެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެވެ.

Advertisement

މި މައްސަލައިގައި ޝިފާއުގެ މައްޗަށް އަދަބު ކަނޑައެޅި ޝަރީއަތުގައި ވެސް އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އޭނާ ޝަރީއަތުގައި އޭރު ބުނީ އެގޮތަށް އެދެނީ މައްސަލައިގައި ފައިސާ ދޭންޖެހޭ މީހުންނަށް ފައިސާ ދެވޭނީ ގޭބަންދުގައި ހުރެގެން ކަމަށް ވާތީ ކަމަށެވެ. 

މީގެއިތުރުން މި މައްސަލައިގައި ޝިފާއު ޖަލު ހުކުމް ތަންފީޒު ނުކުރާ ގޮތަށް އިއުތިރާފްގެ އެއްބަސްވުމެއް ހަދަން ދައުލަތުން ނިންމި ނަމަވެސް އެ ފުރުސަތު ނުދޭން ގާޒީ ނިންމެވި އެވެ.

މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ ޝިފާއުގެ މައްޗަށް އުފުލި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަަ ދައުވާއަށް ނުވަ އަހަރާއި 10 މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް އަދަބެއް، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަށް 30 އަހަރުގެ ޖަލު އަދަބެއް އިއްވައި، މަނީ ލޯންޑްރިންގެ ހަތް ދައުވާއަށް 79 އަހަރުގެ ޖަލު އަދަބަކާއެކު ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ މައްޗަށް ހުކުމް އިއްވީ އެއް އަހަރު ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާގެ އިތުރުން ގެއްލުން ލިބުނު މީހުންނަށް ފައިސާ ދައްކައި ހަލާސްކުރުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox